ޗިލީ
Republic of Chile República de Chile ފަންވަތް:Es icon | |
---|---|
ވެރިރަށް and largest city | Santiago1 |
ރަސްމީ ބަސްތައް | Spanish |
ޑިމޮނިމް | Chilean |
ސަރުކާރު | Representative democracy |
Michelle Bachelet | |
Independence from Spain | |
September 18, 1810 | |
• Declared | February 12, 1818 |
• Recognized | April 25, 1844 |
September 11, 1980 | |
ސަރަޙައްދު | |
• Total | 756,950 km2 (292,260 sq mi) (38th) |
• Water (%) | 1.07² |
އާބާދީ | |
• June 2009 estimate | 16,928,873 (60th) |
• 2002 census | 15,116,435 |
• Density | 22/km2 (57.0/sq mi) (194th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $243.357 billion[2] (43rd) |
• ބޮލަކަށް ޖެހެނީ | $14,529[2] (56th) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $169.458 billion[2] (46th) |
• ބޮލަކަށް ޖެހެނީ | $10,117[2] (57th) |
ޖިނީ (2006) | 54[3] Error: Invalid Gini value |
އެޗްޑީއައި (2007) | 0.878 Error: Invalid HDI value (44th) |
ފައިސާ | Peso (CLP) |
ޓައިމް ޒޯން | ޔޫޓީސީ-4 (n/a) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ-3 (n/a) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | +56 |
އައިއެސްއޯ 3166 ކޯޑް | CL |
އިންޓަރނެޓް ޓީއެލްޑީ | .cl |
|
ރިޕަބްލިކް އޮފް ޗިލީ އަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ޗިލީގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން ޗިލީގެ މީހުންނަށް ކިޔަނީ ޗިލިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސެންޓިއާގޯއެވެ. ޤައުމުގެ ވެރިރަށަކީ ވެސް ސެންޓިއާގޯއެވެ. ޗިލީއަކީ ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީއެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 17 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 60 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.7 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cl. އެވެ. ކޯލިން ކޯޑަކީ +56 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.
ނަން
[އުނިއިތުރު ގެންނަވާ]ޗިލީގެ ނަމުގެ އަޞްލާ މެދު ތަފާތު ނަޒަރިއްޔާތަކެއް ޢިލްމުވެރިން ގެންގުޅުއްވައެވެ. މި ގޮތުން ބެލެވޭ ގޮތުގައި، އެއީ ޕެރޫގެ އިންކާ އިން އެކޮންކާގުއާގެ ވާދީއަށް، ޗިލީއޭ ކިޔާފައި ނަންދިނީ އެ ވާދީގެ ވެރިޔާގެ ނަމަކަށް ތިލީއޭ ކިޔާތީ އެ ނަމަށް ނިސްބަތްކޮށް، މި ނަން ދީފައިވަނީއެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ޗިލީގެ އުތުރުގައި އޮތީ ޕެރޫއެވެ. އިރު އުތުރުގައި އޮތީ ބޮލީވިއާއެވެ. އިރުމަތީގައި އޮތީ އާޖެންޓީނާއެވެ. ޗިލީއަކީ ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ބްރެޒިލްއާ ބޮދަރުގެ ގޮތުން ގުޅިފައި ނުވާ ދެ ޤައުމުގެ ތެރެއިން އެއް ޤައުމެވެ. އަނެއް ޤައުމަކީ އިކުއެޑޯއެވެ. ޗިލީއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް މާ ދިގު ބައްޓަމަކަށް އޮންނަ ޤައުމަކަށް