Jump to content

ސިގްމޮއިޑް ގޮހޮރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ސިގްމޮއިޑް ގޮހޮރު
1: Ascending colon
2: Transverse colon
3: Descending colon
4: Sigmoid colon
5: Rectum
Front of abdomen, showing surface markings for liver, stomach, and great intestine.
Latin colon sigmoideum
Gray's subject #249 1182
Artery sigmoid arteries
Nerve superior mesenteric ganglia, sacral nerve [1]
Precursor hindgut
Dorlands/Elsevier c_47/12249909


ސިގްމޮއިޑް ގޮހޮރު(އިނގިރޭސި ބަހުން: Sigmoid colon) އަކީ ފަލަ ގޮހޮރުގެ ބައެކެވެ. ނުވަތަ ފަލަ ގޮހޮރުގެ އެންމެ ފަހު ބައެވެ. ނުވަތަ ފަލަ ގޮހޮރުގައި ތިރިއަށްފައިބާ ފަލަ ގޮހޮރުގެ ނިމޭ ހިސާބުން ފެށިގެން ފުރަގަސް ފަރާތް އާއި ދެމެދުގައިވާ ބައެކެވެ. ސިގްމޮއިޑް ގޮހޮރު އިންނަނީ އިގިރޭސި އަކުރު އެސް(S) ގެ ބައްޓަމަށެވެ. ސިގްމޮއިޑް ގޮހޮރު ގެ ފާރުގައި މަޑު މަސްގެ ފަށަލައެއް ވެއެވެ. މިމަސް ފަށަލަ ކުރުގެޅި، ވާންވުމުން، ފަލަ ގޮހޮރުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ބޮޑުކަމުދާ ތަކެތި ފުރަގަސް ފަރާތް އަށް އެޅޭގޮތް ވެއެވެ.

ސިގްމޮއިޑް ގޮހޮރު ގެ ދިގުމިނުގައި ހުންނަނީ ގާތްގަނޑަކަށް 40 ސެންޓި މީޓަރު އެވެ. ސިގްމޮއިޑް ގޮހޮރު އިންނަނީ ޅިނދު(އިނގިރޭސި ބަހުން: Pelvis) ގެ ތެރޭގައެވެ. އިސާކް އެސިމޯވް ގެ ފޮތް އިންސާނާގެ ހަށިގަނޑު މިފޮތުގައި ވާގޮތުން ސިގްމޮއިޑް މިބަހުގެ މާނައަކީ އެސްއަކުރުގެ ބައްޓަމަން މިހެންނެވެ. ސިގްމޮއިޑް ގޮހޮރު އިންނަނީ ޕެރިޓޯނިއަމް(އިނގިރޭސި ބަހުން: Peritoneum) އިން ނިވާކުރެވިފައެވެ.

ސިގްމޮއިޑް ގޮހޮރުގެ ފުރަގަހުން އެކްސްޓަރނަލް އިލިއެކް ލޭހޮޅިތައް ގޮސްފައި ވެއެވެ. އަދި ވާތް ފަރާތު ޕައިރިފޯރމް މަސްގަނޑު، އަދި ސެކްރަލް ނާރު ބޮޑި ގޮސްފައިވެއެވެ. ސިގްމޮއިޑް ގޮހޮރު ކުރިމަތިން ހުންނަނީ ކުޑަ ގޮހޮރުގެ ކޮއިލް ތަކުގައި ޖެހިފައެވެ. ސިގްމޮއިޑް ގޮހޮރު އާއި، ފިރިހެނުންގެ ނަމަ މަސާނާ އާއި ވަކިކޮށްދޭ ހުރަަހަކީ މިބުނި ކޮއިލް ތަކެވެ. އަދި އަންހެނުންގެ ނަމަ ސިގްމޮއިޑް ގޮހޮރު އާއި، ރަހިމު ވަކިކޮށްދޭ ހުރަހަކީ ވެސް މިބުނި ކޮއިލް ތަކެވެ.

  1. ފަންވަތް:GeorgiaPhysiology