Jump to content

ފަޟީލަތުއްޝައިޚް އިބްރާހީމް ލުޠުފީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފަޟީލަތުއްޝައިޚް އިބްރާހީމް ލުތުފީ (އައްޑޫ ތުއްތުދީދީ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 14 ރަބީޢުލްއައްވަލް 1312 ހ. (15 ސެޕްޓެމްބަރު 1894މ.) ގައެވެ. ބައްޕާފުޅަކީ އައްޑު އަތޮޅު ހުޅުދޫ ވާރުގޭ އަޙްމަދު ދީދީއެވެ. މަންމާފުޅަކީ އައްޑޫ މީދޫ ގަނޑުވަރު ޙަސަން ދީދީގެ ފިޔޯރީ ދޮންދީދީއެވެ.

ފަޟީލަތުއްޝައިޚް އިބްރާހީމް ލުތުފީ އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ އައްޑު އަތޮޅާއި ހުވަދު އަތޮޅުންނެވެ. ފަޟީލަތުއްޝައިޚް އިބްރާހީމް ލުޠުފީއަކީ މިޞްރުގެ ޖާމިޢަތުލް އަޒުހަރުން އެންމެ ފުރަތަމަ ޢާލިމީ ފާސްނެންގެވުމުގެ ޝަރަފްހޯއްދެވި ދިވެހި ފަރާތެވެ. ބޭރަށް ކިޔަވާން ވަޑައިގަތުމުގެ ކުރިން ޙުސައިން ޞަލާޙުއްދީންގެ އަރިހުން ދީނީ ތަޢުލީމާއި އަރަބި އުގެނިވަޑައިގަތެވެ. މާރަންދޫ ގަނޑުވަރު ބޭފުޅުންގެ އަރިހުން އިގިރޭސި އުރުދޫ ދަސްފުޅު ކުރެއްވި އެވެ. މިޞްރުގައި ހުންނެވި ދުވަސްވަރު އޭނާގެ ދަރިކަލުން މުޙައްމަދު ލުތުފީ މިޞްރަށް ގެންދަވައި އަމިއްލަފުޅު ޚަރަދުގައި ތަޢުލީމު އުގަންނަވައި ދެއްވި އެވެ.

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • މުޙައްމަދު ލުތުފީ ( ސ.ހިތަދޫ އެޅަދީދީގެ ފާތިމަތު ދީދީގެ ބަނޑުފުޅުން)
  • ފާތިމަތު އިބްރާހީމް ލުތުފީ (ސ.ހިތަދޫ ގަނޑުވަރު ބެއްޔާގެ އިިބްރާހީމް ދީދީގެ ޢާއިޝާދީދީގެ ބަނޑުފުޅުން)
  • ސަމީރާ އިބްރާހީމް ލުތުފީ (މާލޭ ކަންޒުދޮށުގޭ އަހުމަދުދީދީގެ ޢާއިޝާދީދީގެ ބަނޑުފުޅުން)
  • ޑރ މުޞްޠަފާ އިބްރާހީމް ލުޠުފީ (ސ.ހުޅުދޫ މުސްކުޅިއާގޭ އާމިނަތު ސުފައިދާގެ ބަނޑުފުޅުން)
  • އަހުމަދު ލުތުފީ ީ (ސ.ހުޅުދޫ މުސްކުޅިއާގޭ އާމިނަތު ސުފައިދާގެ ބަނޑުފުޅުން)

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 1 ފެބުރުއަރީ 1940 – ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • 27 ޑިސެމްބަރު 1940 – 30 ޖެނުއަރީ 1942 – ބަންޑާރަ ނާއިބުކަން
  • 22 އޮގަސްޓް 1943 – ދައުލަތް ހިންގާ މަޖުލީހުގެ މެންބަރުކަން
  • 3 ނޮވެމްބަރު 1943 – މަދަރުސަތުއް ސަނިއްޔާގެ މުދައްރިސްކަން
  • 5 އޮކްޓޯބަރު 1944 – ވަޒީރުލް އައުޤާފްކަން
  • 31 ޖުލައި 1946 – ބަހާއި ތާރީޚް ކޮމިޓީގެ މެންބަރުކަން
  • 6 މެއި 1947 – މަޖީދިއްޔާގެ މުދައްރިސްކަން
  • 16 މެއި 1947 – މަދަރުސަތުލް އަމީރު އަހުމަދުގެ މުދައްރިސްކަން
  • 28 އެޕްރީލް 1951 – މަހްކަމަތުއް ޝަރުޢިއްޔާގެ ބޮޑު ނާއިބުކަން

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ފަޟީލަތުއްޝައިޚް އިބްރާހީމް ލުޠުފީ އަވަހާރަވީ ހިޖުރައިން 1370 ވަނަ އަހަރު ދިވެހި ޙައްޖާޖީންގެ ވެރިއެއްގެ ގޮތުން ޙައްޖަށް ވަޑައިގެން ހުންނަވަނިކޮށެވެ. އަވަހާރަވެ ފަސްދާނުލެވުނީ އަލްމަދީނަތުލް މުނައްވަރާގައެވެ. އަވަހާރަވީ ތާރީޚަކީ 23 ޛުލްޤަޢިދާ 1370 ހ. (26 އޯގަސްޓް 1951 މ.) އެވެ.

މަރުޖިޢު[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006