ޔޯގާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފައިލު:Yoga instructor.jpg
ޔޯގާ

ޔޯގާ އަކީ އިނޑިޔާއިން އުފަންވެފައިވާ ތާރީހީ ރޫހާނީ ފަރިތަކުރުންތަކަކަށް ކިޔާނަމެކެވެ. ޔޯގާގެ އެތައް ބާވަތްތަކެއް ހިމެނިފައިވިޔަސް ކަރްމާ ޔޯގާ، ބާކްތީ ޔޯގާ، ޖްނާނާ ޔޯގާ އަދި ރާޖާ ޔޯގާ ބެލެވިފައިވަނީ އެންމެ މައި މުހިންމު ޔޯގާގެ ބާވަތްތައްކަމުގައެވެ. ޔޯގާ އާއްމުވެފައިވާ ދުނިޔޭގެ އެހެންހިސާބެއްކަމަށް ބެލެވޭ ހުޅަނގުގައި ޔޯގާވަނީ އަސާނާސް (ހަށިގަނޑުގެ ގުނަވަންތައް ވަކިގޮތަކަށް ހަރަކާތްކުރުން) ނުވަތަ ހަތާ ޔޯގާއި ގުޅިފައެވެ. މިކަންވަނީ މީހުންގެ ތެރެޔަށް ކަސްރަތު ހަރަކާތްތަކެއްގެ ގޮތުގައި އާއްމުވެފައެވެ.

ޔޯގާވަނީ އިލްމީ އުނގެނުމެއްގެ ގޮތުން ވެޑަންޓާ، ހިންދުއިޒަމް، ބުދިޒަމް، ސިޚިޒަމް އަދި އެހެންވެސް ދީނީ އަދި ރޫހާނީ ފަރިތަކުރުންތަކުގައި ވަރަށް ބޮޑު ނުފޫޒެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުވާފައެވެ. ޔޯގާ އުފެދިންގެން އައިގޮތާއި މެދު ހިންދީ މުހިއްމު ލިޔުންތައް ބުނެފައިވަނީ ޔޯގާ އުފެދިގެންއައީ އުޕަނިދާޝްސް، ޕަތަންޖާލިގެ ޔޯގާ ސުތްރާ، ބަޤަވާދް ޤީތާ އަދި ހަތާ ޔޯގާ ޕްރަދިޕިކާ އިންނެވެ.

ޔޯގާ ފަރިތަކުރުމާއި އޭގެ ނިޔަތް[އުނިއިތުރު ގެންނަވާ]

މިޒަމާނުގައި ފަރިތަކުރެވޭ ޔޯގާ ހިމެނެނީ ހިންދުއިޒަމްގެ ފަރާތުން ވާރުތަވެފައިވާ ކަންތައްތަކުގެ މައްޗަށެވެ. އޭގެތެރޭގައި ރަނގަޅު އިބްރަތްތަކާއި، ރަނގަޅުކަންތަކާއި ނުރަނގަޅު ކަންތަކާއި، އަދި ހަށިގަނޑު ރަނގަޅު ބައްޓަމެއްގައި ބެހެއްޓުމަށް ގުނަވަންތައް ވަކިގޮތަކަށް ހަރަކާތް ކުރުމާއި، ރޫހާނީ ފިލޯސަފީއެއްގެ ދަށުން ގުރޫ އެއްގެ އިރުޝާދުގެ ދަށުން ހަމަހިމޭންކަމާއެކު ލަސް ނޭވާލުންތަކަކާއި އެއްކޮށް



" ޔޯގާ " މި ލަފްޒު[އުނިއިތުރު ގެންނަވާ]

"ޔޯގާ" މިލަފްޒު އައިސްފައިވަނީ ސާންސްކްރިތް ބަހުންނެވެ.