Jump to content

އަފްޣާނިސްތާން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ Soroud-e-Melli އިން)
Republic of Afghanistan
افغانستان
(ފަންވަތް:Lang-prs)
د افغانستان امارت
(Pashto: Də Afġānistān Islāmī Imārat)
Flag of Afghanistan
Flag
Emblem of Afghanistan
Emblem
ގައުމީ ސަލާމް: Milli Surood
Location of Afghanistan
ވެރިރަށް
and largest city
Kabul
ރަސްމީ ބަސްތައްDari (Persian), Pashto[1]
ޑިމޮނިމްAfghan[alternatives]
ސަރުކާރުIslamic Emirate or Interim administration
October 1747
August 19, 1919
ސަރަޙައްދު
• Total
647,500 km2 (250,000 sq mi) (41st)
• Water (%)
negligible
އާބާދީ
• 2009 estimate
28,150,000[3] (37th)
• 1979 census
13,051,358
• Density
43.5/km2 (112.7/sq mi) (150th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$21.388 billion[4] (96th)
• ބޮލަކަށް ޖެހެނީ
$760[4] (172nd)
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$11.709 billion[4]
• ބޮލަކަށް ޖެހެނީ
$416[4]
އެޗްޑީއައި (2007)0.345
low (174)
ފައިސާAfghani (AFN)
ޓައިމް ޒޯންޔޫޓީސީ+4:30 (D†)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް93
އައިއެސްއޯ 3166 ކޯޑްAF
އިންޓަރނެޓް ޓީއެލްޑީ.af
ކާބުލް

އަފްޣާނިސްތާން ގެ ފުރިހަމަ ނަމަކީ އިސްލާމިކް ރިޕަބްލިކް އޮފް އަފްޣާނިސްތާން އެވެ. އަފްޣާނިސްތާން އޮންނަނީ އޭޝިޔާގެ މެދުތެރޭ ގައެވެ. އަފްޣާނިސްތާން އޮންނަ ހިސާބުގެ ގޮތުން ބައެއް ފަހަރު މެދުތެރޭ އޭޝިޔާ ގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. އަނެއް ބައި ފަހަރު ދެކުނު އޭޝިޔާގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. އަދި އަނެއްބައި ފަހަރު މެދުއިރުމަތީގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. މިހާރު އަފްޣާނިސްތާނަށް ވަނީ ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުމުގެ ޖަމްޢިއްޔާ (ސާކް) ގެ މެންބަރަކަށްވެފައެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

އަފްޣާނިސްތާނުގެ ރަސްމީ ބަހަކީ ދާރީ (ފާރިސީ) ބަހާއި ޕޮޝްތޫ ބަހެވެ. އިނގިރޭސި ބަހުން އަފްޣާނިސްތާނު މީހުންނަށް ކިޔަނީ އަފްގާންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކާބުލްއެވެ. އަފްޣާނިސްތާނުގެ ވެރިރަށަކީ ވެސް ކާބުލްއެވެ. އަފްޣާނިސްތާނަކީ އިސްލާމީ ޖުމްހޫރީ ތިއޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 28 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 44 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.6 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ af. އެވެ. ކޯލިން ކޯޑަކީ +93 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އަފްޣާނީއެވެ.

އަފްޣާނިސްތާން ގެ މާނައަކީ އަފްޣާނުންގެ ބިން މިއެވެ. “އަފްޣާން” މިނަން ވަރަށް ކުރީގެ ލިޔުންތަކުގައި ވެސް ފާހަގަ ކުރެވިފައިވެއެވެ. އަފްޣާނިސްތާނުގެ މީހުން އެއްބައިވަންތަ ކުރުވުމުގެ ގޮތުން “އަފްޣާން” އައިޑެންޓިޓީ އެންމެ ފުރަތަމަ ބޭނުންކުރެއްވި ބޭފުޅަކީ އަޙްމަދު ޝާހް ދުއްރާނީއެވެ. އަފްޣާނިސްތާނު، މި ނަން 16 ވަނަ ޤަރުނުގައި، މުޣަލް އެމްޕެރަރ ބާބަރު ވަނީ ބޭނުންކުރައްވާފައެވެ.

އަފްޣާނިސްތާން އަކީ އެގައުމުގެ ވަށައިގެންވާ ގައުމުތަކާއި، ދީނީ ގޮތުންނާއި، ބަހުގެ ގޮތުންނާއި، ގައުމު އޮތް ތަނުގެ ގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ ގައުމެކެވެ. އަފްޣާނިސްތާން ގެ ދެކުނާއި އިރުން އިންވެގެން އޮންނަނީ ޕާކިސްތާން އެވެ. ހުޅަގުން އޮންނަނީ އީރާން، ތުރުކީ، އަދި އުޒްބަކިސްތާން އެވެ. އުތުރުން އޮންނަނީ ތަޖިކިސްތާން އެވެ. އަދި އިރު އުތުރުން އޮންނަނީ ސީނުކަރަ އެވެ.

މިހާރުގެ އަފްޣާނިސްތާނު ވުޖޫދަށް އައިސްފައިވަނީ މީީލާދީން 1747 ގައި އަޙްމަދު ޝާހް ދުއްރާނީގެ ޤިޔާދަތުގައެވެ. އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި އަފްޣާނިސްތާނުގައި މީހުން ދިރިއުޅެން ފަށާފައިވާތާ މިހާރު އެތައް ހާސް އަހަރެއް ވެއްޖެއެވެ. އަފްޣާނިސްތާނު އޮތް މަޤާމުވެފައިވަނީ ތާރީޚީ ގޮތުން ބަލާއިރު ވަރަށް މުހިއްމު ސަރަޙައްދަކަށެވެ. އެއީ ހިންދު-ވިލާތީ ޙަޟާރަތުގެ ވަރަށް ގިނަ ކަންތައްތަކެއް މިބިމާ ގުޅިފައިވާ ކަމަށް ޓަކައި ވެސްމެއެވެ. ޢީސާއީ މީލާދުގެ 2000 އަހަރު ކުރީން ހިންދު-ވިލާތީ ބަހުން މޮށިއުޅުނު އާރިޔާއިން މި ސަރަޙައްދުގައި އުޅުނުކަމަށް ބެލެވިފައިވެއެވެ. އެހެން ނަމަވެސް އާރިޔާއިންނަކީ އަޞްލު އަފްޣާނިސްތާނުގެ ބައެއް ކަމަކަށް ބެލެވިފައެއް ނުވެއެވެ. އާރިޔާއިންގެ އަޞްލާމެދު ބެލެވިފައިވަނީ އެއީ، އަނަތޯލިޔާ ނުވަތަ ކުރުދިސްތާން ނުވަތަ މެދުތެރޭ އޭޝިޔާ ނުވަތަ އީރާން ނުވަތަ އުތުރު އިންޑިޔާ ކަމުގައެވެ. މީގެ ތެރެއިން ވެސް ބޮޑަށް ބެލެވިފައިވަނީ އާރިޔާއިންގެ އަޞްލަކީ އީރާން ކަމުގައެވެ. މެދު ޒަމާނުން ފެށިގެން 19 ވަނަ ޤަރުނާ ހަމަޔަށް އަފްޣާނިސްތާނަކީ ގްރޭޓަރ ޚުރާސާނުގެ ބައެކެވެ. މީލާދީން 18 ވަނަ ޤަރުނުގައި އަފްޣާނުން ކަންދަހާރަށް އެއްވެ، އަޙްމަދު ޝާހް ދުއްރާނީއަކީ އެމީހުންގެ ލީޑަރުކަމުގައި އިޚްތިޔާރު ކުރިއެވެ. އޮކްޓޯބަރު 1747 ގައި ރަސްކަމުގެ ތާޖު އަޙްމަދު ޝާހް ދުއްރާނީގެ އިސްތަށިފުޅުގައި އެޅުވުނެވެ. މީލާދީން 1751 ގައި އަޙްމަދު ޝާހް ދުއްރާނީ އާއި އޭނާގެ ލަޝްކަރު މިހާރުގެ މުޅި އަފްޣާނިސްތާނާއި ޕާކިސްތާނާއިި އީރާނުގެ ބައެއް ޝަހަރުތަކާއި ދިއްލީ ވެސް ފަތަޙަކުރިއެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

އަފްޣާނިސްތާނުގެ އާބާދީއަކީ މިހާރު 28 މިލިއަން މީހުން ކަމުގައި ވިޔަސް، 2050 ވަނަ އަހަރާ ހަމައިގައި އެ ޤައުމުގެ އާބާދީގައި 82 މިލިޔަން މީހުން ތިބޭނެކަމަށް ބެލެވިފައިވެއެވެ. އަފްޣާނިސްތާނުގެ އާބާދީގެ 42% އަކީ ޕަޝްތޫނީންނެވެ. 27% އަކީ ތަޖިކުންނެވެ. 9% އަކީ ހަޒާރާއިންނެވެ. 9% އަކީ އުޒްބެކުންނެވެ. 4% އަކީ އައިމަކުންނެވެ. 3% އަކީ ތުރުކުމަނުންނެވެ. 1% އަކީ ނޫރިސްތާނީީންނެވެ. 1% އަކީ ބަލޫޗީންނެވެ. 4% އަކީ އެހެން ނަސްލުތަކުގެ މީހުންނެވެ.

އަފްޣާނިސްތާނަކީ ވަރަށް މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. އަފްޣާން ރޮށްޓަކީ މުޅި މެދުތެރޭ އޭޝިޔާގައި ޚާއްޞަ ޤަދަރެއް ދެވިފައިިވާ މީރު ކާ އެއްޗެކެވެ.

ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނުގެ އިޤްތިޞާދުވަނީ ވަރަށް ބޮޑަށް ވަޅު ޖަހާފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 760 ޑޮލަރެވެ.

  1. "Afghanistan". The World Factbook. Central Intelligence Agency. 2007-12-13. Archived from the original on 1505892133. Retrieved 1259655285. {{cite web}}: Check date values in: |access-date= and |archive-date= (help); Unknown parameter |dead-url= ignored (|url-status= suggested) (help)
  2. "Afghanistan", CIA - The World Factbook 2007.
  3. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  4. 4.0 4.1 4.2 4.3 "Afghanistan". International Monetary Fund. Retrieved 2009-10-01.

އިތުރު ގުޅުންތައް

[އުނިއިތުރު ގެންނަވާ]