ޢަބުދުﷲ އިސްމާޢިލް ލައިބްރަރީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފ.ނިލަންދޫގައި ހުރި ޢަބުދުﷲ އިސްމާޢިލް ލައިބްރަރީ

ޢަބުދުﷲ އިސްމާޢިލް ލައިބްރަރީ މިނަމުގައި ލައިބްރަރީ އެއް ވެސް 25 އެޕްރީލް 1981 ގައި ފ.އަތޮޅު މަގޫދޫގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމްހުޅުއްވައިދެއްވި އެވެ. މިއީ ދިވެހިރާއްޖެ ދުށް މަޝްހޫރު ހިސާބު ޢިލްމުވެރިޔާ ޢަބުދުﷲ އިސްމާޢީލް ނުވަތަ ތުއްތު ގެ ހަދާނުގައި ބިނާކުރެވިފައިވާ ތަނެކެވެ. 1999 ވަނަ އަހަރު ގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ފ.އަތޮޅުގެ ވެރިކަން ފ. މަގޫދޫ އިން ފ.ނިލަންދޫ އަށް ބަދަލުވުމާއި ގުޅިގެން މިލައިބްރަރީ ވެސް ވަނީ ނިލަންދޫ އަށް ބަދަލު ކުރެވިފައެވެ.ތަފާތު ދާއިރާގެ ފޮތްތައް މިލައިބްރަރީ އިން ލިބެން ހުރެއެވެ. ރަށުގެ ޢާންމުންނާއި ސުކޫލް ކުދިންނަށް މިތަނުން ފޮތް ގެންގޮސްގެން ކިޔުމުގެ ފުރުޞަތު ހުޅުވާލެވިފައި ވެއެވެ.