Jump to content

ގުއަޓެމާލާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Republic of Guatemala
República de Guatemala  ފަންވަތް:Es icon
Flag of Guatemala
Flag
Coat of arms of Guatemala
Coat of arms
މޮޓޯ: "Libre Crezca Fecundo"
"Live Free and Fertile"
ގައުމީ ސަލާމް: Himno Nacional de Guatemala
Location of Guatemala
ވެރިރަށް
and largest city
Guatemala City
ރަސްމީ ބަސްތައްSpanish, 22 indigenous languages
ޑިމޮނިމްGuatemalan
ސަރުކާރުPresidential republic
• President
Álvaro Colom Caballeros
Rafael Espada
Independence 
from Spain
• Date
15 September 1821
ސަރަޙައްދު
• Total
108,890 km2 (42,040 sq mi) (106th)
• Water (%)
0.4
އާބާދީ
• July 2009 estimate
14,000,000 (70th)
• July 2007 census
12,728,111
• Density
134.6/km2 (348.6/sq mi) (85th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$67.117 billion[1]
• ބޮލަކަށް ޖެހެނީ
$4,907[1]
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$38.983 billion[1]
• ބޮލަކަށް ޖެހެނީ
$2,850[1]
ޖިނީ (2002)55.1
high
އެޗްޑީއައި (2007) 0.704[2]
Error: Invalid HDI value (122th)
ފައިސާQuetzal (GTQ)
ޓައިމް ޒޯންޔޫޓީސީ-6 (Central Time)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް+502
އައިއެސްއޯ 3166 ކޯޑްGT
އިންޓަރނެޓް ޓީއެލްޑީ.gt

ގުއަޓެމާލާއަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ގުއަޓެމާލާގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. މީގެ އިތުރުން އަދިވާސީ ބަސްތަކުގެ ތެރެއިން 22 ބަހެއް ރަސްމީ ބަސްތަކުގެ ގޮތުގައި ބެލެވިފައިވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ގުއަޓެމާލަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ގުއަޓެމާލާ ސިޓީއެވެ. ގުއަޓެމާލާގެ ވެރި ރަށަކީ ވެސް ގުއަޓެމާލާ ސިޓީއެވެ. މި ޤައުމަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 14 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 69 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ gt. އެވެ. ކޯލިން ކޯޑަކީ +502 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކުއެޓްޒަލްއެވެ.

ގުއަޓެމާލާގެ ނަމުގެ އަޞްލަކީ ކޮބައިކަމެއް ނޭނގޭ ކަމުގައި ވަރަށް ގިނަ ލިޔުންތަކުގައިވެއެވެ. އެހެން ނަމަވެސް ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ގުއަޓެމާލާގެ ނަމުގެ މާނައަކީ “ލޭންޑް އޮފް ޓްރީސް” އެވެ. އަނެއް މާނައަކީ “ބިޓްވީން ދަ ޓްރީސް” އެވެ.

ގުއަޓެމާލާގެ އުތުރާއި ހުޅަނގުގައި އޮތީ މެކްސިކޯއެވެ. ހުޅަނގު ދެކުނުގައި އޮތީ ޕެސިފިކް ކަނޑެވެ. އިރު އުތުރުގައި އޮތީ ބެލީޒެވެ. އިރުމަތީގައި އޮތީ ކެރީބިޔަންއެވެ. އިރު ދެކުނުގައި އޮތީ ހޮންޑިއުރަސް އާއި އެލްސަލްވަޑޯރެވެ. ދެކުނުގެ އައްސޭރި ފަށާއި އުތުރުގެ ތިރިބިން ފިޔަވައި ގުއަޓެމާލާއަކީ ފަރުބަދަތަކުން ފުރިފައިވާ ޤައުމެކެވެ. ގުއަޓެމާލާއިން ވަނީ ވަރަށް ކުރީއްސުރެ އަވަށްޓެރި ބެލީޒްގެ މުޅި ބިން ނުވަތަ ބައެއްގެ މައްޗަށް ދަޢުވާކޮށްފައެވެ. ގުއަޓެމާލާއިން ވަނީ 1990 ވަނަ އަހަރު ބެލީޒްގެ މިނިވަންކަން ޤަބޫލުކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް މި ދެ ޤައުމުގެ ދެމެދުގައިވާ ބޯޑަރުގެ މައްސަލައަކަށް ނިމުމެއް ނާދެއެވެ.

