ސުލްޠާން މުތެއި ކަލަމިންޖާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން މުތެއި ކަލަމިންޖާ އަކީ މީލާދީން 1165 ން 1185 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 561 ން 580 އަށެވެ. ސުލްޠާން މުތެއި ކަލަމިންޖާ ރަސްކަމަށް އިސްވެވަޑައިގަތީ ދަރުމަވަންތަ ރަސްގެފާނު ނުވަތަ ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ(އައްސުލްޠާން މުޙައްމަދު އަލްއައްވަލް) ޙައްޖު ދަތުރުފުޅަށް ފުރާވަޑައިގަތުމުންނެވެ. ކޮލީ ނަންފުޅަކީ ސިރީ ބަވަނަ އަބާރަނަ މަހާރަދުންނެވެ. މި ރަދުންގެ ބައްޕާފުޅުގެ ނަމެއް ތާރީޚަކުން އެނގޭކަށެއްނެތެވެ. މައިކަނބަލަކީ ދަރުމަވަންތަ ރަސްގެފާނުގެ މައިފުށުގެ ބޮޑު ދައިތާފުޅު މުލީމާވާކިލެގެ އެވެ.

ސުލްޠާން މުތެއި ކަލަމިންޖާ ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 561 ވަނަ އަހަރު އެވެ. މި ރަދުން 19 އަހަރުވާންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 580ހ ވަނަ އަހަރު އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ބާރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢަލީ ކަލަމިންޖާ