ތިރިއަށްފައިބާ އެއޯޓާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
އެއޯޓާގެ ބައިތައް ދައްކައިދޭ ކުރެހުމެއް
އެއޯޓާގެ ބައިތައް ދައްކުވައިދޭ ކުރެހުމެއް

ތިރިއަށްފައިބާ އެއޯޓާ ނުވަތަ (އިނގިރޭސި ބަހުން: Descending aorta) އަކީ މިއީ އެއޯޓާގެ އަރޗް ގެ ނިމޭ ހިސާބުން ފެށިގެން ގޮސް ކޮމަން އިލިއެކް އާޓަރީ ތަކަށް ކަފިވަންދެން އެއޯޓާގައި އިންނަ ބަޔެވެ. މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ފަހު ބަޔޭވެސް ބުނެވިދާނެއެވެ. މޭގެ ގުނަވަންތަކާއި، ހަޖަމުކުރާ ނިޒާމްގެ ގުނަވަންތައް ވަކިކޮށްދޭ ޑައަފްރަމްއަށް ރިޢާޔަތްކޮށް އެއޯޓާގެ މިބައި ދެބަޔަކަށް ބަހާލެވެއެވެ. މިބައިގައި ޑައަފްރަމް އަށްވުރެ މަތީގައިވާ ބަޔަށް ކިޔަނީ ތޮރަސިކް އެއޯޓާ އެވެ. ޑައަފްރަމް އަށްވުރެ ތިރީގައިވާ ބަޔަށް ކިޔަނީ އެބްޑަމިނަލް އެއޯޓާ އެވެ.