ފަރާހް ނާޒް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ފަރާހް ނާޒް ( އުފަންވެފައިވަނީ ޑިސެމްބަރު 9 ، 1968 ) އަކީ އިންޑިޔާގެ ފިލްމީ ތަރިއެކެވެ. ބޮޑު ދައިތައަކީ ފިލްމީ ތަރި ޝަބާނާ އަޒްމީ އެވެ. ކޮއްކޮ އަކީ ފިލްމީ ތަރި ތާބޫ އެވެ. ހިންދީ ފިލްމްތަކުން ފެނިފައިވަނީ 1980 ގެ އަހަރުތަކުގައެވެ. ފަރާހް ނާޒް ފިލްމީ ދާއިރާއަށް ނިކުތީ 1985 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ޔޭޝް ޗޮޕްރާގެ ފިލްމް ފާސްލޭ އިން މަހިންދަރު ކަޕޫރު ގެ ދަރިފުޅު ރޯހަން ކަޕޫރު އާއެކުގައެވެ. އޭގެ ފަހުން ތަފާތު އެތަކެއް ހިންދީ ފިލްމަކުން ފެނިގެން ގޮސްފައި ވެއެވެ. 1990 ގެ އަހަރުތަކުގެ ތެރޭގައި ދަރާ ސިންގ ގެ ދަރިފުޅު ވިންދޫ ސިންގ އާއި ފަރާހް ނާޒްގެ ކައިވެނިކުރެވުނެވެ. ނަމަވެސް ކުޑަ ދުވަސްކޮލެއްގެ ތެރޭގައި މިކައިވެނިރޫޅުނެވެ.