Jump to content

ޔޫނުސުގެފާނު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ ޔޫނުސު ޢަލައިހިއްސަލާމް އިން)

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

  ތައުހީދް
މުޙައްމަދުގެފާނު  ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް  ނަމާދު
ރޯދަ  ޒަކާތް  ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން  ސުންނަތް  ޙަދީޘް
ފިޤުހު  ޝަރީޢާ  ކަލާމް  ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން  ހައިވާނުން  ފަންނުވެރިކަން
ކަލަންޑަރު  ކުޑަކުދިން
ޤައުމުތައް  ޢީދު
މިސްކިތް  ފަލްސަފާ
ޢުލޫމް  އަންހެނުން
ސިޔާސަތު  ދަޢުވާ

އިސްލާމި ނެރު
 v  d  e 

ޔޫނުސުގެފާނަކީ ﷲ ގެ ރަސޫލެކެވެ. ޔޫނުސް ޢަލައިހިއްސަލާމް ރަސޫލުކަމާއިގެން ފޮނުއްވުނީ ނައިނަވާގެ އަހުލުވެރީންގެ ގާތަށެވެ. އެކަލޭގެފާނު ﷲގެ މަގަށް އެބައިމީހުންނަށް ދަޢުވަތުދެއްވަން ފެށްޓެވުމާއިއެކު، އެކަލޭގެފާނުގެ ރިސާލަތާއި އެބައިމީހުން ދެކޮޅުވެރިވެގެންފޫއެވެ. މި ދެކޮޅުވެރިކަމުގައި އެބައިމީހުން ދެމިތިބެ، ޤައުމުގެ މީހުންކުރެ ހަމަ އެކަކުވެސް އެކަލޭގެފާނާއި ތަބާވިޔަ ނުދިނުމަށް ގަދައަޅައިފޫއެވެ. ޔޫނުސްގެފާނު އެކަލޭގެފާނަށް ﷲ އަމުރުކުރައްވާފައިވާމަގުން، ކެތްތެރިކަމާއިއެކު މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއެވެ.


މިގޮތުގައި އެތައް ދުވަހެއް ދިގުލައިދިއުމަށްފަހު، ﷲގެ ޢަޒާބު ޤައުމުގެ މީހުންގެމައްޗަށް އަތުވެދާނެކަމުގެ އިންޒާރު ޔޫނުސްގެފާނު ދެއްވައިފިއެވެ. މިފަދަ އިންޒާރާއިއެކުވެސް، އެބައިމީހުންގެ ހިތްތައް ބިރުވެތިވިކަމަށް ފެނިވަޑައިނުގަތުމުން، އެކަމާ އިންތިހާއަށް ދެރަފުޅުވެ، ހިތްޕުޅު ހަމަޖެހިވަޑައިނުގެން، އެކަލޭގެފާނު އެ އިންޒާރުކުރެއްވި ޢަޒާބު 3 ދުވަހުގެ ތެރޭގައި އެބައިމީހުންގެމައްޗަށް އަންނާނޭކަމުގައި ވިދާޅުވެ، ޤައުމު ދޫކުރައްވާ ނުކުމެވަޑައިގެންފިއެވެ.


ޔޫނުސްގެފާނު ޤައުމު ދޫކުރައްވާ ނުކުމެވަޑައިގަތީ، ޤައުމު ދޫކޮށްލެއްވުމަށް ސީދާސީދާ ﷲގެ އަމުރުފުޅު އައުމުގެ ކުރީންނެވެ. އެކަލޭގެފާނު އެއްގަމުގެމަގުން ދަތުުކުރައްވަމުން ވަޑައިގެން ކަނޑުގެ އައްސޭރިފަށަށް ނުކުންނަވާ، ނަވަކަށް އަރާވަޑައިގަތެވެ. ނަވުގައި ފެށްޓެވި ދަތުރުފުޅުވީ އެހާ ނިޔާމަ ދަތުރުފުޅަކަށްނޫނެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ކަނޑުގެ ތެރެއަށް ނައު ޣަރަޤުވެގެން ހިނގައިދާނެކަމުގެ ބިރު، އެނަވުގެ އަހުލުވެރީންގެ ހިތުގައި ހިނގައިގަތްހިނދު، ނައު ލުއިކުރުމަށްޓަކައި، ނަވުން ބަޔެއް މީހުން ބޭލުމަށް ޤަސްދުކޮށްފޫއެވެ.


ނަވުގައި ތިބި އެންމެން އެއްބަސްވީ ގުރުއަތުލައިގެން، ގުރުއަތުން ދިމާވާމީހަކު ކަނޑަށް އެއްލާލާގޮތަށެވެ. ދެންފަހެ، ފުރަތަމަ ލީ ޤުރުޢަތު ޔޫނުސްގެފާނުގެމައްޗަށް ނުކުމެއްޖެއެވެ. އެނޫން ގޮތެއްވޭތޯ، ތިންފަހަރަށް ގުރުއަތުލައިގެންވެސް، ކަނޑަށް އެއްލާލުމަށް ގުރުއަތުން ދެއްކީ، ޔޫނުސްގެފާނެވެ.


