ބީ ލިމްފަސައިޓް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ބީ ލިމްފަސައިޓް

ބީ ލިމްފަސައިޓް ނުވަތަ (އިނގިރޭސި ބަހުން: B-Lymphocyte) އަކީ ދިފާޢީ ނިޒާމްގައި ޝާމިލްވާ ލޭގެ ހުދު ސެލްގެ ތެރޭގައި ހިމެނޭ ސެލް އެކެވެ. ބީ ލިމްފަސައިޓް އިން ހަށިގަނޑަށް ވަންނަ ޖަރާސީމަށް ދެކޮޅަށް މަސައްކަތްކުރާނެ ހަށިދަމަނަ(Antibodies) އުފައްދައެވެ. އެހެންކަމުން ހަށިދަމަނަ އުފައްދައިގެން ހަށިގަނޑު ދިފާޢުކުރުން(Humoral immunity) ފުރިހަމަ ކުރުމުގައި ހިއްޞާވަނީ ބީ ލިމްފަސައިޓް ތަކެވެ. މިސެލްތަކަށް ބީސެލް އޭ ވެސް ކިޔައެވެ. ހެލްޕަރ ޓީ-ސެލްތައް ބީ-ސެލްތައް ހީވާގިކުރުވުމުން، ނުވަތަ ހަށިގަނޑަށް ބެކްޓީރިއާއެއް ވަދެ އެއާ ކުރިމަތިލާހިނދު ބީސެލްތައް ޕްލާޒްމާ ސެލް( Plasma cells ) އޭ ކިޔޭ ސެލްތަކަކަށް ބަދަލުވެއެވެ. ޕްލާޒްމާ ސެލްތަކުން ވަރަށް މަތީ ދަރަޖައަކަށް ހަށިދަމަނަ އުފައްދައެވެ. މިހަށިދަމަނަ ތަކަށްއިމިއުނޯގްލޯބިއުލިންް(Immunoglobulin)އޭ ކިޔައެވެ. 5 ބާވަތެއްގެ އިމިއުނޯގްލޯބިއުލިން ހުރެއެވެ. އެއީ IgG,IgM,IgE,IgA,IgD މި5ބާވަތެވެ.