ފަންވަތް:Featured article/2009-03

ވިކިޕީޑިއާ އިންވިކިޕީޑިއާ

ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން އަޖައިބެއްގެ ގޮތުގައި ބެލެވުނު އާޓިމިސް ފައްޅި ހުންނަނީ ތުރުކީގެ އެފީސޫސް އޭ ކިޔޭ ގަދީމީ ރަށުގައެވެ. މިރަށް އޮންނަނީ ތުރުކީގެ އިޒްމީރުގެ 50 ކިލޯ މީޓަރު ދެކުނުން އޮންނަ ސެލޫކު އޭ ކިޔޭ އަވަށުގެ ކައިރީގައެވެ. މިފައްޅީގެ ބިންގާ އެޅިފައިވަނީ ޢީސާގެ ފާނުގެ 7 ގަރުނު ކުރިންކަމަށް ވެއެވެ. އަދި ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 550 އަހަރު ކުރިންނެވެ. މިހާރު އެފީސޫސް އަށް ކިޔައި އުޅޭ ނަމަކީ އާޔާ ސަލޫކް އެވެ. އާޓިމިސް ފައްޅީގައި ރަން ވަންލޯ އިން ހަދާފައިވާ ބުދުތައް ވެއެވެ. މިބުދުތައް ހަދައިފައިވަނީ އެދުވަސްވަރު ބުދު ހެދުމަށް މަޝްހޫރު މީހުންނެވެ. އޭގެ ތެރޭގައި ފީޑިއާސް، ކްރެޒިލަސް، ފްރެޑްމޮން، އަދި ޕޮލިކް ލީޓަސް ފަދަ މީހުން ހިމެނެއެވެ.އެއްދުވަސް ވަރެއްގައި މިފައްޅި ދީނީ ކަންތައްތަކުގައި ބޭނުން ކުރުމުގެ އިތުރުން ބާޒާރެއްގެ ގޮތުގައި ވެސް ބޭނުން ކޮށްފައި ވެއެވެ. ދުވަސްތަކެއް ވަންދެން މިފައްޅި އަށް ޒިޔާރަތް ކޮށްފައިވަނީ ފަތުރުވެރިންނާއި، ރަސްރަސްކަލުން، ވިޔަފާރި ވެރިންނާއި، މުއްސަދިން، އަދި ފަންނީ ޢިލްމު ވެރިންނެވެ. އަދި އިތުރަށް...