Jump to content

ޝާހްނާމާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
The richly illuminated double frontispiece of the Baysonghori Shahnameh

ޝާހްނާމާ (ފާރިސީ ބަހުން: شاهنامه ނުވަތަ "ރާދަވަޅި") އަކީ ފާރިސްކަރައިގެ މަޝްހޫރު ޅެންވެރިޔާ ފިރުދޯސީ މީލާދީން 977 އިން 1010 އާ ދެމެދު އީރާނާއި އީރާނުގެ އަވައްޓެރި ރަށްތަކުގެ ވާހަކަތައް ޅެން ބަހުރުވައިން ލިޔެ ފައިވާ ފޮތެވެ. 50،000 އެއްހައި ބައިތު ހިމެނޭ މި ފޮތުގައި ކިޔައިދީފައިހުރީ ފުލޯކް ވާހަކަތަކާއި، ދުނިޔެ އުފެދުނީއްސުރެ 7 ވަނަ ގަރުނުގައި މުސްލިމުން އިރާނު ފަތަހަކުރުމާ ހިސާބަށް، ހިނގާފައިވާ އީރާންޝަހަރު ގެ ބައެއް ތާރީހީ ހާދިސާތަކެވެ.

މިއީ ފާރިސީންގެ ސަގާފަތުހެ ނާރެހުގެ ގޮތުގައި، އަދަބިއްޔާތުގެ ނަމޫނާގެ ގޮތުގައި، އަދި މުޅި އީރާނުގެ އަމިއްލަ ވަންތަ ސަގާފަތު ދައްކައިދޭ އެންމެ މުހިއްމު ހެކި ކަމުގައި ބަލައެވެ. އަދި މިއީ ފާރިސީދީނަށް ތާއީދުކުރާ މިޒަމާނުގެ މިހުންނަށް ވެސް މުހިއްމު ފޮތެކެވެ. އެއީ މި ފޮތުގައި އެދީން އުފަންވުމުން ފެށިގެން މުސްލިމުން އެތަން ފަތަހަ ކުރުމާ ހަމައަށް ގުޅުންހުރި ތާރީހީ ވާހަކަތައް ވާތީއެވެ.

އެކުލަވާލުން

[އުނިއިތުރު ގެންނަވާ]
The assassination of Chosroes in a Mughal Era manuscript in 1535

ފިރުދޯސީ މި ފޮތް އެކުލަވާލުމުގެ މަސައްކަތް ކުރަން ފެށީ މީލާދީން 977 ގައެވެ. އަދި މުޅި ފޮތް ނިންމާލެވުނީ 8 މާޗް 1010 ގައެވެ. ޝާހްނާމާ އަކީ ޅެންވެރިކަމާއި ތާރީހްއިލްމުގެ ނަމޫނާ ހަނދާނެކެވެ. މިއީ ޖުމުލަ ގޮތެއްގައި ޅެންފޮތެއް ނަމަވެސް، ކުރިންވެސް އަދި މިހާރުވެސް، މި ފޮތް ބެލެވެނީ އީރާނުގެ ގަދީމީ ތާރީހުގެ ފަތްފުށް ކަމުގައެވެ. މިފަދަ އެތައް ހާދިސާތަކެއް އެކި ލިޔުންތެރިން ނަޘްރުން ލިޔެފައި ވެއެވެ. މިސާލެއްގެ ގޮތުން އަބޫ މަންސޫރު ދަގީގީ ޝާހްނަމާ މި ނަމުގައި ނަޘްރުން ފޮތެއް އެކުލަވާލި އެވެ.

ޝާހްނާމާ އަކި 50،000 އަށް ވުރެ ގިނަ ބައިތު އެކުލެވޭ، އަދި ޅެންބަހުން އެކުލަވާލައިފައިވާ ވާހަކަތަކެކެވެ. ލިޔެވިފައި ވަނި މިޒަމަނުގެ ފާރިސީ ބަހުގެ ކުރީކޮޅު އެވެ. މި ފޮތް ބިނާވެފައިވަނީ ލިޔުންތެރިޔާ އޭގެ ކުރިން ނަޘްރުން އެކުލަވާލާފައިވާ ހަމަ މިނަން ކިޔާ ފޮތުގައި އެކުލެވޭ ބައިތަކުގެ މައްޗަށެވެ. ކުރިން ލިޔެވުނު ޝާހްނާމާގެ ބޮޑު ބަޔަކީ ޕާލަވީ ބަހުން ބަހުން ލިޔެވިފައިވާ "ރަސްކަލުންގެ ފޮތް" (xvatāynamāk) މި ފޮތުން ތަރުޖަމާ ކުރެވިފައިވާ ބައިތަކެވެ. މިއީ ސާސާނިޔާން ގެ ޒަމަނުގައި ރަސްކަލުންނާއި ގައުމީ ބަތަލުންގެ ތާރީހްތައް ލިޔެފައިވާ ފޮތެވެ. އަދި 7 ވަނަ ގަރުނުގެ މެދުތެރޭގައި ސާސާނިޔާންގެ ވެރިކަން އަރަބިންގެ މައްޗަށް ދޫވެގެން ދިޔަ ގޮތުގެ ހާދިސާތައް ފިރުދޯސީ ވަނީ އިތުރަށް ލިޔެފައެވެ.