ޔޫނުސްގެފާނު ކަނޑަށް އެއްލާލެވިއްޖެއެވެ. އެއާއިއެކު، އެކަލޭގެފާނުގެ ގައިކޮޅުގައި ދަތްއެޅުމެއް، އަނިޔާއެއްވުމެއްނެތި، ބިޔަސިންގާ މަހެއްގެ އަނގައިގެތެރެއިން، އޭގެ ގޮހޮރާއި ހަމައަށް އެކަލޭގެފާނު ވާޞިލުވެއްޖެއެވެ. ރޭގަނޑުގެ އަނދިރިކަމުގައި، ކަޅުކުރެއްވި ކަނޑުގެ ފުންކަމުގެ ތެރޭގައި، ބިޔަސިންގާ މަހެއްގެ ބަނޑުތެރޭގައި، ސަލާމަތްވެވަޑައިގަންނަވާނޭކަމުގެ އެއްވެސް އުއްމީދެއް ނެތް ޙާލަތުގައިވެސް، ﷲގެ ރަޙްމަތުން އުއްމީދުކަނޑުއްވާލެއްވުމެއްނެތި، ތަކްބީރު ތަޙްލީލް އެކަލޭގެފާނު ދަންނަވަމުންދިޔައެވެ. ޚުޝޫޢަތްތެރިކަމާއިއެކު، ﷲގެ ޙަޟްރަތަށް އިބްތިހާލުވެވަޑައިގެން، ފާފަ ފުއްސަވައިދެއްވުމަށް ދަންނަވަމުންދިޔައެވެ.


އެކަލޭގެފާނުގެ ޙާލަތު ﷲ މޮޅަށް ބައްލަވާވޮޑިގެންވިއެވެ. މަހުގެ ބަނޑުގައި، އަނދިރީގެމައްޗަށް ހުރި އަނދިރިކަމާއި ބިރުވެރިކަމުގައި އެކަލޭގެފާނު ހޭދަކުރެއްވި މުއްދަތާއިމެދު ޢިލްމުވެރީންގެ މެދުގައި ބޮޑެތި ޚިލާފުތަކެއް އެބަހުއްޓެވެ. އެއީ، އެއްދުވަސްކަމުގައި، 3 ދުވަސްކަމުގައި، 7 ދުވަސްކަމުގައި، 40 ދުވަސްކަމުގައިވެސް ޢިލްމުވެރީން ވިދާޅުވެއެވެ. ދެންފަހެ ﷲ ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމާއިއެކު، ހިކިފަސްތަނަކަށް މަސް ބީއްސާލާ، އޭގެ ގޮހުރުގެތެރެއިން އެކަލޭގެފާނަށް ނުކުމެވަޑައިގެންނެވޭނެގޮތް ﷲ މެދުވެރިކުރައްވައިފިއެވެ. އަދި އެކަލޭގެފާނަށްޓަކައި، ބަރަބޮލުގެ ޢާއިލާގެ ބާވަތަކުން، ފަރީއްކޮޅު ލިބިވަޑައިގަންނަވާނެގޮތް މެދުވެރިކުރައްވާ، ﷲގެ ނިޢްމަތްތައް އެކަލޭގެފާނަށް އިތުރުކޮށްދެއްވައިފިއެވެ.


ޔޫނުސްގެފާނު އިންޒާރުދެއްވިފަދައިން، ޤައުމުގެ މީހުންނާ ﷲގެ ޢަޛާބުކުރިމަތިވެގެންއައެވެ. އެހިނދު ޔޫނުސްގެފާނު ޤައުމުދޫކުރައްވާ ވަޑައިގެން ވީ ނަމަވެސް، އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަން މީސްތަކުންގެ ހިތްތަކަށްވަދެ، ﷲއަށް އީމާންވުމުގެ މަގު ޤައުމުގެ އެންމެން ޚިޔާރުކޮށްފިއެވެ. އަދި ކުށްފާފަތަކަށް ތައުބާވެ، ކަރުނައަޅާ ޙާލުގައިތިބެ، ﷲގެ ޢަޛާބުން ސަލާމަތްކޮށްދެއްވުން އެދި ދަންނަވައިފިއެވެ.


ﷲގެ ޢަޛާބު ކުރިމަތިވެގެން އައުމަށްފަހު، އީމާންވުމުގެ ސަބަބުން، އެ ޢަޛާބުން ނަޖާކުރެއްވި ހަމައެކަނި ޤައުމަކީ ޔޫނުސްގެފާނުގެ ޤައުމެވެ. ޔޫނުސްގެފާނުގެ މާތްކަމުގެމައްޗަށް އެތައް އެތައް ޙަދީސެއް ރިވާވެގެންވެއެވެ.

Lua error in މޮޑިއުލް:Navbox at line 15: table index is nil.