ޖޯސްޓް ގިޕަރޓް
![](http://upload.wikimedia.org/wikipedia/commons/thumb/0/02/Gippert.jpg/220px-Gippert.jpg)
12 މާޗް 1956 ގައި ޖަރުމަނުވިލާތުގެ ވިންޒް-ނީޑަވެނިގަން އަށް އުފަންވެ ވަޑައިގެންނެވި ޖޯސްޓް ގިޕަރޓް (އަލްމާނީބަހަކީ: Jost Gippert) އަކީ ކުޅަދާނަ ބަހުގެ އަދީބެކެވެ. މުޖުތަމަޢުގެ އާދަކާދަތަކާއި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި މޮޅަށް އުގެނި އެރޮގުން ކުރިހޯދާފައިވާ ސައިންސްވެރިއެކެވެ. ލިއުންތެރިއެކެވެ. ފްރެންކްފާރޓްގައި ހުންނަ މަޝްހޫރު ގޮއިތް ޔުނިވަރސިޓީ ގައި ތަފާތު ބަހުރުވައިގެ ތާރީޚުގެ ތެރެއިން އެއްބަހުރުވަ އަނެއްބަހުރުވަޔާއި ހުރި ތަފާތާއި އެއްގޮތްކަން އުގަންނަވާދެއްވާ އުސްތާޒެކެވެ.[1]
ދިރިއުޅުން
[އުނިއިތުރު ގެންނަވާ]![](http://upload.wikimedia.org/wikipedia/commons/thumb/f/fa/%E1%83%98%E1%83%9D%E1%83%A1%E1%83%A2%E1%83%98.jpg/220px-%E1%83%98%E1%83%9D%E1%83%A1%E1%83%A2%E1%83%98.jpg)
ޖަރުމަނުވިލާތުގެ އެސެން ގައި ހުންނަ ލީބްނިޒް-ޖިމްނޭޒިއަމުން ފުރަތަމަ ކިޔަވާވިދާޅުވެ 1972 ގައި ދަސްވެނި ނިންމިއެވެ. 1972 އިން 1977 އަށް ޔުނިވަރސިޓީ އޮފް ބާރލިން އާއި ޔުނިވަރސިޓީ އޮފް މާރުބާރގް އިން ތަފާތު ބަހުރުވައިގެ ތާރީޚާއި ދޭދޭބަސްބަހުގެ ތިމާގެކަން ހުރި މިންވަރު އުނގެނުމުގެ ޢިލްމާއި، އިންޑިއާ ބައްރުގެ ސަގާފަތާއި އަދަބީއްޔާތާއި ތާރީޚާއި މޮށެއުޅޭބަސްތައް އުނގެނުމުގެ ރޮނގުންނާއި، ޖަޕާނުގެ ސަޤާފަތާއި އާދަކާދައާއި ބަހާއި، ޗައިނާގެ ސަޤާފަތާއި އާދަކާދައާއި ބަސް ކިޔާވާވިދާޅުވިއެވެ.[2] ޔޫރަޕާއި ދެކުނުއޭޝިއާގެ ގައުމުތަކުގައި މޮށެއުޅޭ ބަސްބަހުގެ ޖުމުލަތަކުގައި ބަސްތައް އެމުނި ގެތިފައި ހުންނަގޮތާއި ބަހުގެ ޤަވާއިދުގައި ކަންކަން ދޭހަވާ މައިގަނޑު ލަފްޒުތަކުގެ މަޢްލޫމާތުގެ ފަންނުން 1977 ގައި ޕީ.އެޗް.ޑީ ޙާޟިލުކުރެއްވިއެވެ. ދިރާސާކުރާމީހެއްގެ ގޮތުގައި 1977 އިން 1990 އަށް މަސައްކަތް ކުރެއްވިދުވަސްވަރު ސަލްސްބާރގް ޔުނިވަރސިޓީއާއި ވިއެނާ ޔުނިވަރސިޓީ އާއި ބާރލިން ޔުނިވަރސިޓީ ގައި މުދައްރިސުކަންވެސް ކުރެއްވިއެވެ. ކޮމްޕިއުޓަރުގެ އެހީގައި އިރުމަތީ ގައުމުތަކުގެ މާދަރީބަހުރުވައިގެ ދިރާސާކުރާ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރު އާމީނިއާ ބަހަށާއި ޖޯޖިއާ ބަހަށް އީރާނުބަހުން ނަގާފައިވާ ލަފުޒުތަކުގެމައްޗަށް ލިއުއްވި އިލްމީ ދިރާސާ ކަރުދާހެއްގެ މޮޅުކަމުން ޔުނިވަރސިޓީތަކުގައި ކިޔަވާދިނުމުގެ ފެންވަރުހުރިކަމަށްދެކިޤަބޫލުކުރާކަމަށް ބޭމްބާރގް ޔުނިވަރސިޓީއިން 1991 ގައި ކަނޑައެޅިއެވެ.