އެކުލެވިގެންވާ ބައިތައް

[އުނިއިތުރު ގެންނަވާ]
Kai Khusrau enthroned holding the sword with which he will execute Afrasiyab for the murder of Siyawush

ޝާހްނާމާގައި އީރާނުގެ ކުރީގެ ހާދިސާތަކުން ފެށިގެން ފަހުގެ ތާރީހީ ހާދިސާތަކާ ހަމައަށް ލިޔެފައި ވެއެވެ. ދުނިޔެ އުފެދުނު ގޮތުން ފެށިގެން އެކިއެކި ހުނަރުތައް ތަރައްގީވަމުން އައިސް އާރިޔަން ހަޟާރަތް އުފެދުމުގެ ހާދިސާތަކާއި ފަހުން އަރަބީން އީރާނުޝަހަރު ފަތަހަކުރުމާ ހަމައަށް ހާދިސާތައް ހިމަނާފައި ވެއެވެ. ނަމަވެސް މި ހުރިހައި ހާދިސާއެއް ގެނެސްފައި ވަނީ ކަން ހިނގި ތަރުތީބަކުން ނޫނެވެ. އޭގައި ބަޔާންވެގެންވާ ބައެއް ޝަހުސިްޔަތުތައް ގަރުނަކަށްވުރެ ދިގު އުމުރެއް ހޭދަކޮށްފައި ވާކަމަށް ވިޔަސް ގިނަ ޝަހުސިއިްޔަތުތައް ދައްކައިދީފައިވަނީ އާއްމު އުމުރެއްގައެވެ. އޭގެ ތެރޭގައި އެތައް ރަސްކަލުންނަކާއި ބަތަލުންނެއް އަދި ދުޝްމަނުންނެއްގެ އުފަންވުމާއި ނެތިދިއުން ހިމެނިފައި ވެއެވެ. މުޅި ވާހަކައިގައި ބަދަލުނުވެ ދެމި އޮތް ހަމައެކަނި ތަސްވީރަކީ އީރާންޝަހަރެވެ.

މުޅި ފޮތް ތިން ޒަމާނަކަށް ބަހާލާފައި ވެއެވެ. އެއީ "ފްލޯކް"، "ބަތަލުންގެ ޒަމާން" އަދި "ތާރީހީ ހާދިސާތަކުގެ" ޒަމާނެވެ.

ފާރިސީ ބަހަށް ނުފޫޒު ފޯރުވާފައިވާ މިންވަރު

[އުނިއިތުރު ގެންނަވާ]

ޝާހްނާމާ ލިޔެވުމަށް ފަހު އެފާޑުގެ އެހެން އެތައް މަސައްކަތެއް ފާރިސީ ބަހުން ލިޔެވުނެވެ. މި ހުރިހައި ލިޔުމެއްވެސް މައިގަނޑުގޮތެއްގައި ބައްޓަންވެފައި ވަނީ ޝާހްނާމާގެ ފާޑަށެވެ. ނަމަވެސް ޝާހްނާމާ ފަދަ މަޝްހޫރު ނުވަތަ އަދަބީގޮތުން ހަމަހަމަ އެހެން ލިޔުމެއް ނުވެއެވެ.

މީގެ އިތުރުން ގިނަ މީހުން ގަބޫލުކުރާގޮތުގައި ފާރިސީ ބަސް ފިރުދޯސީގެ ޒަމާނުންސުރެ އަދާ ހަމައަށް ގެނެސްދިން ސަވާރީއަކީ ޝާހްނާމާ އެވެ. ފާރިސީންގެ ސަގާފަތާއި، ބަހުގެ އުސޫލުތަކުގެ ހަމަ ހިފެހެއްޓިފައިވަނީ މި ފޮތުގެ ސަބަބުންނެވެ. އަދި މިޒަމާނުގެ ފާރިސީ ބަހުގެ އެންމެ ވަރުގަދަ ތަނބަކީ ޝާހްނާމައެވެ. ފާރިސީންގެ ކޮންމެ ލިޔުންތެރިއެއް އަދި ޅެންވެރިއެއް އެމީހުންގެ އަދަބި މަސައްކަތް ބައްޓަން ކުރުމަށް މައިދިރީއެއް ކަމުގައި އަދިވެސް ބަލަނީ ޝާހްނާމާއެވެ. އެމީހުން އެފޮތް މުތާލިއާ ކުރަކަމުގެ ނިޝާން އެމީހުންގެ ލިޔުންތަކުން ހާމަވެއެވެ.