Jump to content

ޢިރާޤު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Republic of Iraq
جمهورية العراق
Jumhūriyat Al-Irāq ފަންވަތް:Ar icon
كماری عراق
Komara Îraqê ފަންވަތް:Ku icon
Flag of Iraq
Flag
Coat of arms of Iraq
Coat of arms
މޮޓޯ: الله أكبر   (Arabic)
"Allahu Akbar"  (transliteration)
"God is [the] Greatest"
ގައުމީ ސަލާމް: Mawtini  (new)
Ardh Alforatain  (previous)
Location of Iraq
Location of Iraq
ވެރިރަށް
and largest city
Baghdad
ރަސްމީ ބަސްތައްArabic, Kurdish
އާންމު ސަރަހައްދީ ބަސްތައްAramaic, Azerbaijani
ދީންތައް
Islam(94%), Christian(4–5%), Mandean & Yazidi (<1%)
ޑިމޮނިމްIraqi
ސަރުކާރުDeveloping parliamentary republic
• President
Jalal Talabani
Nouri al-Maliki
• from the Ottoman Empire

1 October 1919
• from the United Kingdom

3 October 1932
• Republic

14 July 1958

15 October 2005
ސަރަޙައްދު
• Total
438,317 km2 (169,235 sq mi) (58th)
• Water (%)
1.1
އާބާދީ
• 2009 estimate
31,234,000[1] (39th)
• Density
71.2/km2 (184.4/sq mi) (125th)
ޖީޑީޕީ (ޕީޕީޕީ)2009 estimate
• ޖުމްލަ
$114.151 billion[1] (63rd)
• ބޮލަކަށް ޖެހެނީ
$3,655[1] (125th)
ޖީޑީޕީ (nominal)2009 estimate
• ޖުމްލަ
$68.553 billion[1] (58th)
• ބޮލަކަށް ޖެހެނީ
$2,195[1] (105th)
ފައިސާIraqi dinar (IQD)
ޓައިމް ޒޯންޔޫޓީސީ+3 (GMT+3)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ+3 (not observed)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް964
އައިއެސްއޯ 3166 ކޯޑްIQ
އިންޓަރނެޓް ޓީއެލްޑީ.iq