އެންމެ ފުރަތަމަ ގުއަޓެމާލާ ސަރަޙައްދުގައި މީހުން އުޅެފައިވާކަމަށް ފެންނަނީ ޢީސާއީ މީލާދުގެ 12000 އަހަރު ކުރީންނެވެ. މި މުއްދަތަށް ވުރެ ކުރިޔަށް ވެސް މި ތާރީޚު ހިނގައިދާނެ ކަމަށް ފެންނަ ބައެއް ހެކިތައް އެ ޤައުމުން ފެނިފައިވެއެވެ. މި ގޮތުން ލިބެން ހުރި ބައެއް ހެކިތަކުން ދައްކާ ގޮތުގައި ގުއަޓެމާލާގައި މީހުން ދިރިއުޅެމުންދަނީ ޢީސާއީ މީލާދަށް ވުރެ 18000 އަހަރު ކުރީންނެވެ. އާރކިއޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ގުއަޓެމާލާގައި ފުރަތަމަ ވަޒަންވެރިވެފައިވަނީ ޝިކާރަކުރާ މީހުންނެވެ. އެހެން ނަމަވެސް ޢީސާއީ މީލާދުގެ 3500 އަހަރު ކުރީން ގުއަޓެމާލާގެ ވަޒަންވެރީން ޒުވާރި ހައްދަން ފަށާފައިވާކަން އެނގެއެވެ. އާރކިއޮލޮޖިސްޓުން މެސޯއެމެރިކާގެ ތާރީޚުގެ ޕްރީކޮލަންބިއަން ދައުރު ބައްސަވާލައްވަނީ ތިން ބަޔަކަށެވެ. އެއީ ޕްރީކްލާސިކް ބަޔާއި ކްލަސިކް ބަޔާއި ކާލިސްޓިކް ބަޔަށެވެ. ޕްރީކްލާސިކް ބައިގެ މުއްދަތަކީ 2000 މ.ކ އިން 250 މ. އަށެވެ. ކްލާސިކް ބައިގެ މުއްދަތަކީ 250 މ. އިން ފެށިގެން 900 މ. އާ ހަމަޔަށެވެ. ކާލިސްޓިކް ބައިގެ މުއްދަތަކީ 900 މ. އިން 1500 މ. އާ ހަމަޔަށެވެ. އެމެރިކާ ބައްރުގެ އެންމެ ވަރުގަދަ އެއް ޙަޟާރަތު ކަމުގައިވާ މާޔާ ސިވިލައިޒޭޝަނުން ގުއަޓެމާލާއަށް ވަރަށް ބޮޑު އާސާރީ މުއްސަނދި ކަމެއް ލިބިފައިވެއެވެ. މާޔާއިންގެ ވެރިކަމުގެ ބާރު ދެރަވެގެން ގޮސްފައިވަނީ މީލާދީން 900 އާ ހިސާބުގައެވެ. އިސްޕޭނު މީހުން ގުއަޓެމާލާގައި އެމީހުންގެ އިސްތިޢުމާރީ ހަން ފަތުރަން ފެށީ މީލާދީން 1519 ހާ ތާނގައެވެ. ގުއަޓެމާލާއަށް އިސްޕޭނު މީހުންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1821 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

ގުއަޓެމާލާގެ އާބާދީގެ 40% މީހުންނަކީ މެސްޓިޒޯއިންނެވެ. މެސްޓިޒޯއިންނަކީ ނޭޓިވް އެމެރިކަނުންނާއި ޔޫރަޕު މީހުންނާ އިނދެގެން ލިބިފައި ތިބޭ ދަރީންގެ ދަރިކޮޅެވެ.

ގުއަޓެމާލާއަކީ ސަގާފީ ގޮތުން ވަރަށް ވެސް ބޮޑު މުއްސަނދި ކަމެއް ލިބިފައިވާ ޤައުމެކެވެ.

މިހާރު ގުއަޓެމާލާއަށް އިޤްތިޞާދީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނަން ފަށައިފި ކަމަށް ތަޖުރިބާ ކާރުން ދެކެލައްވައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4907 ޑޮލަރެވެ.

  1. 1.0 1.1 1.2 1.3 "Guatemala". International Monetary Fund. Retrieved 2009-10-01.
  2. "Human Development Report 2009. Human development index trends: Table G" (PDF). The United Nations. Retrieved 2009-10-05.