ފުރަގަސް ފަރާތު ދޮރު ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފުރަގަސް ފަރާތު ދޮރު ދުޅަވުން(އިނގިރޭސި ބަހުން: Proctitis)އަކީ ފުރަގަސް ފަރާތު ދޮރު އަދި ފުރަގަސް ފަރާތް ގެ އެންމެ ފަހު 6 އިންޗީގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށް ދުޅަވުމެވެ.

ފުރަގަސް ފަރާތު ދޮރު ދުޅަވުން ކުރިމަތިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ބޮޑުކަމުދާން ބާރުލާންޖެހުން، ބޭރަށް ހިންގުން، ފުރަގަސް ފަރާތުން ލޭއައުން، ގޮހޮރު ރަގަޅަށް ހުސްނުވާހެން އިހްސާސްވުން، ބޮޑުކަމުދިއުމުގެ ތެރޭގައި އުދަގޫތައްވުން، ބަނޑުގެ ވާތްފަރާތުގައި ރިހުން، ފުރަގަސް ފަރާތް އަދި ފުރަގަސް ފަރާތު ދޮރު ހިމެނޭ ހިސާބަށް ތަދުވުން، އަދި ފުރަގަސް ފަރާތުން ދަވަ ބޭރުވުން ފަދަ ކަންތައްތައް ހިމެނެއެވެ.