ރިޕަބްލިކް އޮފް ޢިރާޤަކީ ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. މި ޤައުމަށް މެސޮޕޮޓޭމިއާއޭ ވެސް ކިޔައެވެ. ޢިރާޤަކީ ދެކޯރުގެ ދެމެދުގައިވާ ހިތް ފަސޭހަ ބިމުގެ ގޮތުގައި މަޝްހޫރުވެފައިވާ ބިމެވެ. އިންސާނީ ޙަޟާރަތާއި ތަރައްޤީ އާއި ތަމައްދުނުގެ އުނގު ކަމުގައި ބެލެވޭ މެސޮޕޮޓޭމިޔާއަކީ ޢިރާޤެވެ. ފުރާތު ކޯރާއި ދިޖުލަތު ކޯރުގެ ފެނުން ތާޒާކަން ލިބިފައިވާ ޢިރާޤަކީ ޠޫފާނުގެ ފަހުން ދެވަނަ ފަހަރަށް އިންސާނުން ދުނިޔޭގެ ބިމުގައި ދިރިއުޅެން ފެށި ވަޒަނެވެ. އެހެންކަމުން ބަނީ ނޫޙު ވަންހައިގެ މީހުން އާބާދުވެ ދިރިއުޅެން ފަށާފައިވަނީ ޢިރާޤުގައެވެ. ބަނީ އާދަމް ނުވަތަ ނޫޙުގެފާނުގެ ކުރީގައި ތިބި އިންސާނުންގެ ވަޒަނެއްކަމުގައިވެފައި އޮތް ކަމަށް ބެލެވެނީ ޔަމަނާއި ޙިޖާޒެވެ. ބަނީ ނޫޙު ނުވަތަ ނޫޙުގެފާނުގެ ފަހުން ތިބި އިންސާނުން ފުރަތަމަ ދިރިއުޅެންފެށިކަމަށް ބެލެވިފައިވަނީ ޢިރާޤުގައެެވެ. ނޫޙުގެފާނުގެ ބޭފުޅުންގެ ތެރެއިން އެފްރިކާކޮޅަށް ވަޑައިގަތީ ޙާމްގެ ދަރިކޮޅު މީހުންނެވެ. މި މީހުން ކަޅުވެފައިވަނީ ނޫޙުގެފާނު ކުރެއްވި ދުޢާފުޅަކުން ކަމަށް ބުނެވެއެވެ. ސާމްގެ ދަރިކޮޅު މީހުންނަކީ ޢަރަބީންނާއި އިސްރާއީލީންނެވެ. ޔާފިސުގެ ދަރިކޮޅު މީހުންނަކީ މޮންގޯލިޔަނުންނާއި ތުރުކީ ނަސްލުގެ މީހުންނެވެ. ޔޫރަޕުގެ ދަރިކޮޅަކީ ސާމީ ދަރިކޮޅާއި ޔާފިސީ ދަރިކޮޅު ގުޅިގެން އުފެދުނު ދަރިކޮޅެއް ކަމަށް ބުނެވެއެވެ. ޢިރާޤު ނުވަތަ މެސޮޕޮޓޭމިޔާއަށް ކްރޭޑްލް އޮފް ސިވިލައިޒޭޝަނޭ ކިޔަނީ މިހެންވެގެންނެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ޢިރާޤުގެ ރަސްމީ ބަހަކީ ޢަރަބިބަހާއި ކުރުދީ ބަހެވެ. މީގެ އިތުރުން ސަރަޙައްދީ ބަސްތަކުގެ ގޮތުގައި އާރާމީ ބަހާއި އަޒަރުބައިޖާނީ ބަސް ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުން ޢިރާޤުގެ މީހުންނަށް ކިޔަނީ އިރާގީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަޣުދާދެވެ. ޢިރާޤުގެ ވެރިރަށަކީ ވެސް ބަޣުދާދެވެ. ޢިރާޤަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 31 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 39 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ iq. އެވެ. ކޯލިން ކޯޑަކީ +964 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޢިރާޤީ ދީނާރެވެ.

“ޢިރާޤު” މި ނަން ވަނީ މީލާދީން 6 ވަނަ ޤަރުނުގެ ކުރީއްސުރެން ވެސް އެ ޤައުމުގެ ނަމެއްގެ ގޮތުގައި ބޭނުންކޮށްފައެވެ. މި ނަން އުފެދުނު ގޮތާ މެދު ތަފާތު ނަޒަރިއްޔާތަކެއްވެއެވެ. މި ގޮތުން މި ނަމުގެ އަޞްލު ނިސްބަތްވަނީ ސޫމާރީ ބަހަށް ކަމަށާއި، ސޫމާރީ ބަހުން ކިޔާ އުރުކު މިނަމަށް ކަމަށް ވެސް ބުނެވެއެވެ. އަނެއް ގޮތަކީ ޢިބްރާނީ ބަހުން ކިޔާ އިރެކް މި ބަހެވެ. ނުވަތަ ސޫމާރި ޝަހަރެއް ކަމުގައިވާ އޫރުކު އަށް އައްކާދީ ބަހުން ކިޔާ ނަމުން އުފެދުނު ނަމެއް ކަމަށް ވެސް ބުނެވެއެވެ. ހަމަ އެހެންމެ މިއީ ފާރިސީ ބަހުން ތިރި ބިމަށް ކިޔާނަން އެރާކު، މި ބަސް ޢަރަބިކުރެވިގެން އުފެދުނު ނަމެއް ކަމަށް ވެސް ބުނެވެއެވެ. ޢިރާޤަށް ޤަދީމީ ޒަމާނުގައި ކިޔާނަމަކީ މެސޮޕޮޓޭމިޔާއެވެ.

