ޗިޅިޔާ މޫސާ މަނިކު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޗިޅިޔާ މޫސާމަނިކު އަކީ ދިވެހި ފިލްމީ ތަރިއެކެވެ،. އޭނާވަނީ ދިވެހި އެތައް ފިލްމެއް ކުޅެފައެވެ.

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

ދިވެހި ފިލްމީ ދާއިރާއިން ފުރަތަމަ ޗިޅިޔާ މޫސާމަނިކު ފެނިގެންދިޔައީ 1981 ވަނަ އަހަރު ދިވެހި ޓީވީ އިން ތައްޔާރުކުރި މުޙައްމަދު ތަކުރުގެފާނު - ޣާޒީ ބަންޑާރައިން މިފިލްމުންނެވެ. އޭގެ ފަހުން މިއަދާއި ހަމައަށް (2009) 50 އަށްވުރެ ގިނަ ދިވެހި ފިލްމާއި، 30 އަށްވުރެ ގިނަ ޑްރާމާ، ޓީވީ ސިލްސިލާ ތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ.

  • މުހައްމަދު ތަކުރުފާނު -ޣާޒީ ބަންޑާރައިން - 1983
  • މަޖުބޫރު ލޯބި
  • ލޯބީގަ އަނިޔާ
  • ޔަތީމް
  • ބަދަލު
  • ސިޓީ
  • ހަނގު އަނބި
  • ޒަޚަމް

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • 1983 - ތަމްސީލާ ޑްރާމާކުޅުމުގެ ރޮނގުން - އާންމު ޚިދުމަތުގެ އިނާމް - ދިވެހި ސަރުކާރު
  • 1995 - އެންމެ މޮޅު ވާހަކަ - ޒަޚަމް - އާފަތިސް އެވޯޑް
  • 1995 - އެންމެ މޮޅު ޑައިލޮގް - ޒަޚަމް - އާފަތިސް އެވޯޑް
  • 1996 - އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ - ހަނގުއަނބި - އާފަތިސް އެވޯޑް
  • 2008 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - ގާނިއަރ މިއަދު ކްރިސްޓަލް އެވޯޑް
  • 2009 - ގައުމީ ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް - މުނިފޫހި ފިލުވުމުގެ ދާއިރާއިން - ދިވެހި ސަރުކާރު