ގިޕަރޓް 2007 ވަނައަހަރުންފެށިގެން ބާރލިން-ބްރެންޑެންބާރގް އެކެޑެމީގެ މާދަރީބަސް ބަހުގެ ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވައެވެ. އަދި އޭނާއަކީ 1996 ވަނައަހަރުން ފެށިގެން ޖޯޖިއާގެ ގެލާޓީ ސައެންސް އެކަޑެމީގެ މެމްބަރެއްވެސް މެއެވެ. ހަމައެފަދައިން 1994 ވަނައަހަރުން ފެށިގެން ގިޕަރޓް ގެންދަވަނީ ފްރެންކްފަރޓްގައި ހުންނަ ގޮއިތް ޔުނިވަރސިޓީގައި ދޭދޭބަސްތަކުގެ މެދުގައި ހުންނަ އެއްގޮތްކަމާއި ތަފާތު އުގެނުމުގެ ރޮގުން ކިޔަވާދެއްވަމުންނެވެ.
ޖޯޖިއާގެ ތިބިލީޒީ ގައި ހުންނަ ސުލްހަން ސަބާ އޮރުބެލިއާނީ ޔުނިވަރސިޓީ އިން 1997 ގައި ޝަރަފުވެރި އުސްތާޒުކަން އެރުވިއެވެ. އަދި 2009 ވަނައަހަރު ހަމަ ތިބިލީޒީ ގައި ހުންނަ އިވާން ޖަވަޚިޝްވިލީ ޔުނިވަރސިޓީ އިން ޝަރަފުވެރި ޑަކްޓަރެއްގެ ސަނަދު ލިބިވަޑައިގެންނެވިއެވެ. 2013 ވަނަ އަހަރު ޖޯޖިއާގެ ބަތޫމީ ގައި ހުންނަ ޝޮޓާ ރުސްތަވެލި ޔުނިވަރސިޓީ އިންވެސް އޭނާއަށް ޝަރަފުވެރި ޑަކްޓަރެއްގެ ސަނަދު އެރުވިއެވެ.
ގިޕަރޓް ބަހުގެ ޕްރޮފެސަރަކަށްވެ ވަޑައިގަތީއްސުރެން އޭނާގެ ދިރާސާތަކުގެ އަމާޒަކީ ދެކުނު އޭޝިއާއާއި ޔޫރަޕްގެ މާދަރީބަސްތަކުގެ ތާރިޚާއި، ވަކިވަކި ލަފުޒުތަކުގެ އަޞްލާއި، ޚާއްޞަކޮށް ކޯކަސަސްގެ ގައުމުތައްކަމައްވާ ޖޯޖިއާ އާއި އަޒަރުބައިޖާން އާއި އާމީނިއާ ގެ މާދަރީ ބަސްތައް ދިރާސާކުރުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކޯކަސަސްގެ ބަސްތަކާއި ގުޅޭ ކޮންމެ ބައިނަލްއަގްވާމީ މަޝްރޫއެއްވެސް ކުރިޔަށްދިޔައީ އޭނާގެ ބެލުމުގެ ދަށުންނެވެ.
އަދި، މީގެ އިތުރުން ގަދީމީ ދިވެހިބަހުގެ ވަރަށް ފުރިހަމަ ދިރާސާއެއްވެސް ޖޯސްޓް ގިޕަޓް ހެއްދެވިއެވެ. އެ ދިރާސާގައި ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚަށް ފުންކޮށް ކަޅި ހިންގަވާފައިވެއެވެ.
![](http://upload.wikimedia.org/wikipedia/commons/thumb/a/a4/Jost_Gippert.jpg/220px-Jost_Gippert.jpg)
Selected publications
[އުނިއިތުރު ގެންނަވާ]- The syntax of infinitival formations in the Indo-European languages :1977
- 1990: A study of Iranian loan words in Armenian and Georgian
- 2007: The Old Georgian Palimpsest Codex Vindobonensis georgicus 2
- 2008: The Caucasian Albanian Palimpsests of Mount Sinai
- 2010: The Caucasian Albanian Palimpsests of Mount Sinai. Vol. III: The Armenian Layer.
ރެފަރެންސް
[އުނިއިތުރު ގެންނަވާ]އިތުރު ފާލަންތައް
[އުނިއިތުރު ގެންނަވާ]![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/50px-Commons-logo.svg.png)