ތާޖުއްދީން ސުކޫލް
| |||
ނަން |
ތާޖުއްދީން ސުކޫލް | ||
ޤައުމު | |||
ހިންގަން ފެށުނީ |
07 ފެބްރުއަރީ 1989[1] | ||
ފެންވަރު |
ޕްރައިމަރީ އަދި ސެކަންޑަރީ | ||
ކުލަ |
ރަންރީނދޫކުލަ އަދި ކަޅުކުލަ[1] | ||
މޮޓޯ |
ފުރިހަމަކަން ލިބިގަތުމަށް ހިންމަތްކުރާށެވެ.[1] | ||
ކުރީގެ ނަން | ތާޖުއްދީން ޕްރައިމަރީ ސްކޫލް[1] |
ތާޖުއްދީން ސުކޫލް އަކީ މާލޭގައި 3ވަނަ އަށް ހުޅުވި ޕްރައިމަރީ ސުކޫލް އެވެ. ތާޖުއްދީން ސުކޫލް ހުޅުވައިދެއްވީ 07 ފެބުރުއަރީ 1989 ގައި ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޛު މައުމޫން ޢަބުދުލް ގައްޔޫމް އެވެ. ތާޖުއްދީން ސުކޫލްގެ ނަން ނިސްބަތްވަނީ ދިވެހި ތާރީޚީ ޢިލްމުވެރިއެއް ކަމުގައިވާ ޙަސަން ތާޖުއްދީން އަށެވެ. ތާޖުއްދީން ސުކޫލްގެ ކުރީގެ އިމާރާތް ތަޅާލުމަށްފަހު އަލުން ތާޖުއްދީން ސުކޫލް ޖަޕާން ސަރުކާރުގެ އެހީގައި ބިނާކުރެވި ރަސްމީގޮތުން ހުޅުވުނީ 7 ޖޫން 2004 ގައެވެ.[1]
ސުކޫލްގެ ލަވަ
[އުނިއިތުރު ގެންނަވާ]- ލަވައިގެ ނަން: ނޫރު ތާޖުއްދީން
- ލަވަ ހެއްދެވީ: އޮނަރަބްލް ޙަމްދޫން ޙަމީދު
ނޫރު ތާޖުއްދީން ނޫރު މީދިއްލާ މަގޭ ޖާނާ ހިތާ
ރަމްޒު ތާޖުއްދީން ރަންކުލައިން ދިއްލާ މަގޭ ޖައްވާ ބިމާ
ތާޖުއްދީން ހިތްވަރޭ ތާޖުއްދީން ހިތްވަރޭ
ހިތްމަތާ މިންނަތާ އެކުލެވޭ ހިތްވަރޭ
އެންމެ ފޮނިކާމިޔާބީ ގެނެސްދޭ ހުށީ
ޢިލްމު އުގެނޭށެ ފަންނު އުގެނޭށެ
ވިސްނުމާ ހިތްވަރުން ފަޚްރު ހޯދާށޭ
އެންމެ ފުރިހަމަވާން ހިއްމަތޭވީ ކުރާން
މިޢަޒުމުގައި އަބަދުވީ ސާބިތުވާން
ތާޖުއްދީން ހިތްވަރޭ
ދިވެހި ތާރީޙުން ދިވެހި ކާބަފައިން
ދެއްވި ޚިދުމަތްތަކުން މީރޫހޭދިރޭ
ރިވެތި އަޚުލާޤާ ރިވެތި ގޮތްތައް ބަލާ
ރިވެތި އުޅުމެއް އުޅެން މީ ހުވަޔޭ ކުރާ
ތާޖުއްދީން ހިތްވަރޭ
ދޭށެކެރިގެން ޖާން ދޭށެއުފަލުން ޖާން
ދޭށެ ޤައުމަށްޓަކާ ބާރުހުރިހާ ޖާން
ދާށެ ހިތްވަރުލާން ދާށެ އެއްބާރުލާން
ދާށެ ވަޠަނާއި ދީނަށް ޖިހާދެއްކުރާން
ތާޖުއްދީން ހިތްވަރޭ