Jump to content

ރާދަވަޅި

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ރާދަވަޅިއަކީ ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚް ލިޔަމުން ގޮސްފައިވާ އިހުގެ ފޮތްތަކަށް ކިޔާ ނަމެކެވެ. މި ފޮތުގައި ރަސްކަލުންގެ ނަންފުޅުތަކާއި، ކޮލީނަންފުޅުތަކާއި، ރަސްކަލުންގެ ނަސަބު ލިޔެފައި ހުރެއެވެ. އަދި ރަސްކަމަށް އިސްވެވަޑައިގަތް އަހަރާއި، ރަސްކަމުން ވަކިވެވަޑައިގަތް އަހަރު ނުވަތަ އަވަހާރަވީ އަހަރު ލިޔެފައި ވެއެވެ.

ފެންނަން ހުރި ރާދަވަޅި ލިޔެފައި ވަނީ ތާނަ އަކުރުންނެވެ. ނަމަވެސް ރާދަވަޅި ދިވެސްއަކުރުން ވެސް ލިޔެފައި ވާކަމަށް ތާރީހީ އިލްމުވެރިން ލިޔުއްވައެވެ.[1] ކޮންމެ ރާދަވަޅިއެއް ވެސް ލިޔެފައި ވަނީ އޭގެ ކުރީގެ ރާދަވަޅީގައި ވާ ލިޔުން ނަކަލު ކޮށް، އޭގެ ފަހުގެ ތާރީހުތައް ހިމަނައިގެންނެވެ.[1]

ބައެއް ރާދަވަޅިތައް ވަނީ އިންޑިޔާއިން ރާއްޖެއާ ހަނގުރާމަ ކުރަން އައި ހޮޅީން އެއް ފަހަރަކު ގަނޑުވަރު އަންދާލި ހާދިސާއެއްގައި އަނދައިގެން ގޮސްފައެވެ. އެއް ފޮތް އޮޅުދޫކަރައިގެ އަރުޝީފުގައިވާ ކަމަށް ބުނެއެވެ. އަދި ރާއްޖޭގައި ޗާޕުކޮށްގެން އެއް ފޮތް ގެންގުޅެއެވެ.[2]

ރާދަވަޅިއަކީ ވަރަށް ކުރީގެ ޒަމާންވީ ލިޔުންތަކެކެވެ. މިހެންކަމުން އެ ފޮތް ލިޔެވިފައިވާ ތަނަ އަކުރުގެ ބައްޓަން މިހާރު އަހަރެމެން މި ލިޔާ ތާނާ އަކުރާ ތަފާތެވެ. މީގެ އިތުރުން ރާދަވަޅީގައި ތާރީހުތައް ލިޔުމަށާއި، އަދަދު ބަޔާންކުރުމަށް ބޭނުންކޮށްފައި ހުރީ އެޒަމާނުގައި ދިވެހިން ބޭނުން ކުރި ވިޔަ އަކުރުތަކެވެ. އެއީ މ، ފ، ދ، ތ، ލ، ގ، ޏ، ސ، ޑ، 0 މި އަކުރުތަކެވެ.

  1. 1.0 1.1 http://saruna.mnu.edu.mv/jspui/bitstream/123456789/688/1/251_pt2-10112017090221.pdf
  2. http://www.hassanhameed.com/?page_id=6693