ޓެންޒޭނިއާ
6°18′25″S 34°51′14″E / 6.307°S 34.854°E
United Republic of Tanzania Jamhuri ya Muungano wa Tanzania | |
---|---|
ގައުމީ ސަލާމް: Mungu ibariki Afrika God Bless Africa | |
ވެރިރަށް | Dodoma |
Largest city | Dar es Salaam |
ރަސްމީ ބަސްތައް | Swahili (de facto) Englisha |
ޑިމޮނިމް | Tanzanian |
ސަރުކާރު | Unitary presidential constitutional republic |
Jakaya Kikwete | |
Mizengo Pinda | |
ޤާނޫނު ހަދާ މަޖިލިސް | National Assembly |
Independence from the United Kingdom | |
9 December 1961 | |
10 December 1963 | |
• Merger | 26 April 1964 |
ސަރަޙައްދު | |
• Total | 945,203 km2 (364,945 sq mi) (31st) |
• Water (%) | 6.2 |
އާބާދީ | |
• 2010 estimate | 43,188,000[1] (30th) |
• 2003 census | 34,443,603 |
• Density | 46.3/km2 (119.9/sq mi) (124th) |
ޖީޑީޕީ (ޕީޕީޕީ) | 2011 estimate |
• ޖުމްލަ | $63.892 billion[2] |
• ބޮލަކަށް ޖެހެނީ | $1,515[2] |
ޖީޑީޕީ (nominal) | 2011 estimate |
• ޖުމްލަ | $23.333 billion[2] |
• ބޮލަކަށް ޖެހެނީ | $553[2] |
ޖިނީ (2008) | 37.6[3] Error: Invalid Gini value |
އެޗްޑީއައި (2012) | 0.466 Error: Invalid HDI value (152nd) |
ފައިސާ | Tanzanian shilling (TZS) |
ޓައިމް ޒޯން | ޔޫޓީސީ+3 (EAT) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+3 (not observed) |
ޑްރައިވިންގ ސައިޑް | left |
ކޯލް ކޯޑް | +255b |
އައިއެސްއޯ 3166 ކޯޑް | TZ |
އިންޓަރނެޓް ޓީއެލްޑީ | .tz |
a. In higher education and the higher courts.[4] b. 007 from Kenya and Uganda. މި ޤައުމުގެ އާބާދީގެ އަންދާޒާތަކުގައި އެއިޑްސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ އަސަރުތަކަށް ސާފުކޮށް ރިއާޔަތްކޮށްފައިވެއެވެ؛ މިކަމުގެ ސަބަބުން އުމުރު ދުވަސް ދަށްވުމާއި، ތުއްތު ކުދިން މަރުވުމާއި މަރުވުމުގެ ނިސްބަތް މަތިވުމާއި، އާބާދީއާއި ކުރިއެރުމުގެ ނިސްބަތް ދަށްވުމާއި، އުމުރާއި ޖިންސަށް ބަލާފައި އާބާދީ ބަހާލުމަށް އެހެން ގޮތަކަށް ހީކުރެވޭ ވަރަށް ވުރެ ބަދަލުތަކެއް އަތުވެދާނެއެވެ. |
ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒޭނިޔާ ނުވަތަ ޓެންޒޭނިޔާއަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ޓެންޒޭނިޔާގެ ރަސްމީ ބަހަކީ ސަވާހިލީ ބަހާއި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން ޓެންޒޭނިޔާގެ މީހުންނަށް ކިޔަނީ ޓެންޒޭނިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ދާރުއްސަލާމެވެ. ޓެންޒޭނިޔާގެ ވެރިރަށަކީ ދޮދޯމާއެވެ. ޓެންޒޭނިޔާއަކީ ޖުމްހޫރީ ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 43 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 30 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.9 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tz. އެވެ. ކޯލިން ކޯޑަކީ +255 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޓެންޒޭނިޔަން ޝިލިންގެވެ.
