ސައޫދީ އަރަބިއްޔާ
Kingdom of Saudi Arabia المملكة العربية السعودية al-Mamlaka al-ʻArabiyya as-Suʻūdiyya | |
---|---|
ގައުމީ ސަލާމް: "Aash Al Maleek" "Long live the King" | |
ވެރިރަށް and largest city | Riyadh |
ރަސްމީ ބަސްތައް | Arabic |
ޑިމޮނިމް | Saudi, Saudi Arabian |
ސަރުކާރު | Islamic absolute monarchy |
• King | Abdullah bin Abdul Aziz |
Sultan bin Abdul Aziz | |
Nayef bin Abdul Aziz | |
ޤާނޫނު ހަދާ މަޖިލިސް | Consultative Assembly[2] (appointed by the king) |
• First Saudi State established | 1744 |
• Second Saudi State established | 1824 |
• Third Saudi State declared | January 8, 1926 |
• Recognized | May 20, 1927 |
• Kingdom Unified | September 23, 1932 |
ސަރަޙައްދު | |
• Total | 2,224,000 km2 (859,000 sq mi) (14th) |
• Water (%) | negligible |
އާބާދީ | |
• 2009 estimate | 28,686,633[3] (43rd) |
• Density | 12/km2 (31.1/sq mi) (205th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $592.886 billion[4] |
• ބޮލަކަށް ޖެހެނީ | $23,814[4] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $469.426 billion[4] |
• ބޮލަކަށް ޖެހެނީ | $18,855[4] |
އެޗްޑީއައި (2007) | 0.843[5] Error: Invalid HDI value (59th) |
ފައިސާ | Riyal (SAR) |
ޓައިމް ޒޯން | ޔޫޓީސީ+3 (AST) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+3 ((not observed)) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 966 |
އައިއެސްއޯ 3166 ކޯޑް | SA |
އިންޓަރނެޓް ޓީއެލްޑީ | .sa |
|
ކިންގްޑަމް އޮފް ސައުދީ އަރަބިޔާ ނުވަތަ އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާ އަކީ އެރޭބިޔަން ޕެނިންސޫލާގައި އޮތް އެންމެ ބޮޑު ޤައުމެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު 14 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ސަޢޫދީ ޢަރަބިއްޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން ސަޢޫދީ މީހުންނަށް ކިޔަނީ ސައުދީސް ނުވަތަ ސައުދީ އަރަބިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ރިޔާޒެވެ. ސަޢޫދީގެ ވެރިރަށަކީ ވެސް ރިޔާޒެވެ. ސަޢޫދީ ޢަރަބިއްޔާއަކީ އިސްލާމިކް އެބްޒޮލިއުޓް މޮނާކީއެކެވެ. ޤައުމުގެ އާބާދީއަކީ 25 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 46 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sa. އެވެ. ކޯލިން ކޯޑަކީ +966 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސައުދި އަރަބިޔަން ރިޔާލެވެ.
ނަން
[އުނިއިތުރު ގެންނަވާ]ސަޢޫދީ ޢަރަބިއްޔާގެ ނަން ނިސްބަތްވަނީ މުޙައްމަދު ބިން ސުޢޫދަށެވެ. އެއީ މީލާދީން 18 ވަނަ ޤަރުނުގައި އުޅުއްވި ވެރިއެކެވެ. ބައެއް ފަހަރު ސަޢޫދީ ޢަރަބިއްޔާއަށް “ދަ ލޭންޑް އޮފް ޓޫ ހޮލީ މޮސްކްސް” އޭ ވެސް ކިޔައެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގު އުތުރުގައި އޮތީ އުރުދުންއެވެ. އުތުރާއި އިރު އުތުރުގައި އޮތީ ޢިރާޤެވެ. އިރުމަތީގައި އޮތީ ކުވައިތާއި ޤަޠަރާއި ބަޙްރައިނާއި އެކުވެރި ޢަރަބި އިމާރާތެވެ. އިރުދެކުނުގައި އޮތީ ޢައްމާނެވެ. ދެކުނުގައި އޮތީ ޔަމަނެވެ. އިރުއުތުރުގައި އޮތް ކަނޑަކީ ޚަލީޖް ފާރިސެވެ. ހުޅަނގުގައި އޮތީ ރަތްކަނޑެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ސަޢޫދީ ޢަރަބިއްޔާ އޮތް ސަރަޙައްދަކީ ޤަދީމީ ތާރީޚެއް ލިބިފައިވާ ސަރަޙައްދެކެވެ. އެންމެ އިތުބާރު ހުރި ގޮތަކުން އެނގިފައިވާ ގޮތުގައި މި ބިމުގައި އެންމެ ފުރަތަމައަށް ދިރިއުޅެން ފެށި