ތޫނިސް
Tunisian Republic الجمهورية التونسية al-Jumhūriyya at-at-Tūnisiyya | |
---|---|
މޮޓޯ: حرية، نظام، عدالة (Hurriya, Nidham, 'Adala) "Liberty, Order, Justice"[1] | |
ގައުމީ ސަލާމް: Humat Al Hima | |
ވެރިރަށް and largest city | Tunis |
ރަސްމީ ބަސްތައް | Arabic[2] |
Second language | French |
ޑިމޮނިމް | Tunisian |
ސަރުކާރު | Republic[2] |
Kais said | |
Elyes Fakhfakh | |
• from France | March 20, 1956 |
ސަރަޙައްދު | |
• Total | 163,610 km2 (63,170 sq mi) (92nd) |
• Water (%) | 5.0 |
އާބާދީ | |
• July 1, 2009 estimate | 10,432,500[3] (79th) |
• 2004 census | 9,910,872[3] |
• Density | 63/km2 (163.2/sq mi) (133rd (2005)) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $82.636 billion[4] |
• ބޮލަކަށް ޖެހެނީ | $8,002[4] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $40.843 billion[4] |
• ބޮލަކަށް ޖެހެނީ | $3,955[4] |
ޖިނީ (2000) | 39.8 medium |
އެޗްޑީއައި (2007) | 0.769[5] Error: Invalid HDI value (98th) |
ފައިސާ | Tunisian dinar (TND) |
ޓައިމް ޒޯން | ޔޫޓީސީ+1 (CET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+1 (not observed) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 216 |
އައިއެސްއޯ 3166 ކޯޑް | TN |
އިންޓަރނެޓް ޓީއެލްޑީ | .tn |
ޓިއުނީޝިޔާ ނުވަތަ ތޫނިސްއަކީ އެފްރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ އުތުރަށް އޮތް ޤައުމެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ތޫނިސްގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. ދެވަނަ ބަހެއްގެ ގޮތުގައި ގެންގުޅެނީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޓިއުނީޝިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތޫނިސްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 79 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. އިންޓަނެޓް ކޯޑަކީ tn. އެވެ. ކޯލިން ކޯޑަކީ +216 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ނަން
[އުނިއިތުރު ގެންނަވާ]ތޫނިސްއަށް ކިޔާ ނަން ކަމުގައިވާ ތޫނިސް ނެގިފައިވަނީ، މި ޒަމާނުގެ ތޫނިސްގެ ވެރިރަށް ކަމުގަައިވާ ރަށަށް ނިސްބަތްކޮށެވެ. އިނގިރޭސީން މި ޤައުމަށް ކިޔަނީ ޓިއުނީޝިޔާއެވެ. އެއީ ފަރަންސޭސި ބަހުން ކިޔާޤ ނަމުގެ ފަހަތަށް އައި.އޭ އިތުރުކޮށްގެން ކިޔާފައިވާ ނަމެކެވެ. މިއީ ފީނީޤީންގެ ކަލާނގެއެއް ކަމުގައިވާ ތާނިސް ނުވަތަ ތޫނިސްއަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ޓިއުނީޝިޔާ ނުވަތަ ތޫނިސް އޮންނަނީ އެފްރިކާ ބައްރުގެ އުތުރު ބިތުގައި މެދުތެރޭ ކަނޑުގެ އައްސޭރީގައެވެ. އެޓްލާންޓިކް ކަނޑާއި ނީލުގެ ވާދީއާ ގާތްގަނޑަކަށް މެދުގައެވެ. ތޫނިސްގެ ހުޅަނގުގައި އޮތީ ޖަޒާއިރެވެ. އިރުދެކުނުގައި އޮތީ ލީބިޔާއެވެ. ތޫނިސްއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް އެ ޤައުމަކީ ޤުދުރަތީ ވަސީލަތްތައް ވަރަށް ވެސް މުއްސަނދި ޤައުމެކެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ފެންނަން ހުރި ތާރީޚަށް ބަލާއިރުގައި ތޫނިސްގައި އެންމެ ފުރަތަމަ ވަ×ަންވެރިވެފައިވަނީ ބަރްބަރީ ޤަބީލާތަކަށް ނިސްބަތްވާ މީހުންނެވެ. ޢީސާއީ މީލާދުގެ 10 ޤަރުނު ކުރީގައި ފީނީޤީން ވަނީ އައްސޭރި ފަށުގައި ދިރިއުޅެން ފަށާފައެވެ. ޤަރްޠާޖް ޝަހަރަކީ މީލާދުގެ ކުރީގެ 9 ވަނަ ޤަރުނުގައި މިއަދުގެ ލުބުނާން