ހަށިދަމަނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހަށިދަމަނަ (އިނގިރޭސި ބަހުން: Antibody) އަކީ ހަށިގަނޑާ ބީރައްޓެހި މާއްދާއެއް (އެންޓިޖަން) ހަށިގަނޑަށް ވަނުމުން ދިފާޢީ ނިޒާމް އިން އުފައްދައިދޭ ރައްކާތެރިކުރުވަނިވި ޕްރޮޓީން އެކެވެ. ހަށިދަމަނަ ތަކަށް އިގިރޭސި ބަހުން އިމިޔުނޯގްލޯބުލިން އޭ ކިޔައެވެ. އެންޓިޖަން އެއް ހަށިގަނޑަށް އެހަށިގަނޑުން ބޭރުކޮށްލުމަށްޓަކައި ހަށިދަމަނަ އޭގައި ތަތްވެ އެނައްތާލުމުގެ މަސައްކަތް ފަށައެވެ. ތަފާތު ބަލިތައް ޖައްސާ އެކިވައްތަރުގެ ޖަރާސީމް ތަކާއި، އެކިފާނޑުފާނޑުގެ ވިހަތަކާމެދު ހަށިގަނޑު ދެކޭނީ ހަށިގަނޑާއި ބީރައްޓެހި މާއްދާ ނުވަތަ އެންޓިޖަންއެއްގެ ގޮތުގައެވެ.

ހަށިދަމަނަ ތައް އުފެދެނީ ލޭގެ ހުދު ސެލް ގެ ޚާއްޞަ ވައްތަރެއް ކަމުގައިވާ ބީ ލިމްފަސައިޓް އިންނެވެ.