ޝަރުމީލާ ޓޭގަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ޝަރުމީލާ ޓޭގަރު (އުފަންވެފައިވަނީ ޑިސެމްބަރު 8، 1946 ) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. އޭނާވަނީ ވަރަށް ގިނަ ގައުމީ ފިލްމް އަދި ފިލްމް ފެއަރ އެވޯޑްތައް ހާޞިލްކޮށްފައެވެ. އިންޑިޔާގެ ފިލްމް ސެންސަރު ބޯޑްގެ ވެރިއެއްގެ ގޮތުން ޝަރުމީލާ ޓޭގަރު މަސައްކަތްކޮށްފައި ވެއެވެ. އަދި ޑިސެމްބަރު 2005 ގައި ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ގެ މަގާމް ދެވިފައި ވެއެވެ. ޝަރުމީލާ ޓޭގަރު އުފަންވެފައިވަނީ އިންޑިޔާގެ އަންދުރަ ޕްރަދޭޝްގެ ހައިދަރުއާބާދުގެ ބަންގާޅީ އާއިލާ އަކަށެވެ. ބައްޕައަކީ އޭރު ބްރިޓިޝް އިންޑިޔާ ކުންފުންޏެއްގެ ޖެނެރަލް މެނޭޖަރެއްގެ މަގާމްގައި ހުރި ޖިޓިންދުރަނަތު އެވެ. ފަހުން އުފެދުނު އެލްގިން މިލްސް ގެ ވެރިޔަކީ ޖިޓިންދުރަނަތު އެވެ. ޝަރުމީލާ ޓޭގަރު ގެ ފިރިމީހާ އަކީ މަންޞޫރު ޢަލީ ޚާން ޕަޓޯޑީ އެވެ. އެދެމަފިރިންނަށް 3 ކުދިން ލިބިފައި ވެއެވެ. އެއީ ފިލްމީ ތަރި ސައިފް ޢަލީ ޚާން، ފިލްމީ ތަރި ސޮހާ ޢަލީ ޚާން، އަދި ސަބާ ޢަލީ ޚާން އެވެ. ޝަރުމީލާ ޓޭގަރު ގެ ފިލްމީ ޙަޔާތް ފެށިފައިވަނީ އޭނާގެ ފުރަތަމަ ފިލްމް ޑައިރެކްޓަރ ސަތުޔަޖިތުރޭ ގެ ފިލްމް އަޕޫރު ސަންސާރު އިންނެވެ. އެއީ1959 ވަނަ އަހަރު އެވެ.