Jump to content

ގުރުދާ ފޭލްވުން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ގުރުދާ ފޭލްވުން(އިނގިރޭސި ބަހުން: Renal failure) އަކީ ހަށިގަނޑުގައިވާ ދެގުރުދާގެ މަސައްކަތް ހުއްޓުމަކަށް އައުމެވެ. ބައޯކެމިކަލް ގޮތުން ގުރުދާ ފޭލްވިކަން އަންގައިދެނީ ލޭގައި ކްރިއެޓިނިން ހިމެނޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައި ވާނަމަ އެވެ. ފިޒިއޮލޮޖިކަލް ގޮތުން ބަލާއިރު ގުރުދާ ފޭލްވުން ކަމުގައި ބެލެވެނީ ގްލޯމެރިޔުލަރ ފިލްޓްރޭޝަން ރޭޓް ދަށްވުމަށެވެ. ގުރުދާ ފޭލްވުން ދެބަޔަކަށް ބަހާލެވެއެވެ. އެއީ ވަގުތީ ސިފައެއް ގައި ގުރުދާ ފޭލްވުން އަދި ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން މިދެވައްތަރެވެ.


ގުރުދާ ފޭލްވުމޭ ބުނެވެނީ ގުރުދާގެ މަސައްކަތްތައް ފުރިހަމަކުރުމަށް ހުރަސްތަކާއި ކުރިމަތިވެ، އުދަގޫތައް އިންސާނާ އަށް ކުރިމަތި ވުމަށް ނިސްބަތްކޮށެވެ. ގުރުދާ ފޭލްވުމުގެ މައިގަނޑު ދެވައްތަރެއް ވެއެވެ. އެއީ ވަގުތީ ސިފައެއްގައި ގުރުދާ ފޭލްވުން(އިނގިރޭސި ބަހުން: Acute Renal failure) އަދި ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން(އިނގިރޭސި ބަހުން: Chronic Renal failure) އެވެ. މީގެ އިތުރުން މިވައްތަރު ތައް އަދި ކުދިކުދި ބައެއް ވައްތަރުތަކަށް ބެހިގެން ދެއެވެ. އޭގެ ތެރޭގައި ޕްރީ-ރީނަލް ފޭލްޔަރ، އިންޓްރިންސިކް-ރީނަލް ފޭލްޔަރ އަދި ޕޯސްޓް-ރީނަލް ފޭލްޔަރ ހިމެނެއެވެ.

ޕްރީ-ރީނަލް ފޭލްޔަރ ގެ މާނައަކީ ގުރުދާ އަށް ލޭ ފޮނުވައިދޭ ލޭހޮޅި ނުވަތަ ރީނަލް އާޓަރީ ހަނިވެ، ބެދޭގޮތް ވުމުން ގުރުދާ އަށް ލޭ ވާޞިލްވުމުގައި ނުވަތަ ފޯރުވައި ދިނުމުގައި ބުރޫ އެރުމެވެ. އިންޓްރިންސިކް ގުރުދާގެ ބަލިތަކުގެ ތެރޭގައި ހިމެނެނީ ބޭހުގެ ސަބަބުން ގުރުދާ ވިހަވުން، ނުވަތަ ބޭހާއި ނުގުޅިގެން މައްސަލަ ކުރިމަތިވުން އަދި ގުރުދާ ދުޅަވުން(އިނގިރޭސި ބަހުން: Nephritis) ފަދަ ކަންތައްތަކެވެ. ޕޯސްޓް-ރީނަލް ފޭލްޔަރ އަކީ ގުރުދާގައި ހިލަ އުފެދުން(އިނގިރޭސި ބަހުން: Renal Stone) ފަދަ ކަމެއް ކުރިމަތިވުމެވެ. ދިގު މުއްދަތަކަށް ގުރުދާ ފޭލްވެ ނުރައްކާތެރި ޙާލަތަކަށް މީހާގެ ހަށިގަނޑު ހިގައްޖެނަމަ ގުރުދާ ބަދަލު ކުރެވެންދެން މަދުވެގެން ހަފްތާ އަކު އެއްފަހަރު ލޭ ފުރާނާ ސާފުކޮށްލުން(އިނގިރޭސި ބަހުން: Dialysis) ހަދަންޖެހެއެވެ. ގުރުދާއަށް މަދުން ނަމަވެސް ގުރުދާގެ ކެންސަރުގެ ވައްތަރުތައް ޖެހެއެވެ.