ހިސާބުން އައި ވަޒަންވެރީން ބިނާ ކުރި ޝަހަރެކެވެ. ފީނީޤީންގެ އިތުރުން އެހެން ކަންޢާނީން ވެސް ވަނީ މި ސަރަޙައްދަށް އައިސް ވަޒަންވެރިވެފައެވެ. ޔޫނާނީންގެ ސިސިލީ އާ އެކު ކުރެވުނު ގިނަ ހަނގުރާމަތަކަކަށް ފަހުގައި ޤަރްޠާޖްގެ ބާރު ގަދަވެގެން ދިޔައެވެ. އަދި މިއީ ހުޅަނގު މެޑިޓެރޭނިޔަން ސަރަޙައްދުގައި އޮތް އެންމެ ވަރުގަދަ ބާރަށް ވެސް ވެގެން ދިޔަމެއެވެ. މީލާދީން 8 ވަނަ ޤަރުނާ ހަމައަށް އައި އިރު މި ސަރަޙައްދު އޮތީ މުސްލިމުންނަަށް ފަތަޙަވެފައިވާ ތަނެއްގެ ގޮތުގައެވެ. ތޫނިސްގެ މަޝްހޫރު ޝަހަރެއް ކަމުގައިވާ ޤައިރްވާން ބިނާ ކުރީ މުސްލިމް ޢަރަބީންނެވެ. މިއީ މުޅި އުތުރު އެފްރިކާގައި ވެސް އުފެދުނު އެންމެ ފުރަތަމަ އިސްލާމީ ޝަހަރެވެ.ތޫނިސްއަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 20 މާރިޗް 1956 ގައެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]މިއަދުގެ ޓިއުނީޝިޔާގެ އާބާދީގެ 98% މީހުންނަކީ ޢަރަބީންނެވެ. ނުވަތަ މުސްތަޢުރިބު ޢަރަބީން ކަމުގައިވާ ބަރްބަރީންނެވެ. އެމީހުން ވާހަކަ ދައްކަނީ ޢަރަބި ބަހުގެ ލަހެޖާތަކުގެ ތެރެއިން ތޫނިސްގެ ލަހެޖާއިން ނުވަތަ ޑައިލެކްޓުންނެވެ. މިއަދު މި ސަރަޙައްދުގައި ބަރްބަރީންގެ ގޮތުގައި ތިބީ އެންމެ 1% މީހުންނެވެ. ގާތްގަނޑަކަށް 1% ގެ މީހުންނަކީ އިޓަލީ އަދި ފަރަންސޭސިވިލާތުން އައިސްތިބި މީހުންނެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ތޫނިސްގެ ތާރީޚަށް ބަލާއިރު އެ ޤައުމާ ގުޅިފައިވާ ހާދިސާތަކުގެ ސަބަބުން އެ ޤައުމުގެ ސަގާފަތަށް ވަރަށް ބޮޑު އަސަރުތަކެއް ފޯރުވާފައިވެއެވެ. މީގެ ތެރޭގައި ފީނީޤީންނާއި، ރޯމަނުންނާއި ވެންޑަލްއިންނާއި. ބައިޒަންޓީނުންނާއި، ޢަރަބީންނާއި ތުރުކީންގެ އިތުރުން ސްޕެނިޔަރޑުންނާއި ފަރަންސޭސީންގެ ސަގާފަތްތަކުގެ އަސަރު ވެސް ތޫނިސްގެ ސަގާފަތަށް ފޯރާފައިވެއެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ޓިއުނީޝިޔާގެ އިޤްތިޞާދުގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން މައިންކުރުމާއި ތަކެއތި އުފެއްދުމުން ހިމެނެއެވެ. ތެލާއި ފަތުރުވެރިކަމަކީ ވެސް މި ޤައުމުގެ އިޤްތިޞާދުގައި މުހިއްމު ދައުރުތަކެއް ކުޅެމުން އަންނަ ކަންކަމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8002 ޑޮލަރެވެ.
- ↑ "Article 4", Tunisia Constitution, 1957-07-25, archived from the original on 1144334322, retrieved 2009-12-23
{{citation}}
: Check date values in:|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ 2.0 2.1 "Article 1", Tunisia Constitution, 1957-07-25, archived from the original on 1144334322, retrieved 2009-12-23
{{citation}}
: Check date values in:|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) Translation by the University of Bern: Tunisia is a free State, independent and sovereign; its religion is the Islam, its language is Arabic, and its form is the Republic. - ↑ 3.0 3.1 "National Statistics Online". National Statistics Institute of Tunisia. July 2009. Retrieved 7 January 2009.
{{cite web}}
: Unknown parameter|dateformat=
ignored (help) ފަންވަތް:Ar icon - ↑ 4.0 4.1 4.2 4.3 "Tunisia". International Monetary Fund. Retrieved 2009-10-01.
- ↑ "Human Development Report 2009. Human development index trends: Table G" (PDF). The United Nations. Retrieved 2009-10-10.