ވާތީ، އެ ޤައުމަކީ މޫސުމުގެ ގޮތުން ތަފާތު އެތައް ކަންތައްތަކެއް ތަޖުރިބާކުރެވޭ ޤައުމެކެވެ. ދުނިޔޭގެ އެންމެ ހަނަފަސް އެއް ޞަޙަރާ ކަމުގައިވާ އަޓަކާމާ އޮތީ ޗިލީގެ އުތުރުގައެވެ. ޗިލީގެ މެދުތެރޭގައި އޮންނަނީ މެޑިޓެރޭނިއަން މޫސުމެކެވެ. ދެކުނުގައި އޮންނަނީ ރެއިނީ ޓެންޕަރޭޗަރ ކްލައިމެޓެކެވެ. އުތުރުގައި އޮންނަ ޞަޙަރާއަކީ ވަރަށް ބޮޑަށް މަޢުދަނުގެ މުއްސަނދިކަން ލިބިފައިވާ ތަނެކެވެ. މިތަނުން އެންމެ މައިގަނޑުކޮށް ލިބެނީ ލޮޔެވެ. ޗިލީގައި ދަނޑުވެރިކަން ކުރަނީ އަދި މީހުން ދިރިއުޅެނީ ޤައުމުގެ މެދުތެރޭގައެވެ. ދެކުނުގައި އޮތީ ޖަންގަލިތަކެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]މިއަދުގެ ޗިލީގެ ގޮތުގައި އޮތް ސަރަޙައްދުގެ އައްސޭރި ފަށުގައި ދަނޑުވެރިކަމަށް ރަނގަޅު ބިންތަކުގެ ގާތުގައި މީގެ 10000 ވަރަކަށް އަހަރުކުރީން ވަޒަންވެރިވީ ނޭޓިވް އެމެރިކަނުންނެވެ. އިންކާއިން ވަނީ އެމީހުންގެ ވެރިކަން ޗިލީގެ އުތުރާ ހިސާބަށް ވެސް ފުޅާކޮށްފައެވެ. ސްޕޭނުގެ މީހުން ޗިލީއަށް އަތްގަދަ ކުރަން ފެށީ 1540 ހާ ތާގައި ޕެދްރޯ ޑި ވަލްޑީވިއާގެ ޤިޔާދަތުގައެވެ. އެއީ 1541 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ސެންޓިއާގޯ ޝަހަރު ހޯއްދެވި ފްރެންސިސްކޯ ޕިޒާރޯގެ ލެފްޓިނެންޓެކެވެ. މީގެ ފަހުން ޗިލީ ވެގެން ދިޔައީ ވައިސްރޯޔަލްޓީ އޮފް ޕެރޫގެ ބަޔަކަށެވެ. ޗިލީގެ ރަށްވެހިން ޔޫރަޕުގެ އިސްތިޢުމާރީންނާ ދެކޮޅަށް ހިންގަން ފެށި ޙަރަކާތްތަކުގެ ތެރޭގައި 1553 ގައި ވަލްޑީވިއާ މަރުވެގެންދިޔައެވެ. ހަމަ އެހެންމެ އެމީހުން ޤާއިމުކޮށްފައި ހުރި ކޮލޮނީތަކުގެ އާބާދީތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެގެންދިޔައެވެ. ފެބްރުއަރީ 12، 1818 ގައި ޗިލީން އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރިއެވެ. ޗިލީގެ މިނިވަންކަން ރިކޮގްނައިޒްކުރެވިފައިވަނީ އެޕްރީލް 25، 1844 ގައެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]ޗިލީގެ އާބާދީގެ 52.7% އަކީ ދޮން މީހުން ކަމަށް ލެޓިން އެމެރިކަން ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމުގައިވާ ފްރެންސިސްކޯ ލިޒްކާނޯ ވިދާޅުވެއެވެ. އަދި 44% އަކީ މެސްޓިޒޯއިންނެވެ. ޗިލީގެ އާބާދީގެ 70% މީހުން ބުނާ ގޮތުގައި އެމީހުންނަކީ ކްރިސްޓިޔަނުންނެވެ. ކޮންމެ ވެސް ވަރަކަށް މުސްލިމުން ތިބި ކަމުގައި ވިޔަސް ޗިލީގައި މުސްލިމުން ވަރަށް މަދެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ޗިލީގެ ސަގާފަތު ބިނާވެގެންވަނީ ސްޕެނިޝް ސަގާފަތުގެ މައްޗަށެވެ. ކުޅިވަރުގެ ގޮތުގައި ޗިލީގައި އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓު ބޯޅައެވެ. ޗިލީއަކީ މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. ޗިލީގެ ކާނާއަކީ ދެކުނު އެމެރިކާގައި އެންމެ މަޝްހޫރު އެއް ކެއުން ކަމަށް ބެލެވިފައިވެއެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]2003 ވަނަ އަހަރުން ފެށިގެން ޗިލީގެ އިޤްތިޞާދު އަންނަނީ ރަނގަޅުވަމުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 10117 ޑޮލަރެވެ.