ފަރަހް ޚާން
ފަރަހް ޚާން ކުންދަރު ( އުފަންވެފައިވަނީ ޖެނުއަރީ 9، 1965 ) އަކީ އިންޑިޔާގެ ފިލްމް ޑައިރެކްޓަރެކެވެ. އަދި ކޮރިއޮގްރާފަރެކެވެ. ފަރަހް ޚާން ގެ މަންމަ މިނާކާ އަކީ ސްކްރިޕްޓް ލިޔުންތެރިޔާ ހަނީ އިރާނީ އަދި ކުޑަކުއްޖެއް ރޯލް ހިންދީ ފިލްމްތަކުގައި ކުޅެފައިވާ ޑޭޒީ އިރާނީ ގެ ދައްތަ އެކެވެ. ފަރަހް ޚާން ކުންދަރު ގެ ބައްޕަ އަކީ ކަމްރާން ޚާން އެވެ. ބޭބެ އަކީ ކޮމެޑީ އެކްޓަރު އަދި ޑައިރެކްޓަރު ސާޖިދު ޚާން އެވެ. ފަރަހް ޚާން ކުންދަރު ޑައިރެކްޓްކުރި ފުަރަތަމަ ފިލްމަކީ 2005 ވަނަ އަހަރު ނިކުތް ފިލްމް މޭ ހޫނާ އެވެ. އަދި އޭގެ ފަހުން 2007 ވަނަ އަހަރު ނިކުތް އޯމް ޝާންތީ އޯމް އަކީ ވެސް ފަރަހް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފަރަހް ޚާން ބޮޑަށް މަޝްހޫރުވެފައިވަނީ ހިންދީ ލަވަތަކަށް ނެށުން ތައްޔާރުކޮށްދިނުމުގެ ސަބަބުންނެވެ. އެގޮތުން 100 އަށްވުރެ ގިނަ ހިންދީ ލަވަޔަށް ނެށުން އޭނާ ވަނީ ތައްޔާރުކޮށްދީފައެވެ. ހިންދީ ފިލްމަކަށް ފުރަތަމަ ނެށުން ތައްޔާރުކޮށްދީފައިވަނީ އާމިރު ޚާން ކުޅެފައިވާ ފިލްމް ޖޯޖީތާ ވޮހީ ސިކަންދަރު އަށެވެ.
ލިބިފައިވާ އެވޯޑްތައް
[އުނިއިތުރު ގެންނަވާ]ނޭޝަނަލް ފިލްމް އެވޯޑް
[އުނިއިތުރު ގެންނަވާ]- 2004 : ނޭޝަނަލް ފިލްމް އެވޯޑް ފޮރ ބެސްޓް ކޮރިއޮގްރަފީ - އިދަރު ޗަލާ މޭ - ކޮއިމިލްގަޔާ
ފިލްމް ފެއަރ އެވޯޑް
[އުނިއިތުރު ގެންނަވާ]- 1998 : ފިލްމް ފެއަރ ބެސްޓް ކޮރިއޮގްރަފީ އެވޯޑް - ދޯލް ބަޖްނޭ ލަގާ - ވިރާސަތު
- 1999 : ފިލްމް ފެއަރ ބެސްޓް ކޮރިއޮގްރަފީ އެވޯޑް - ޗައްޔާ ޗައްޔާ - ދިލްސޭ
- 2001 : ފިލްމް ފެއަރ ބެސްޓް ކޮރިއޮގްރަފީ އެވޯޑް - އެކްޕަލްކާ ޖީނާ - ކަހޯނާ ޕިޔާރުހޭ
- 2002 : ފިލްމް ފެއަރ ބެސްޓް ކޮރިއޮގްރަފީ އެވޯޑް - ވޯ ލަޑްކީ ހޭ ކަހާ - ދިލްޗާހަތާހޭ
- 2004 : ފިލްމް ފެއަރ ބެސްޓް ކޮރިއޮގްރަފީ އެވޯޑް - އިދަރު ޗަލާ - ކޮއި މިލްގަޔާ
އައިފާ އެވޯޑް
[އުނިއިތުރު ގެންނަވާ]ސްޓަރ ސްކްރީން އެވޯޑް
[އުނިއިތުރު ގެންނަވާ]- 2005 : ބެސްޓް ޑެބިއުޓް ޑައިރެކްޓަރ - މޭ ހޫނާ
- 2004 : ބެސްޓް ކޮރިއޮގްރަފީ - އިދަރު ޗަލާ - ކޮއި މިލްގަޔާ
- 2002 : ބެސްޓް ކޮރިއޮގްރަފީ - ވޯ ލަޑްކީ ހޭ ކަހާ - ދިލްޗާހަތާހޭ
- 2001 : ބެސްޓް ކޮރިއޮގްރަފީ - އެކްޕަލްކާ ޖީނާ - ކަހޯނާ ޕިޔާރުހޭ
ޒީސިނެ އެވޯޑް
[އުނިއިތުރު ގެންނަވާ]- 2005 : ބެސްޓް ޑެބިއުޓިންގ ޑައިރެކްޓަރ - މޭހޫނާ