ޢަބުދުލް މަޖީދު ޢަބުދުލް ބާރީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
[[File:|frameless|alt=]]
އުފަން ތާރީޚްއޭޕްރީލް 27 ، 1963(1963-04-27)
އަވަހާރަވީ ތާރީޚްމޭއި 22 2018(2018-05-22)
Nationalityދިވެހި
ތަޢުލީމީ ފެންވަރުބީ. އޭ (ދަޢުވާ، އުޞޫލުއްދީން "ތިއޮލޮޖީ" / މަދީނާ 1989)

އެމް. އޭ (ތަފްސީރު"އިންޓަރޕްރިޓޭޝަން އޮފް ޤްރުއާން"، އުލޫމުލް ޤުރުއާން / މަދީނާ 1994)

ޕީ. އެޗް. ޑީ (ތަފްސީރު"އިންޓަރޕްރިޓޭޝަން އޮފް ޤްރުއާން"، އުލޫމުލް ޤުރުއާން / މަދީނާ 1999)
ތައުލީމް ހާސިލްކުރީބީ. އޭ (ދަޢުވާ، އުޞޫލުއްދީން "ތިއޮލޮޖީ" / މަދީނާ 1989)

އެމް. އޭ (ތަފްސީރު"އިންޓަރޕްރިޓޭޝަން އޮފް ޤްރުއާން"، އުލޫމުލް ޤުރުއާން / މަދީނާ 1994)

ޕީ. އެޗް. ޑީ (ތަފްސީރު"އިންޓަރޕްރިޓޭޝަން އޮފް ޤްރުއާން"، އުލޫމުލް ޤުރުއާން / މަދީނާ 1999)
ފުރުއްވި މަޤާމްތައްޑިރެކްޓަރ އިސްލާމީކަންތައްތަކާބެހޭ އެންމެމަތީ މަޖިލިސް 01 ނޮވެމްބަރ 1999 – 11 ޑިސެމްބަރ 2000

މުދީރު ކީރިތި ޤުރުއާނާބެހޭ މަރުކަޒު 12 ޑިސެމްބަރ 2000 – 2006 ޑިސެމްބަރ 22 އަށް

މިނިސްޓަރ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް 12 ނޮވެމްބަރ 2008 އިން ފެށިގެން
ފާހަނގަ ކޮށްލެވޭ މަސައްކަތްތައްޢަދާލަތު ޕާޓީގެ ފައުންޑަރ މެމްބަރ

ޢަދާލަތު ޕާޓީގެ ފުރަތަމަ ވަގުތީ ރައީސްކަން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން

ޢިލްމީ ބައިވެރިވުން: ދިވެހިރާއްޖޭގެ ފިޤްހު އެކަޑަމީގެ ރައީސްކަން
Familyބައްޕަ: އައްޝައިޚް ޢަބްދުލްބާރީ

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ފުރަތަމަ ތަޢުލީމު ހާސިލު ކުރެއްވީ، އެމަނިކުފާނުގެ އުފަން ރަށް އައްޑުއަތޮޅޮ ހުޅުދޫ މަދަރުސާއިންނާއި، އެ އަތޮޅު ފޭދޫ ސްކޫލުންނެވެ. އެއަށްފަހު، މާލެ ވަޑައިގެން އީ.ޕީ.އެސް ސްކޫލުން ތައުލީމު ހާސިލުކުރެއްވިއެވެ. އިތުރަށް ތަޢުލީމު ހާސިލު ކުރެއްވުމަށް ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއަށާއި، ޖާމިޢާ ތަޢުލީމާތަށް ވަޑައިގެންނެވީ 1979 ވަނަ އަހަރުއެވެ. އޭރުވެސް ޢަރަބި އިސްލާމީ ތަޢުލީމަށް ލޯބިކުރެއްވި ޑޮކްޓަރ ޢަބްދުލްމަޖީދު، ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ވެދެވަޑައިގަތީ 1982 ވަނަ އަހަރުއެވެ. ޘާނަވީ ތަޢުލީމުން ފެށިގެން ޕީ.އެޗް.ޑީ.އާ ހަމަޔަށް ކިޔަވައިވިދާޅުވީ އެ ޔުނިވަރސިޓީގައެވެ. އެގޮތުން، އެ ޔުނިވަރސިޓީން ދަޢުވާ، އުޞޫލުއްދީން [ތިއޮލޮޖީ]އިން 1989 ވަނަ އަހަރު ބެޗްލަރޒް ޑިގްރީ ހާސިލު ކުރެއްވިއެވެ. ބެޗްލަރޒް ޑިގްރީގައި އެމަނިކުފާނު ޑިސަރޓޭޝަން ލިޔުއްވާފައިވަނީ [ރާއްޖެ އިސްލާމްވުން] މި މައުޟޫޢުގެ މައްޗަށެވެ. އޭގެފަހުން އެ ޔުނިވަރސިޓީގައި މާސްޓަރޒް ހެއްދެވުމުގެ ފުރްޞަތުވެސް ޑޮކްޓަރ މަޖީދަށް ލިބިވަޑައިގެންނެވިއެވެ. މާސްޓަރޒް ހެއްދެވީ ތަފްސީރު، [އިންޓަރޕްރިޓޭޝަން އޮފް ޤުރްއާން] ޢުލޫމުލް ޤުރްއާނުން 1993 ވަނަ އަހަރުއެވެ. ޕީ.އެޗް.ޑީ ހާސިލު ކުރެއްވީ 1997 ވަނަ އަހަރުއެވެ.

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ރާއްޖެ ވަޑައިގަތުމުން ފުރަތަމަ ހަމަޖެއްސެވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ދީނީ ޝިޢާރުތަކާބެހޭ ބައިގެ ޑިރެކްޓަރު ކަމުގެ މަޤާމަށެވެ. އެއީ 1 ނޮވެންބަރު 1999 ގައެވެ. ފުރަތަމަ މަސައްކަތްޕުޅު ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ މުދީރުގެ މަޤާމުގައެވެ. އެއަށްފަހު، ކީރިތި ޤުރްއާނާބެހޭ މަރުކަޒު އުފެދުމާ ގުޅިގެން، އެތަނުގެ މުދީރަކަށް 11 ޑިސެންބަރު 2000 ގައި ޢައްޔަނު ކުރެއްވިއެވެ. މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 2001 ވަނަ އަހަރުއެވެ. އެއަށްފަހު، 2006 ވަނަ އަހަރު އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ދީނީ ހޭލުންތެރިކުރުމާބެހޭ ބައިގެ އެންމެ އިސް ބޭފުޅަކަށް ޑޮކްޓަރ ޢަބްދުލްމަޖީދު ހަމަޖެއްސެވިއެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް 2019 ވަނަ އަހަރު ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވީ ސްރީލަންކާގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން، ފަރުވާ ދެމުން ގެންދަނިކޮށެވެ. 22 މޭ 2018 ގައި އެމަނިކުފާނު އަވަހާރަވިއިރު އުމުރަކީ 56 އަހަރެވެ.