އިންސާނުންނާ ވެސް މިބިމާ ވަނީ ގުޅިފައެވެ. އިންސާނީ ނަޢުގެ ބައްޕަ އާއި މަންމަ ކަމުގައިވާ އާދަމުގެފާނާއި ޙައްވާގެފާނު މައްކާގެ ބިމުގައި ފައިންޕުޅު ބީއްސަވާފައިވާކަން ތާރީޚީ ފަތްފުށްތަކުން އެނގެއެވެ. އަދި މިއަދު މުސްލިމުންގެ ޤިބްލައެއް ކަމުގައި ހުރި ކަޢުބާ އެންމެ ފުރަތަމަ ބިނާ ކުރެއްވީ ވެސް އާދަމުގެފާނުކަމަށް ތާރީޚީީ ފަތްފުށްތަކުގައިވެއެވެ. މީލާދީން ހަތް ވަނަ ޤަރުނުގައި މުޙައްމަދުގެފާނުގެ ރިސާލަތު ފެށްޓެވި ބިމަކީ ވެސް މިއަދުގެ ސަޢޫދީ ޢަރަބިއްޔާގެ ބިމެވެ. އެހެން ނަމަވެސް މިއަދުގެ ސަޢޫދީ ޢަރަބިއްޔާގެ އަޞްލު ކަމުގައިވާ ސުޢޫދީ ދަރިކޮޅުގެ ވެރިކަން ފެށިފައިވަނީ 1744 ވަނަ އަހަރުގައެވެ. މި ދަރިކޮޅުގެ ފެށުމަކީ މުޙައްމަދު ބިން ސުޢޫދެވެ. އެއީ ރިޔާޒު ކައިރީގައި އޮންނަ ޓައުނެއް ކަމުގައިވާ އައްދަރްޢިއްޔާގެ ވެރިޔާއެވެ. މުޙައްމަދު ބިން ސުޢޫދުގެ ބައިވެރިން ދީނީ ޢިލްމުވެރިއެއް ކަމުގައިވާ އިމާމް މުޙައްމަދު ބިން ޢަބްދިލްވައްހާބްއާ ގުޅިގެން ސިޔާސީ ބާރެއް އުފެއްދިއެވެ. 18 ވަނަ ޤަރުނުގައި އުފަންވި މި އިއްތިޙާދަކީ މިހާރު ސަޢޫދީ ޢަރަބިއްޔާގައި ހިނގަމުން އަންނަ ވެރިކަމުގެ ވެސް ބިންގަލެވެ. އެންމެ ފުރަތަމަ ސަޢޫދީ ދައުލަތް ދެމިއޮތީ 1744 އިން 1818 އަށެވެ. ދެވަނަ ސަޢޫދީ ދައުލަތް ދެމިއޮތީ 1824 އިން 1891 އަށެވެ. ތިންވަނަ ސަޢޫދީ ދައުލަތް ޤާއިމުވީ 1900 ވަނަ އަހަރުގައެވެ. އެއަށް ފަހު މިއަދާ ހަމަޔަށް ވެސް މި އޮތީ އެ ދައުލަތެވެ. 3 މާރިޗު 1938 ގައި އެ ޤައުމުން ތެޔޮ ފެނުމާއެކު ސަޢުދީ ޢަރަބިއްޔާ މުޅީން ބަދަލުވެގެން ދިޔައެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]ސަޢޫދީ ޢަރަބިއްޔާގެ އަހުލުވެރީންގެ ތެރެއިން އެންމެން ވެސް ބެލެވިފައިވަނީ ޢަރަބީންގެ ގޮތުގައެވެ. އެހެން ނަމަވެސް ކުރީގައި އެ ބިމުގައި ވަޒަންވެރިވެފައިވާ ތުރުކީންނާއި ޙަބަޝީންނާއި ފާރިސީންގެ އަސަރުވެސް ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންގެ ތެރެއިން ފާހަގަކުރެވެއެވެ. ކުރީގައި މުސްލިމުންގެ ތެރެއިން އެތައް ބަޔަކު މި ބިމުގައި ވަޒަންވެރިވަމުން ދިޔަ ނަމަވެސް ޤައުމިއްޔަތުގެ ވަކިތަކުގެ ދަށުވެފައިވާ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި އެ ޤައުމުގެ ބިމަކީ ހަމައެކަނި އެ ޤައުމުގެ ސިޔާސީ ސަރަޙައްދުގައި މިހާރު ވަޒަންވެރިވެ ތިބި މީހުންގެ ޙައްޤެކެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ސަޢުދީ އަރަބިއްޔާގެ ސަގާފަތު ބައްޓަންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ އިސްލާމްދީނެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ޤަދީމީ ޢަރަބި އާދަތައް އަދިވެސް ގެންގުޅެވޭކަން ފާހަގަ ކުރެވެއެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ތެލުގެ މުއްސަނދިކަން ލިބިފައިވާ ސަޢުދީ އަރަބިއްޔާއަކީ އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 23814 ޑޮލަރެވެ.
- ↑ About Saufdi Arabia: Facts and figures, The Royal Embassy of Saudi Arabia, Washington D.C.
- ↑ http://en.wikipedia.org/wiki/Government_of_Saudi_Arabia#Legislation
- ↑ "Archive copy". Archived from the original on 1609277913. Retrieved 1260357654.
{{cite web}}
: Check date values in:|access-date=
and|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help)CS1 maint: archived copy as title (link) - ↑ 4.0 4.1 4.2 4.3 "Saudi Arabia". International Monetary Fund. Retrieved 2009-10-01.
- ↑ "Human Development Report 2009: Saudi Arabia". The United Nations. Retrieved 2009-10-18.