ސުލްޠާން ޙަސަން (ދިހަވަނަ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން ޙަސަން (ދިހަވަނަ) އަކީ މީލާދީން 1701 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1113 ވަނަ އަހަރު އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1113 ވަނަ އަހަރުއެވެ.

ސުލްޠާން ޙަސަން (ދިހަވަނަ) އަކީ ސުލްޠާން ޢަލީ (ހަތްވަނަ)ގެ ދަރިކަލެކެވެ. ރަސްކަމަށް އިސްވެ ވަޑައިގެންނެވިއިރު އޭނާގެ އުމުރުފުޅުން އޮތީ 13 ނުވަތަ 14 އަހަރު ފުޅަށެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ރަސްކަމުގެ ކަންތައްތައް ހިންގަން ހަވާލުކުރެއްވީ އޭނާގެ ދެބެންދެދަރި އިބްރާހީމް ޝާހް ބަންދަރު އެވެ.

ސުލްޠާން ޙަސަން (ދިހަވަނަ) ރަސްކަމަށް އިސްވެވަޑައިގަތްތާ ދުވަސްކޮޅެއްވީތަނާ އިބްރާހީމް ޝާހް ބަންދަރު އާއި، ތަކަންދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުންގެ ޙަސަން ހަކުރާ ތަކުރުފާނާއި، މާލޭ ޢަބުދުލް ޙަކީމް އާއި 3 ކަލުން، އެއްބަސް ވެފައި ސުލްޠާން ޙަސަން (ދިހަވަނަ) ރަސްކަމުން ދުރުކޮށްލައިފި އެވެ.

ދެންރަސްކަމަށް އިސްވެ ވަޑައިގަތީ އިބްރާހީމް ޝާހް ބަންދަރު، އެވެ. އެއީ ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ގެ ނަންފުޅުގައެވެ. އޭނާ ރަސްކަމަށް އިސްވުމަށްފަހު ރަސްކަމުން ދުރުކުރެވުނު ސުލްޠާން ޙަސަން (ދިހަވަނަ) ގެ މައްޗަށް އޯގާތެރިކޮށް ހިއްތެވިކަމަށް ބުނެވެއެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
ސުލްޠާން ޢަލީ (ހަތްވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު