Jump to content

އެލްސެލްވަޑޯރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Republic of El Salvador
República de El Salvador  ފަންވަތް:Es icon
Flag of El Salvador
Flag
Coat of arms of El Salvador
Coat of arms
މޮޓޯ: "Dios, Unión, Libertad"  (Spanish)
"God, Union, Freedom"
ގައުމީ ސަލާމް: Himno Nacional de El Salvador
Location of El Salvador
ވެރިރަށް
and largest city
San Salvador
ރަސްމީ ބަސްތައްSpanish
ނަސްލު ގުރޫޕުތައް
90% Mestizo, 9% White (Spanish, Italian, French, Swiss, others), 1% Amerindian (Pipil, Lenca)
ޑިމޮނިމްSalvadoran[1]
ސަރުކާރުPresidential republic
• President
Mauricio Funes
• from Spain
September 15, 1821
• from the First Mexican Empire
1823
1842
ސަރަޙައްދު
• Total
21,040 km2 (8,120 sq mi)
• Water (%)
1.4
އާބާދީ
• July 2009 estimate
7,185,218 (99th)
• 2007 census
5,744,113[2]
• Density
341.5/km2 (884.5/sq mi) (47th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$43.748 billion[3]
• ބޮލަކަށް ޖެހެނީ
$7,564[3]
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$22.115 billion[3]
• ބޮލަކަށް ޖެހެނީ
$3,823[3]
ޖިނީ (2002)52.4
high
އެޗްޑީއައި (2007) 0.747[4]
Error: Invalid HDI value (106th)
ފައިސާU.S. dollar 2 (USD)
ޓައިމް ޒޯންޔޫޓީސީ-6
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް+5031
އައިއެސްއޯ 3166 ކޯޑްSV
އިންޓަރނެޓް ޓީއެލްޑީ.sv
  1. Telephone companies (market share): Tigo (45%), Claro (25%), Movistar (24%), Digicel (5.5%), Red (0.5%).
  2. The United States dollar is the currency in use. Financial information can be expressed in U.S. Dollars and in Salvadoran colón, but it is out of circulation. http://www.bcr.gob.sv/ingles/integracion/ley.html

އެލްސެލްވަޑޯރ އަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޤައުުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

އެލްސެލްވަޑޯރގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސެލްވަޑޯރަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސެން ސެލްވަޑޯރއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 106 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 21040 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sv. އެވެ. ކޯލިން ކޯޑަކީ +503 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އެމެރިކާ ޑޮލަރެވެ.

“އެލް ސެލްވަޑޯރ” މި ނަމުގެ މާނައަކީ ސަލާމަތް ކުރެއްވި ފަރާތެވެ.

އެލްސެލްވަޑޯރ ގެ އިރުއުތުރުގައި އޮތީ ހޮންޑިޔުރަސްްއެވެ. ހުޅަނގުއުތުރުގައި އޮތީ ގުއަޓެމާލާއެވެ.

