ހާޖަރާ ޢަބުދުލް ކަރީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ހާޖަރާ ޢަބުދުލް ކަރީމް

ހާޖަރާ ޢަބުދުލް ކަރީމް އަކީ ކުރީގެ ދިވެހި ފިލްމީ ތަރިއެކެވެ. ހާޖަރާ އަކީ އެކްޓްރެސް އެކެވެ. ޑައިރެކްޓަރެކެވެ. އަދި ޕްރޮޑިއުސަރެކެވެ. މަންމަގެ ބައިތަކާއި، ރުޅިވެރި، އަދި ޒީލަގަދަ ބައިތަކާއި، ކޮމެޑީ ބައިތަކުން މަޝްހޫރުކަން ހޯދި، ހާޖަރާ ނިޔާވީ އުމުރުން 69 އަހަރުގައި 2007 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ.


ފިލްމީ ދާއިރާގައި[އުނިއިތުރު ގެންނަވާ]

ހާޖަރާ އަކީ ދިވެހި ފިލްމީ ދާއިރާގައި ކުލަގަދަކޮށް ފާހަގަ ކޮށްލެވޭނެ ތަރިއެކެވެ. އޭނާ ދިވެހި އެތައް ފިލްމް ތަކާއި، ވީޑިއޯ ލަވަތަކުގައި ހަރަކާތްތެރި ވެފައެވެ. ހާޖަރާ ފިލްމީ މަސައްކަތުގައި އެންމެ ފަހުން ބެލުންތެރިންނަށް ހާޖަރާ ފެނިގެން ގޮސްފައިވަނީ 2004 ވަނަ އަހަރު ދިވެހި ޓީވީން ދެއްކި ޑްރާމާ ސިލްސިލާ ތިޔޭ މިހިތުގެ ވިންދަކީ އިންނެވެ.


ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

  • ދޮންމަންމަ
  • ވަރި
  • ލޯބިވެވޭނީ ފުރާނަދީގެން
  • ލޭކަރުނަ
  • އިތުބާރު
  • ޅީދަރިފުޅު
  • ކުށްހީ
  • ދަންމަޅި

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]