ތުރުކުމެނިސްތާން
Republic of Turkmenistan Türkmenistan Respublikasy | |
|---|---|
ގައުމީ ސަލާމް: Independent, Neutral, Turkmenistan State Anthem | |
| ވެރިރަށް | Ashkhabad |
| Largest city | Ashgabat |
| ރަސްމީ ބަސްތައް | Turkmen |
| Language for inter-ethnic communication | Russian |
| ޑިމޮނިމް | Turkmen |
| ސަރުކާރު | Presidential republic Single-party state |
| Gurbanguly Berdimuhamedow | |
• Declared | 27 October 1991 |
• Recognized | 25 December 1991 |
ސަރަޙައްދު | |
• Total | 488,100 km2 (188,500 sq mi)[1] (52nd) |
• Water (%) | 4.9 |
އާބާދީ | |
• 2009 estimate | 5,110,000[2] (112th) |
• Density | 10.5/km2 (27.2/sq mi) (208th) |
| ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $30.332 billion[3] |
• ބޮލަކަށް ޖެހެނީ | $5,756[3] |
| އެޗްޑީއައި (2007) | 0.739[4] Error: Invalid HDI value (109th) |
| ފައިސާ | Turkmen new manat (TMT) |
| ޓައިމް ޒޯން | ޔޫޓީސީ+5 (TMT) |
| ޔޫޓީސީ+5 (not observed) | |
| ޑްރައިވިންގ ސައިޑް | right |
| ކޯލް ކޯޑް | 993 |
| އައިއެސްއޯ 3166 ކޯޑް | TM |
| އިންޓަރނެޓް ޓީއެލްޑީ | .tm |
ތުރުކުމެނިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ތުރުކުމެނިސްތާނުގެ ރަސްމީ ބަހަކީ ތުރުކުމަން ބަހެވެ. އެހެން ނަމަވެސް އާއްމު މުވާސަލާތުގައި ބޭނުންކުރަނީ ރަޝިޔާ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ތުރުކުމަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަޝްގަބަ^ްއެވެ. ނުވަތަ އަޝްކަބާދްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް އަޝްކަބާދްއެވެ. މިއީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޖުމްހޫރިއްޔާއެކެވެ. މި ޤައުމުގައި ޙަރަކާތްތެރި ވަނީ އެންމެ ސިޔާސީ ޕާޓީއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 113 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 488100 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tm. އެވެ. ކޯލިން ކޯޑަކީ +993 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މަނާތެވެ.
ނަން
[އުނިއިތުރު ގެންނަވާ]ތުރުކުމެނިސްތާނުގެ މާނައަކީ ތުރުކުމަން ނަސްލުގެ މީހުންގެ ބިމެވެ. ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ތުރުކުމަނިސްތާނެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ތުރުކުމެނިސްތާނުގެ އިރުދެކުނުގައި އޮތީ އަފްޣާނިސްތާނެވެ. ދެކުނު އަދި ހުޅަނގު ދެކުނުގައި އޮތީ އީރާނެވެ. އިރުމަތީގައި އަދި އިރުއުތުރުގައި އޮތީ އުޒްބެކިސްތާނެވެ. އުތުރާއި ހުޅަނގު އުތުރުގައި އޮތީ ކަޒަކިސްތާނެވެ. ހުޅަނގުގައި އޮތީ ބަންދު ކަނޑެއް ކަމުގައިވާ ކަސްބީ ކަނޑެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ތުރުކުމެނިސްތާނަކީ ދިގު އަދި ޤަދީމީ ތާރީޚެއް އޮތް ޤައުމެކެވެ. ޤައުމުގެ ލިޔެވިފައިވާ ތާރީޚަށް ބަލާއިރުގައި އެެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ފާރިސީންގެ ވެރިކަމުގައި އެ ސަރަޙައްދުގައި ހިނގާފައިވާ ހާދިސާތަކެވެ. އެލެގްޒެންޑަރ ދަ ގްރޭޓް ވަނީ މީލާދުގެ ކުރީގެ ހަތަރުވަނަ ޤަރުނުގައި މެދުތެރޭ އޭޝިޔާގެ ޤައުމުތައް ފަތަޙަކުރެއްވި ހިނދު، ތުރުކުމެނިސްތާނުގެ ސަރަޙައްދު ވެސް ފަތަޙަކުރައްވާފައެވެ. މި ދުވަސްވަރަކީ ފަށުވި މަގު ތަޢާރަފްވި ދުވަސްވަރެވެ. މި މަގަކީ މެދުތެރޭ އޭޝިޔާ އަދި ޗައިނާ އާއި މެޑިޓެރޭނިޔަން ސަރަޙައްދު ގުޅުވައިދިން އެންމެ މުހިއްމު މަގެވެ. އެލެގްޒެންޑަރ ދަ ގްރޭޓްގެ ޒަމާނުގެ 150 އަހަރު ފަހުން އޮތް ފާރިސީ ވެރިކަމުގެ ވެރި ރަށެއްގެ ގޮތުގައި ހަމަޖެއްސި ނީސާއަކީ މިއަދު ތުރުކުމެނިސްތާނުގެ ވެރިރަށް އަޝްކަބާދްގެ ވަށައިގެންވާ ސަރަޙައްދުގެ ތެރޭގައި އޮތް ރަށެކެވެ. ސާސާނީންގެ ވެރިކަމުގެ ދުވަސްވަރުގައި ވެސް މި ސަރަޙައްދު އޮތީ ފާރިސީންގެ ވެރިކަމުގެ ދަށުގައެވެ. މީލާދީން ހަތްވަނަ ޤަރުނުގައި ޢަރަބީން މި ސަރަޙައްދު ފަތަޙަކުރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތުރުކުމެނިސްތާނުގައި އިސްލާމްދީން ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ. އަދި ހަމަ އެހެންމެ މެދުއިރުމަތީގެ ސަގާފަތް ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]ތުރުކުމެނިސްތާނުގެ އާބާދީއަށް ބަލާއިރު ވަރަށް ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައިވަނީ ތުރުކުމަން ނަސްލުގެ މީހުންނަށެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް އުޒްބެކް ނަސްލުގެ މީހުންނާއި ރަޝިޔާ ނަސްލުގެ މީހުން ދިރިއުޅެމުން ގެންދެއެވެ. ދީނީ ގޮތުން ބަލާއިރުގައި ތުރުކުމެނިސްތާނުގައި އެންމެ ގިނައީ މުސްލިމުންނެވެ. މުސްލިމުންގެ އާބާދީއަކީ 89% އެވެ. 9% މީހުންނަކީ އީސްޓަން އޮތޮޑޮކްސް ޗަރޗަށް ތަބާވާ ރަޝިޔާ ނަސްލުގެ މީހުންނެވެ. އަނެއް 2% މީހުން ތަބާ ވަނީ ކޮން ދީނަކަށް ކަމެއް ފެކްޓް ޝީޓްތަކުގައި ހާމަކޮށްފައެއް ނުވެއެވެ. ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި މި 2% މީހުންނަކީ އެއްވެސް ދީނަކަށް ތަބާ ނުވާ މީހުންނެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]ޤައުމުގެ ސަގާފަތަށް ބަލާއިރުގައި މެދުތެރޭ އޭޝިޔާގެ އެހެން ޤައުމުތަކާއި ތުރުކުމަނިސްތާނަކީ ސަގާފަތުގެ ގޮތުން ވަރަށް ގާތް ޤައުމެކެވެ. މެދުތެރޭ އޭޝިޔާގެ އެހެން ޤައުމުތަކުން ވެސް ފެންނަ ހެދުމާއި އަޑު އިވޭ މޫސީޤީ ރާގުތައް ތުރުކުމަނިސްތާނުން ވެސް ފެންނާނެއެވެ. އަޑު އިވޭނެއެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ދުނިޔޭގެ ޤުދުރަތީ ގޭހުގެ ރިޒަރވަށް ބަލާއިރުގައި ހަތަރުވަނައަށް އެންމެ ބޮޑު ޤުދުރަތީ ގޭސް ރިޒަރވެއް ހުރީ ތުރުކުމެނިސްތާނުގައެވެ. ކޮޓަން އުފައްދާ މިންވަރަށް ބަލާއިރުގައި މުޅި ދުނިޔޭގައި ވެސް 10 ވަނަ އަށް އެންމެ ގިނައިން ކޮޓަން އުފައްދާ ޤައުމަކީ ތުރުކުމެނިސްތާނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 5756 ޑޮލަރެވެ.
- ↑ Cite error: Invalid
<ref>tag; no text was provided for refs namedcia - ↑ ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
- 1 2 "Turkmenistan". International Monetary Fund. Retrieved 2009-10-01.
- ↑ "Human Development Report 2009: Turkmenistan". The United Nations. Retrieved 2009-10-18.