Jump to content

މުލިހި

ވިކިޕީޑިއާ އިންވިކިޕީޑިއާ

މުލިހި (އިނގިރޭސި ބަހުން: Abscess) އަކީ ހަށިގަނޑުގެ ބައެއްގައި ދޮސް ޖަމާވެގެން އުފެދޭ ދުޅަ އެކެވެ.މިއީ މަސްގަނޑު އަޑިން ގޮނޑިލައިގެން ބިއްސަށްވުރެ ބޮޑެތިކޮށް އުފުލިފައި ހުންނަ ތަންތަނެވެ. މުލިހި އަކީ ގިނަ ފަހަރު ކޮންމެވެސް ބެކްޓީރިޔާ، ނުވަތަ ޕަރަސައިޓް އެއްގެ ސަބަބުން ހަށިގަނޑުގައި އިންފެކްޝަން އެއް އުފެދުމުން ޖަހާ އެއްޗެކެވެ. ހަމަމިހެން ހަށިގަނޑަށް ނޭނގި ނަމަވެސް ވަންނަ އެއްޗެއްގެ ސަބަބުން ވެސް މުލިހި އުފެދިދާނެ އެވެ. މުލިހި އަކީ ގިނަފަހަރު އިންފެކްޝަން ފަތުރާ މާއްދާ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރުނަ ނުދިނުމަށްޓަކައި، އުފެދޭ ޑިފެންސިވް ރިއެކްޝަން އެކެވެ.

މުލިހި އުފެދެން ދިމާވުމުގައި ހަށިގަނޑުގައި އަށަގަންނަ ޖަރާސީމް ނުވަތަ ހަށިގަނޑަށް ވަންނަ މާއްދާ މުލިހި އުފެދޭ ހިސާބުގައި ހުންނަ ސެލްތައް މަރާލައެވެ. ނަތީޖާއެއްގެ ގޮތުން ސައިޓޮކައިން ކިޔާ މާއްދާއެއް ބޭރުކުރެއެވެ.