Jump to content

ހިންދޫދީން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ގުޅޭ ސިލްސިލާގެ ބޮޅުތައް
ހިންދޫދީން
ތާރީޚު  · ކަލާނގެތައް
މަޒުހަބުތައް  · ޚުރާފާތު
އަގީދާ ތަކާއި އަމަލުތައް
އާތަމާލަ  · މޮކްޝާ
ކަރްމާ  · ޕޫޖާ  · މާޔާ
ނިރްވާނާ  · ދަރްމާ
ޔޯގާ  · އަޔުރްވެދާ
ޔުގާ  · ތަރުކާރިއްޔަތު
ބަކްތީ  · އަރްތާ
ފަތްފުށްތައް
އުފަނިޝާދުތައް  · ވޭދާތައް
ބްރަހްމަނަ  · ބަގަވަދް ގީތާ
ރާމަޔާނަ  · މަހާބާރަތަ
ފުރާނަ  · އަރަންޔަކަ
ގުޅޭ މައުޟޫތައް
ހިންދޫދީން ގައުމުތަކުން
އިމާމުން  · މަންދިރް  ·
ކިލާސްތަކުގެ ނިޒާމު  · މަންތަރު
ބަސްކޮށާރު  · ހިންދޫ މުނާސަބަތުތައް
މުރްތީ

ހިންދޫދަރަމް ނުވަތަ ހިންދޫދީނަކީ، ވޭދާ ތަކުގެ މައްޗަށް ބިނާ ވެގެންވާ އާލަމީ ދީނީ ސަގާފަތެކެވެ. ހިންދޫން ދައުވާ ކުރާ ގޮތުގައި ދުނިޔޭގެ މަހާ ދީންތަކުގެ ތެރެއިން އެންމެ ބޯދާ ދީނަކީ ހިންދޫދީނެވެ. ހިންދޫދަރަމް ނުވަތަ ހިންދޫދީން މި އިސްތިލާހަކީ ލާގައިދީ އިސްތިލާހެކެވެ. އެހެނީ ހިންދޫދީނަށް ނިސްބަތްވާ ތަފާތު އެތައް މަޒުހަބު އޮވެއެވެ. މި މަޒުހަބު ތަކުގެ އަގީދާ ތަކާއި ފިގުހު އެހައިމެ ތަފާތެވެ. ފާއިތުވި 4000 އަހަރުގެ ތެރޭގައި ހިންދޫދަރަމް ވަނީ އެއްގައު ދީނަކުން ސަގާފަތްތަކުގެ ބޮނޑިއަކަށް ބަދަލުވެފައެވެ. ހިންދޫދީނަށް ނިސްބަތްވާ އެތައް މުނާސަބަތުތަކެއް ވެއެވެ. މިއިން ކޮންމެ މުނާސަބަތެއް ފާހަގަ ކުރުމުގައި އެކި މީހުން ތަފާތެވެ. އަދި ހަމަ އެހެންމެ ހިންދޫ ދީނަށް ނިސްބަތްވާ ތަފާތު އެތައް ފިރުގާތަކާއި އެތައް ފަލްސަފާތަކެއް ވެއެވެ. ސިމާރްތާ ހިންދޫދަރަމް ގައި މަތިވެރިވެގެންވާ ބްރަހްމަން ކަލާނގެ ސިފަކޮށްދޭ އެތައްބައިވަރު ކީރިތި ސޫރަ ތަކަށް، ގަދަރުދެވިގެންވެއެވެ. ގާތްގަނޑަކަށް 1 ބިލިއަން ތާބިއީން ތިބި ހިންދޫދީނަކީ ދުނިޔޭގައި އޮތް 3 ވަނަ އަށް އެންމެ ބިޔަ ދީނެވެ. 98% ހިންދޫން ތިބީ ބައްރެސަޣީރު ގައެވެ. ހާއްސަކޮށް ހިންދުސްތާނުގައެވެ. އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ހިންދޫދީން ގައުމުގެ ރަސްމީ ދީންކަމުގައި ކަނޑައެޅިފައިވާ ހަމައެކަނި ގައުމަކީ ނިސްބަތުން ކުޑަ ރާއްޖެއެއް ކަމުގައިވާ ނޭޕާލުގެ ހިމާލަވީ ރަސްކަމެވެ.

