ގޮހޮރުގެ ފާރު
ގޮހޮރުގެ ފާރު(އިނގިރޭސި ބަހުން: Peptic ulcer) އަކީ ހަޖަމުކުރާ ނިޒާމްގެ އެއްވެސް ހިސާބެއްގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށް(އިނގިރޭސި ބަހުން: Mucosa) ގައި ފާރު އުފެދުމެވެ. ގޮހޮރުގެ ފާރުގެ ތައާރަފެއްގެ ގޮތުގައި ގިނަ ފަހަރު ލިޔެފައިހުންނަނީ ހަޖަމުކުރާ ނިޒާމްގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް 0.5 ސމ އަށްވުރެ ބޮޑުމިނަށް ގިރުމެވެ މިހެންނެވެ. ޢާންމު ގޮތެއްގައި ފާރު އުފެދޭނީ އެސިޑިކް ހާލަތެއްގައި ހުރި ހިސާބެއްގައެވެ. ގޮހޮރުގެ ފާރު އުފެދިގެން ހުންނަ ތަދު ވަރަށް ބޮޑަށް އިހްސާސް ކުރެވޭނެ އެވެ. 80 އިންސައްތަ ގޮހޮރުގެ ފާރު އުފެދެނީ ހެލިކޮބެކްޓަރ ޕައިލޮރި ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ކުޅި ކާތަކެތި ދިގުމުއްދަތަކަށް ބޭނުންކުރުމާއި، އަދި ދިގު މުއްދަތަކަށް ތަދުކެނޑުވުމަށް ބޭނުންކުރެވޭ ބާރުގަދަ ބޭސްތައް ބޭނުންކުރުމަކީ ވެސް ގޮހޮރުގެ ފާރު އުފެދޭން ދިމާވާ ކަމެކެވެ.