ނަން
[އުނިއިތުރު ގެންނަވާ]ޓެންޒޭނިޔާގެ ނަން ނިސްބަތްކުރެވިފައިވަނީ އެ ޤައުމުގެ ދެ ސަރަޙައްދުގެ ނަމަށެވެ. ޓެންގަންޔިކާ އާއި ޒޭންޒިބާރެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ޓެންޒޭނިޔާގެ އުތުރުގައި އޮތީ ކެންޔާ އާއި ޔޫގެންޑާއެވެ. ހުޅަނގުގައި އޮތީ ރުވާންޑާ އާއި ބުރުންޑީ އާއި ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއެވެ. ދެކުނުގައި އޮތީ ޒެންބިޔާ އާއި މަލާވީ އާއި މުސިންބީއެވެ. އިރުމަތީގައި އޮތީ އިންޑިޔާ ކަނޑެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]މީގެ 10 ވަރަކަށް ހާސް އަހަރުކުރީން ޓެންޒޭނިޔާގައި އާބާދުވީ ޝިކާރަކުރާ މީހުންކަމުގައި ބެލެވިފައިވެއެވެ. މީގެ 2000 ވަރަކަށް އަހަރުކުރީން ހުލަނގު އެފްރިކާއިން ބަންޓޫ މީހުން އައިސް މި ސަރަޙައްދުގައި ވަނީ ވަޒަންވެރިވެފައެވެ. ޚަލީޖު އީރާނާއި ހުޅަނގު އިންޑިޔާގެ ވިޔަފާރިވެރިންނާއި ދަތުރުވެރިންވަނީ މީލާދީން ފުރަތަމަ ސާސްކަފުގެ ތެރޭގައި އިރުމަތީ އެފްރިކާގެ އައްސޭރިއަށް ޒިޔާރަތްކުރަން ފަށާފައެވެ. މީލާދީން 8 ވަނަ ޤަރުނާއި 9 ވަނަ ޤަރުނާ ދެމެދު ސަވާހިލީ އައްސޭރިއަށް ވަނީ އިސްލާމްދީން ފޯރާފައެވެ. އައްސޭރީގެ ޤިޠާޢަށް ކްލެއިމްކުރައްވައި ޢުމާންގެ ރަސްގެފާނު ސައްޔިދު ސަޢީދު ވަނީީ އޭނާގެ ދާރުލްޙުކޫމާ ޒޭންޒިބާރު ޝަހަރަށް 1840 ގައި ބަދަލުކުރައްވާފައެވެ. މި ދުވަސްވަރު ޒޭންޒިބާރުވެފައިވަނީ ޢަރަބި އަޅުންގެ ވިޔަފާރީގެ މަރުކަޒަކަށެވެ. ޢަރަބި ސަވާހިލީ ޒޭންޒިބާރުގެ އާބާދީގެ 65% އާއި 90% އާ ދެމެދުގެ ޢަދަދެއްގެ މީހުންވަނީ އަޅުވެތިކުރެވިފައެވެ. އިރުމަތީ އެފްރިކާގެ އައްސޭރީގައި އަޅުންގެ ވިޔަފާރިކުރި މީހުންގެ ތެރެއިން އެންމެ މަޝްހޫރު އެކަކީ ޓިއްޕޫ ޓިޕްއެވެ. ޚުދު އޭނާއަކީ ވެސް އަޅުވެތިކުރެވިފައިވާ މީހެއްގެ ކާފަ ދަރިއެކެވެ. ޓެންޒޭނިޔާގެ ސަރަޙައްދުތަކުގެ ތެރެއިން ޓެންގަންކިޔާ އިނގިރޭސީންގެ އަތްދަށުން މިނިވަންވެފައިވަނީ 9 ޑިސެންބަރު 1961 ގައެވެ. ޒޭންޒިބާރު އިނގިރޭސީންގެ އަތްދަށުން މިނިވަންވެފައިވަނީ 12 ޖަނަވަރީ 1964 ގައެވެ. މަރުޖަރު މިނިވަންވެފައިވަނީ 26 އެޕްރީލް 1964 ގައެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]އާބާދީގައި 43 މިލިޔަން މީހުން ތިބި ޓެންޒޭނިޔާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 30 ވަނަ ޤައުމެވެ. ޓެންޒޭނިޔާގެ އާބާދީއަށް ބަލާއިރު ތިން ބައިކުޅަ އެއްބައިމީހުންނަކީ މުސްލިމުންނެވެ. ތިންބައިކުޅަ އެއްބައިމީހުންނަކީ ނަޞާރާއިންނެވެ. ތިންބައިކުޅަ އެއްބައި މީހުންނަކީ އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންނެވެ. ޒޭންޒިބާރަށް ބަލާއިރު، ޒޭންޒިބާރުގެ އާބާދީގެ 99% މީހުންނަކީ މުސްލިމުންނެވެ. ޓެންޒޭނިޔާގެ މުސްލިމުންގެ ތެރެއިން 80% އާއި 90% އާ ދެމެދުގެ މީހުންނަކީ ސުންނީންނެވެ. ޓެންޒެނިޔާގެ މައިކަރައަށް ބަލާއިރުގައި ކޮންމެވެސް ވަރަކަށް އެހެން ދީންތަކުގެ މީހުންވެސް އުޅެއެވެ. މި ގޮތުން ފާހަގަކޮށްލެވެނީ ބުދުދީނުގެ މީހުންނާއި ހިންދޫންނާއި ބަހާއީންނެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ޓެންޒޭނިޔާއަކީ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މުއްސަނދި ސަގާފަތެއް އޮތް ތަނެކެވެ. ޓެންޒޭނިޔާގެ މިއުޒިކާއި ޓެންޒޭނިޔާގެ ސަގާފީ ނެށުންތަކަކީ މުޅި އެފްރިކާ ބައްރުން ވެސް ހޮވާލެވޭފަދަ ކަންކަމެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ޓެންޒޭނިޔާގެ އިޤްތިޞާދު އެންމެ ބޮޑަށް ބިނާވެފައިވަނީ އެ ޤައުމުގެ ދަނޑުވެރިކަމުގެ މައްޗަށެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1353 ޑޮލަރެވެ.
- ↑ Tanzania in Figures 2010
- ↑ 2.0 2.1 2.2 2.3 "Tanzania". International Monetary Fund. Retrieved 2012-04-22.
- ↑ "Gini Coefficient". CIA World Factbook. Archived from the original on 1218603444. Retrieved 2012-01-25.
{{cite web}}
: Check date values in:|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Cite error: Invalid
<ref>
tag; no text was provided for refs namedmasebo