މުހިއްމު ގަބޫލުކުރުންތައް

[އުނިއިތުރު ގެންނަވާ]

މިއަދުގެ ހިންދޫ އަގީދާތަކާއި އަމަލުތަކާއި ފަލްސަފާތައް ނެގިފައިވަނީ، ބައެއް ކަންތައް ބުދުދީނާއި ޖައިންދަރަމް އާ އެއްގޮތް ވާ ގޮތުގެ މަތީން އަދި ހިންދޫ ދީނަށްވުރެ ފަހުން ތަރައްގީވި އަވޭދަވީ އަގީދާތަކުގެ ތެރެއިން ވެސް ބައެއް އެކުލެވިގެންމެ ވޭދަވީ ޕަރަންޕަރާއާއި އިންނެވެ.

ހިންދޫދީނުގެ ރޫހާނީ ޕަރަންޕަރާ އެއްކައުވަންތަ އަދި ޓޮލަރެންޓް ނަޒަރަކުން، ރިގަވޭދީ އާޔަތުގައި ބަޔާންކުރެވިފައި:

एकं सत् विप्रा बहुधा वदन्ति ، ރ.ވ. 1:164:46

އެކަމް ސައްތް ވިޕްރާ ބަހުދާހ ވަދަންތި

ހައްގަކީ އެކެކެވެ، ނަމަވެސް ހަކީމުން އެއަށް ތަފާތު ނަންތައް ނިސްބަތްކުރެއެވެ.

ހިންދޫދީނުގެ އަމާޒު އެންމެ ރަނގަޅަށް ބަޔާންކުރެވިފައިވަނީ ތާބިއީ މަންތަރުގައެވެ.

ॐ । असतो मा सद्गमय । तमसो मा ज्योतिर्गमय । मृत्योर्मामृतं गमय ।।

އޯމް އަސަތޯ މާ ސަދްގަމަޔަ؛ ތަމަސޯ މާ ޖްޔޯތިރްގަމަޔަ؛ މްރިއްތްޔޯރްމާމްރިތަމް ގަމަޔަ

އޯމް! (އަޅު) ބާޠިލުން ހައްގަށް، އަނދިރިކަމުން އަލިކަމަށް، މަރުވުމުން އަބަދުގެދިރިހުރުމަށް ފޮނުއްވައިފާނދޭވެ!

ހިންދޫން ގަބޫލުކުރާ ގޮތުގައި ކޮންމެ ދިރޭ އެއްޗަކީ ވެސް ނިމުމެއް ނެތް ހަޔާތެއް އޮތް ރޫހެކެވެ. ނަފްސު ނުވަތަ ފުރާނަ މަރެއް ނުވެއެވެ. ޖިސްމާނީ ގޮތުން މަރުވުމުން ފުރާނަ އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް، ކަރްމާ އާއި އާތަމާލައިގެ ގާނޫނާ އެއްގޮތް ވާ ގޮތުގެ މަތިން ވާސިލުވެއެވެ.

އަސާސީ އަގީދާ

[އުނިއިތުރު ގެންނަވާ]

ހުރިހާ ހިންދޫން ވެސް އެއްބަސްވާ އާއްމު އަގީދާއަކީ، ދަރްމަ އާއި ސަމްސާރަ އާއި ކަރްމަ އާއި މޮކްޝާ އާއި ޖްޏާނަ ގަބޫލުކުރުމެވެ. އާދޭހެވެ! ދެން އީޝްވަރަ ނުވަތަ ﷲ (God) ގަބޫލުކުރުމެވެ.

މިއީ މީހުންނަށް އެނގިފައިވާ، ބަހުގެ އެންމެ ބޯދާ ވައްތަރެވެ. ހިންދޫދީނުގައި އެންމެ މަތިވެރި ގަދަރު ދެވިފައިވާ މަންތަރަކީ ރިގަވޭދާގެ 3.62.10 މައްޝޫރު ގަޔައްތްރީ މަންތަރެވެ.

ॐ भूर्भुवः स्वः। तत् सवितुर्वरेण्यम्। भर्गो देवस्य धीमहि। धियो यो नः प्रचोदयात्।

އޯމް ބޫހރްބުހވަ ސްވަހ؛ ތައްތް ސަވިތުރް ވަރޭންޔަމް؛ ބަރްގޯ ދޭވަސްޔަ ދީހމަހި؛ ދިހޔޯ ޔޯ ނަހ ޕްރަޗޯދަޔާއްތް.

އޯމް! އަޅަމެންނަށް ސަވިތާރުގެ މަތިވެރި ހަމްދު ލިބިދެއްވާފާނދޭވެ! އެއިރުން އެކަލާނގެ އަޅަމެންގެ ދުއާތަކުގައި ބަރަކާތް ލައްވައިފާ ހުއްޓެވެ.