ޝަގާދު
ޝަގާދު (ފާރިސީ: شغاد) އަކީ އީރާނުގެ މަޝްހޫރު ޝާހުނާމާގެ ގަދަފަދަ ބަތަލް ރުސްތުމްގެ އެއްބަފާ ކޮއްކޮ އެވެ. އަދި މަކަރުވެރި ރޭވުމަކުން އަނދަވަޅަކަށް ވައްޓާލައި ރުސްތުމް މަރާލީ މި ޝަގާދެވެ.
ހިޔާނާތްތެރި ރޭވުން
[އުނިއިތުރު ގެންނަވާ]ރުސްތުމްގެ މަތިވެރިކަމަށް ޝަގާދު އަބަދުމެ ހަސަދަވެރި ވެއެވެ. އަދި މި ހަސަދައިގެ ތެރޭން ހުޅުފެޅި ދެކޮޅުވެރި ރޭވުން ތަންފީޒުކުރާނެ ފުރުސަތެއް ޒަމާންތަކެއް ފަހުން މީނާއަށް ލިބުނެވެ. ކާބުލިސްތާންގެ (މިހާރު ކާބުލް ހިމެނޭ ސަރަހައްދު) ރަސްގެފާނާއި ދެމީހުން ރުސްތުމާ ދެކޮޅަށް ހިޔާނާތްތެރި ރޭވުމެއް ރޭވިއެވެ. އެ ރޭވުމަކީ، ރުސްތުމާއި އޭނާގެ އަސް ރަޚުޝް ދަތުރުކުރާ މަގުގައި ފުން ވަޅެއް ކޮނެ، ވަޅުގެ ފުލުގައި ވިހަލީ ކަނޑިތަކެއް ބެހެއްޓުމެވެ. އަދި ރުސްތުމާއި ރަޚުޝް މި ވަޅުގަނޑަށް ވެއްޓުނެވެ. ރުސްތުމް މަރަށް ހާޒިރުވެފައި އޮވެމެ، ބަދަލު ހިފުމަށް ނިންމިއެވެ. އަދި ތީރަކާއި ދުނިދަނޑި ދިނުމަށް ޝަގާދު ކިބައިން އެދުނެވެ. ބޭބެގެ އެންމެ ފަހުގެ އެދުން ފުއްދައިދިނުމަށް އެއްބަސްވެ، ޝަގާދު ދުނިދަނޑިއާއި ތީރު ރުސްތުމަށް ފޯރުވާލިއެވެ. އަދި އެއާ އެކު ފިލަން ދުއްވައިގަތެވެ. ނަމަވެސް ކުޅަދާނަ ރުސްތުމް ރުވާފައި ދޫކޮށްލި ތީރު ފަލަގަހެއް ފޫއަޅުވާފައި ގޮސް ޝަގާދުގެ ހަށިގަނޑު ތޮރުފާލިއެވެ. އެއާއެކު ރުސްތުމް މަރުވެއްޖެ އެވެ.
އެހެން ވާހަކައެއްގައި ބުނެފައިވަނީ ރުސްތުމް މަރުވީ ގާދިސިއްޔާ ހަނގުރާމައިގައި 636މ ގައި ކަމުގައެވެ.