Jump to content

ހެންޓާވައިރަސް ޕަލްމޮނަރީ ސިންޑްރޯމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ހެންޓާވައިރަސް ޕަލްމޮނަރީ ސިންޑްރޯމް(އިނގިރޭސި ބަހުން: Hantavirus pulmonary syndrome ) އަކީ ބައެއް ވައްތަރުގެ ހެންޓާވައިރަސް ތަކުގެ ސަބަބުން ނޭވާލާ ނިޒާމްއަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހެންޓާވައިރަސް އަކީ ބައެއް ކަހަލަ ޖަނަވާރުގެ ކުޅާއި، ކުޑަކަމުދާ ތަކެތީގައި ހުންނަ ވައިރަހުގެ ވައްތަރެކެވެ.

ބަލިޖެހޭގޮތް

[އުނިއިތުރު ގެންނަވާ]

ހެންޓާވައިރަސް ޕަލްމޮނަރީ ސިންޑްރޯމް ޖެހެނީ އަންނަނިވި ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެގެންނެވެ.

  • ބަލި ޖައްސާ ވައިރަސް އުފުލާ ޖަނަވާރު ފަދަ ތަކެތި ކުޑަކަމު ދިއުމުގެ ތެރޭގައި އުފެދޭ ޕާޓިކަލް ތައް އިންސާނުން ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑަށް ވާޞިލްވުން
  • ބަލި ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެފައިވާ ކުޅާއި ކުޑަކަމުދާ ތަކެތީގައި އަތްލައި ބީހުން
  • ބަލިޖައްސާ ވައިރަސް އާއި ތަޣައްޔަރުވެފައިވާ ހިރަފުހަށް ހުށަހެޅުން

އަލާމާތްތައް

[އުނިއިތުރު ގެންނަވާ]

ހެންޓާވައިރަސް ޕަލްމޮނަރީ ސިންޑްރޯމް ޖެހުމުން ދުޅަހެޔޮކޮށް ތިބޭމީހުން ވެސް ވަރަށް ފަސޭހައިން ބަލިކޮށްލައެވެ. ބަލިޖައްސާ ވައިރަސް ހަށިގަނޑަށް ވަންނަތާ 2 ހަފްތާ ފަހުން ހުންއައުން އަދި މަސްތަކުގައި ރިހުން މެދުވެރި ކުރުވައެވެ. މީގެ އިތުރުން ހީކެރުވުން، ބޮލުގައި ރިހުން، މޭނުބައިކުރުން، ހޮނޑުލުން، އަދި ބަނޑުގައި ރިހުން، ނޭވާ ކުރުވުން ފަދަ ކަންތައްތަކަކީ ވެސް މިބައްޔާއި ގުޅިގެން ކުރިމަތިވެދާނެ އުދަގޫ ތަކެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކެއްސުން ކުރިމަތިވުމާއެކު ނޭވާލުން އިތުރަށް ގޯސްވެގެން ދެއެވެ. އަދި އަވަސް އަވަހަށް ނޭވާލެވި، ބައެއް ފަހަރު ނޭވާލާން އުދަގޫވެ، އަދި އެކަމުގެ ސަބަބުން ބައެއް ފަހަރު މަރާއި ވެސް ކުރިމަތިލާން ޖެހޭފަހަރު އާދެއެވެ. މިބައްޔާއި ވިދިގެން ގިނަމީހުން މަރުވަނީ އާދަޔާ ޚިލާފަށް ބޮޑަށް ނޭވާލާން އުދަގޫވާތާ 2 ދުވަސް ވަރު ވުމަށްފަހުގައެވެ.