ލޭނާރު ފުއްޕުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލޭނާރު ފުއްޕުން (އިނގިރޭސި ބަހުން: Varicose Vein)އާންމުކޮށް ނިސްބަތް ކުރެވެނީ ފައިގެ ލޭނާރުތައް ފުއްޕުމަށެވެ.

ބަލިވެ އިނުމާއި ލޭނާރުތައް ފުއްޕުން[އުނިއިތުރު ގެންނަވާ]

މާބަނޑު ދުވަސްވަރު މައިމީހާގެ ރަހިމުގެ ފަހަތުގައިވާ ބޮޑެތި ވެއިން(Veins) ،(ހަށިގަނޑުގެ އެކިއެކި ޓިޝޫތަކުން ހިތަށް ލޭގެންގޮސްދޭ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ) ތަކުގައި ޕްރެޝަރ އިތުރުވުމުން އެލޭނާރުތަކުން ހިތަށް ލޭގެންގޮސްދިނުން ކުޑަވާގޮތްވެއެވެ. މިހެން ދިމާވަނީ ބޮޑުވަމުން އަންނަ ރަހިމުން މިލޭނާރުތަކަށް ފިއްތާތީއެވެ. މިއާއި ގުޅިގެން ފައިގެ ހަމުގެ ދަށުގަޔާއި، ފުރަގަސް ފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ފުޅާވެ، ފުއްޕާގޮތްވެއެވެ. މިގޮތަށް ދުޅަވެ،ފުއްޕާފައި ހުންނަ ލޭނާރުތައް ހަންގަނޑުން ބޭރަށް ފާހަގަވެ، އެގެން ހުރެއެވެ. ބައެއް ފަހަރު މިފަދަ ލޭނާރުތައް ހުންނަނީ ބޮޑިވަރެއްހެން އޮޅިފައެވެ. މިފަދަ ލޭނާރުތައް ހުންނަނީ ގަދަ ދަނބު ނުވަތަ ނޫކުލައަށެވެ. ލޭނާރުތައް އާންމުކޮށް ފުއްޕަނީ ކުޑަކަޅުވާ ހިމެނޭ ހިސާބުގައެވެ. ނަމަވެސް އުކުޅުވަޅުން ފެށިގެން ތަބިކައްޓާއި، ދޭތެރޭގެ ކޮންމެ ހިސާބެއްގައި ވެސް މިގޮތަށް ލޭނާރުތައް ފުއްޕާފައި ހުރެދާނެއެވެ. އާންމު ގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. ނަމަވެސް ކެހުމާއިއެކު ފާރު އުފެދޭގޮތް ބައެއް ފަހަރު ދިމާވެއެވެ.

މާބަނޑު މީހެއްގެ ފައިގައި ފުއްޕާފައިވާ ލޭނާރުތައް ފެންނަން ހުރި މަންޒަރެއް

ބަލިވެއިންނަ ދުވަސްވަރު ކުރިމަތިވާ މިމައްސަލައިން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • ފަޔަށް ބާރު އިސްޓާކީން، ސްޓޮކިން،ރަބަރު ބެލްޓް ފަދަ ތަކެތި ބޭނުންނުކުރުން
  • އެއްތަނެއްގައި މާގިނައިރު ކޮޅަށް ނުހުރުން : މިގޮތަށް ހުންނަށް ޖެހިއްޖެނަމަ ހަރަކާތްކޮށްލާ ކޮށްލާ ހުރުން
  • ތަނެއްގައި އިށީދެ އިންނައިރު ދެފަޔާއި،ފައިތިލަ މައްޗަށް ނަގައިގެން އިންނަށް އާދަކުރާށެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވައިގެން އިނުމަކީ ރަގަޅުކަމެއް ނޫނެވެ. އޮފީހެއްގައި މަސައްކަތްކުރާނަމަ މޭޒުދަށުގައި ކުޑަގޮނޑިއެއް ނުވަތަ ފޮށިގަނޑެއް ފަދަ އެއްޗެއް ބެހެއްޓުމަށްފަހު އެއެއްޗެއްގެ މަތީގައި ފައިބަހައްޓައިގެން އިންނަށް އާދަކުރާށެވެ. ގޭތެރޭގައި އުޅޭއިރުވެސް ތަނެއްގައި އިށީދެއިންނައިރު ކުޑަގޮނޑިއެއް ނުވަތަ ބާލީހެއް ފަދަ އެއްޗެއް ފައިދަށަށް ލެވިދާނެއެވެ.
  • ހިގާލުން ފަދަ ކަމަކުން ކަސްރަތު ލިބިގަތުން
  • އަރާމުކުރުމަށް އެދުގައި އެއްއަރިއަކަށް ވާތްފަރާތަށް ބުރަވާގޮތަށް އޮތުން