ސުލްޠާނާ ރާދަފަތިކިލެގެ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާނާ ރާދަފަތިކިލެގެ އަކީ މީލާދީން 1379 ން 1381 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަނިންނެވެ. މިރަނިން ރަނިކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 782 ވަނަ އަހަރު އެވެ. މިރަނިންގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާނާ ފާތިމަތު ރާދަފަތި ކަނބައިދި، ކިލެގެ، ސިރީ ސުވަމަ އަބާރަނަ މަހާ ރެހެންދި އެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

ސުލްޠާނާ ރާދަފަތިކިލެގެ އަކީ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު ރަދުންގެ ދެވަނަ ދަރިކަނބަލުންނެވެ. ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ އާއި އެއްބައްޕާފުޅު ބޭފުޅެއް މެއެވެ. ސުލްޠާނާ ރާދަފަތިކިލެގެ ފިރިކަލުންނަކީ ކުރަދު ދަންނަ މުޙައްމަދު ތަކުރުފާނު އެވެ.

ސުލްޠާނާ ރާދަފަތިކިލެގެ ރަނިކަން ކުރައްވާތާ 4 މަސް ވީތަނާ އެކަމަނާ ރަސްކަމުގެ ތަޚްތުން ދުރުވެވަޑައިގަންނަވާން ޖެހިއްޖެއެވެ. މިކަން ހިނގީ ވެސް ހިޖުރައިން 782 ވަނަ އަހަރުގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު އަލްމާކުރަތީ