ލަންސިމޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލަންސިމޫ ގަސް

ލަންސިމޫ(ސައިންޓިފިކް ނަން: Chrysopogon zizanioides)ނުވަތަ (އިނގިރޭސި ބަހުން: Vetiver) އަކީ މުލުގައި މީރުވަސް ދުވާ، ފަތް ހިމަކޮށް ހުންނަ ހުއި ފާޑުގެ ގަހެކެވެ. މިގަސް ވައްތަރުވާނީ ކާސިންޖީ ގަހާއެވެ. ލަންސިމޫގަހުގެ މުލަށް ވެސް ކިޔަނީ ލަންސިމޫ އެވެ. ލަންސިމޫ އިން އަތަރު ތައްޔާރު ކުރެއެވެ. އަދި ލަންސިމޫ ގަހުގެ މޫ ނުވަތަ ލަންސިމޫ ބޭނުންކޮށްގެން ފަރުދާ، އަދި ފަންކާ ފަދަ ތަކެތި ތައްޔާރު ކުރެެއެވެ. ލަންސިމޫ ހެދިފައި ހުންނަނީ ބޮޑެތި ފުނިފުންޏަށް ވާގޮތަށެވެ. އަދި ލަންސިމޫ ގަސް ގާތްގަނޑަކަށް 1.5 މީޓަރުގެ އުސްމިނަށް ވެސް ބައެއް ފަހަރު ހެދޭކަމަށް ވެއެވެ. ލަންސިމޫ އިން ތެޔޮ ވެސް ތައްޔާރު ކޮށްގެން ވިއްކަން ނެެރެފައި ހުރެއެވެ.

ލަންސިމޫ