ސްޕޭނު މީހުން އެލްސެލްވަޑޯރ އަށް ވެރިވެގަތުމުގެ ކުރީގައި އެ ޤައުމުގައި ނުވަތަ އެ ސަަރަޙައްދުގައި ދިރިއުޅުނު މީހުން އެ މީހުންގެ ޤައުމަށް ކިޔަމުން އައި ނަމަކީ “ސުޒްކަޓަލާން” އެވެ. މީގެ މާނައަކީ “އަގުހުރި ތަކެތި ހުރި ބިން” މިއެވެ. މީލާދީން 16 ވަނަ ޤަރުނުގެ ކުރީކޮޅުގައި ސްޕޭނުގެ މީހުން އައިސް އެމީހުންގެ ވެރިކަން މުޅި ސަރަޙައްދުގައި ހިންގަންފެށިއެވެ. އެމީހުން މި ސަރަޙައްދަށް ދިން ނަމަކީ “ޕްރޮވިންސިއާ ދެ ނުއެސް^ްރޯ ސެޏޯރް ޖީސަސް ކްރިސްތޯ އެލްސެލްވަދޯރް ދެލް މުންދޯ” މިނަމެވެ. މީގެ މާނައަކީ “ދުނިޔެ ރައްކައުތެރިކުރެއްވި އަހަރުމެންގެ ވެރިޔާ އީސަލް މަސީޙްގެ ބިން” މިއެވެ. މި ނަން ފަހުން ކުރުކުރެވި ބޭނުން ކުރެވެން ފެށީ އެލްސެލްވަޑޯރ ގެ ގޮތުގައެވެ. މީލާދީން 1524 ވަނަ އަހަރުގައި ޕެދްރޯ ދި އަލްވަރާދޯ ގުއަޓެމާލާއިން މި ސަރަޙައްދަށް ބަޔަކު ފޮނުވިއެވެ. އެހެން ނަމަވެސް މީލާދީން 1526 ވަނަ އަހަރުގައި ޕިޕިލް މީހުން، އެމީހުން ފައްސާލިއެވެ. މީލާދީން 1528 ވަނަ އަހަރުގައި ޕެދްރޯ ދެވަނަ ބަޔަކު ފޮނުވިއެވެ. މި މީހުން އެ ސަރަޙައްދުގައި ފައި ހަރުކޮށްލުމުގައި ކާމިޔާބީ ހޯދިއެވެ. އެމެރިކާ ބައްރުގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މީލާދީން 19 ވަނަ ޤަރުނުގެ ތެރޭގައި އެލްސެލްވަޑޯރ ވެސް ސްޕެއިނުގެ އަތްދަށުން މިނިވަންވުމުގެ މަސައްކަތް ފެށިއެވެ. ނަތީޖާއެއްގެ ގޮތުން 15 ސެޕްޓެންބަރު 1821 ގައި އެލްސެލްވަޑޯރ އަށް ސްޕެއިނުގެ ކިބައިން މިނިވަންކަން ލިބުނެވެ. އެހެން ނަމަވެސް އޭގެ ފަހުން ފަސްޓް މެކްސިކަން އެމްޕަޔަރގައި އެލްސެލްވަޑޯރ ބައިވެރިވިއެވެ. ފަސްޓް މެކްސިކަން އެމްޕަޔަރގެ ކިބައިން މިނިވަންވީ 1823 ގައެވެ. ދެން އޭގެ ފަހުން އެލްސެލްވަޑޯރ ވީ ސެންޓްރަލް އެމެރިކަން ފެޑެރޭޝަނުގެ ބައެއް ކަމުގައެވެ. މި ފެޑެރޭޝަނުން ނެއްޓި މުޅީން މިނިވަން ޤައުމެއް ކަމުގައި އެލްސެލްވަޑޯރ ވީ މީލާދީން 1842 ވަނަ އަހަރުގައެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

އެލްސެލްވަޑޯރގެ އާބާދީގެ 90% މީހުންނަކީ މެސްޓިޒޯއިންނެވެ. 9% މީހުންނަކީ ދޮން މީހުންނެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ސްޕެނިޝް މީހުންނާއި އިޓާލިޔަން މީހުންނާއި ފަރަންސޭސީންނާއި ސުވިސް މީހުންގެ އިތުރުން އެހެން ވެސް ޔޫރަޕުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އާބާދީގެ 1% އަކީ އެމެރިންޑިޔަނުންނެވެ. މިއީ ޕިޕިލް އަދި ލެންސާ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. އެލްސެލްވަޑޯރގެ އަދިވާސީން ކަމުގައިވާ އެމެރިންޑިޔަނުންގެ ތެރެއިން މިއަދު އެމީހުންގެ ސަގާފީ ކަންތައްތަކަށް އިސްކަން ދެނީ ވަރަށް މަދު ބައެކެވެ.

އެލްސެލްވަޑޯރގެ ސަގާފަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ތަނަކީ ކެތަލިކް ޗާރޗެވެ. ކުރެހުމާއި ކުރިކީލަ އާއި ފޮތީގެ މަސައްކަތަކީ އެލްސެލްވަޑޯރ މީހުންގެ އުފެއްދުންތެރިކަމާއި ސަގާފަތު ވަރަށް ރަނގަޅަށް ދައްކުވައިދޭ ތަކެއްޗެވެ.

އެލްސެލްވަޑޯރ އިން ވަނީ އެ ޤައުމުގެ ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައި ކޮލޯން އުވާލުމަށް ފަހުގައި 2001 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ރަސްމީ ފައިސާއަކީ އެމެރިކާ ޑޮލަރު ކަމުގައި ކަނޑައަޅާފައެވެ. މި ފިޔަވަޅުގެ ސަބަބުން އެލްސެލްވަޑޯރ ގެ އިޤްތިޞާދަށް ރަނގަޅު އަސަރުތަކެއް ކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމުގައި މުޙައްލިލުން ވިދާޅުވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 7564 ޑޮލަރެވެ.

  1. Garner, Bryan A. (2003). "Denizen Labels". Garner’s Modern American Usage (Media notes). Oxford University Press. pp. g. 235. ISBN 0-19-516191-2. Salvadoran
  2. Gob.sv ފަންވަތް:Es icon
  3. 3.0 3.1 3.2 3.3 "El Salvador". International Monetary Fund. Retrieved 2009-10-01.
  4. "Human Development Report 2009. Human development index trends: Table G" (PDF). The United Nations. Retrieved 2009-10-05.