ޢިރާޤުގެ ހުޅަނގުގައި އޮތީ އުރުދުންއެވެ. ހުޅަނގު އުތުރުގައި އޮތީ ސޫރިޔާއެވެ. އުތުރުގައި އޮތީ ތުރުކީއެވެ. އިރުމަތީގައި އޮތީ އީރާނެވެ. ދެކުނުގައި އޮތީ ކުވައިތާއި ސަޢޫދީ ޢަރަބިއްޔާއެވެ.

ކްރޭޑްލް އޮފް ސިވިލައިޒޭޝަން ނުވަތަ ތަހްޒީބާއި ތަމައްދުނުގެ އުނގުކަމުގައި ބެލެވޭ މެސޮޕޮޓޭމިޔާ ނުވަތަ ޢިރާޤަކީ ލިޔުންތެރިކަމާއި ސަރަކަ (ވީލް) އުފެދުނު ބިމެވެ. ޢިރާޤުގެ ޤަދީމީ ރަސްގެފާނު ހާމޫރާބީގެ ވާހަކައަކީ އަޅުގަނޑުމެންނަށް އާ ވާހަކަތަކެއް ނޫނެވެ. މީލާދީން ހަތްވަނަ ޤަރުނުގައި ޚުލަފާއުއްރާޝިދޫންގެ ޚިލާފަތުގައި ޢިރާޤަށް ވަނީ އިސްލާމްދީން ތަޢާރަފު ކުރެވިފައެވެ. ޢިރާޤުގެ ވެރިރަށް ބަޣުދާދު ބިނާކުރެވުނީ ޢައްބާސީ ޚިލާފަތުގެތެރޭގައި މީލާދީން އަށްވަނަ ޤަރުނުގައެވެ. ދެން އައީ ތުރުކީންގެ ވެރިކަމެވެ. އޭގެ ފަހުން ޢިރާޤު ދިޔައީ އިނގިރޭސީންގެ ދަށަށެވެ. 1932 ގައި މިނިވަންކަން ލިބުމަށް ފަހުގައި ދެން އުފެދުނީ ޢިރާޤުގެ ރަސްކަމެވެ. ޢިރާޤުގެ ރަސްކަން އުވި ޖުމްހޫރިއްޔަތަކަށް ބަދަލުވީ 14 ޖުލައި 1958 ގައެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

ޢިރާޤުގެ އާބާދީގެ 80% އަކީ ޢަރަބީންނެވެ. 15% އަކީ ކުރުދީންނެވެ. ދެން ތިބީ ތުރުކުމަނުންނާއި އާޝޫރީންނެވެ. ސުންނީންގެ އާބާދީއަކީ 45% އެވެ. ޝީޢީންނަކީ 55% އެވެ. މުޅި އާބާދީގެ 3% އަކީ އެހެން ދީންތަކުގެ މީހުންނެވެ.

ޢިރާޤުގެ ސަގާފީ ކަންތައްތަކުގެ ތެރޭގައި ވަރަށް ޤަދީމީ އާދަތައް ވެސް ހިމެނެއެވެ. ހަމަ އެހެންމެ ފާރިސީންނާއި ޢަރަބީންގެ ސަގާފީ ކަންތައް ވެސް ހިމެނެއެވެ.

ޢިރާޤަކީ ތެލުގެ ގޮތުން މުއްސަނދި ޤައުމެއް ނަމަވެސް މިއަދު އެ ޤައުމު އޮތީ ހަނގުރާމައިގެ ސަބަބުން ވަރަށް ދަށަށް ވެށްޓިފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 3655 ޑޮލަރެވެ.

  1. 1.0 1.1 1.2 1.3 1.4 Cite error: Invalid <ref> tag; no text was provided for refs named imf2