ފަންވަތް:Did you know/2012-03

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދުނިޔެ އޭގެ ނާރެސްމަތީގައި ފުރިހަމަ ބުރެއް ޖެހުމަށް ނަގަނި އެއް ދުވަހެވެ. އަދި އިރުގެ ވަށައިގެން ދުނިޔެ ބުރެއް ފުރިހަމަ ކުރަނީ އަހަރު ދުވަހުންނެވެ. ނަމަވެސް މިކަންކަން ހިނގާ ވަގުތުތައް ހީކުރާހައި ބަރާބަރެއް ނޫނެވެ. އެހެންކަމުން ކަލަންޑަރު އަހަރަކި 365 ދުވަހާއި 5 ގަޑިއިރާއި 48 މިނިޓު އަދި 45 ސިކުންތެވެ. މި އިތުރުވާ ގަޑިއާއި ސިކުންތު ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އިތުރު ދުވަހެއްގެ ގޮތުގައި، ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ގޮތުގައި، ގުނަނީ އެވެ. މިހެން ދިމާވާ އަހަރަށް ކިޔަނީ ލީޕް އަހަރެވެ. އެހެންކަމުން ކޮންމެ 4 އަހަރުން 1 އަހަރަކީ ލީޕް އަހަރެކެވެ.

2012 ވަނަ އަހަރަކީ ވެސް ލީޕް އަހަރެކެވެ. ހަމަ މިފަދައިން 2008، 2004 އަދި 2000 ވަނަ އަހަރަކީ ވެސް ލީޕް އަހަރެވެ.

ޗައިނާ މީހުންގެ ކަލަންޑަރުގައި ކޮންމެ 3 އަހަރަކުން އެއް އަހަރު ލީޕް މަހެއް އޮވެއެވެ. އެ މަހަށް ދޭ ނަމަކީ އޭގެ ކުރީ މަހުގެ ނަމެވެ. ޔަހޫދީންގެ ކަލަންޑަރުގައި ކޮންމެ 19 އަހަރުގެ ބުރެއްގައި 7 ލީޕް އަހަރު އޮވެއެވެ.

މީލާދީ ކަލަންޑަރުގެ ލީޕް ދުވަހު އުފަންވުމުގެ ފުރުސަތު ކަމަށް ބަލަނީ ކޮންމެ މިލިއަނަކުން 680 މީހުން ކަމަށެވެ. އެހެން ކަމުން 4 މިލިއަނަށް ވުރެ ގިނަ މީހުން (މިހާރު ދުނިޔޭގެ އާބާދީ އަކީ 7 ބިލިއަން) އެމީހުންގެ އުފަންދުވަހަކީ ލީޕް ދުވަސް، ނުވަތަ ފެބްރުއަރި މަހުގެ 29 ވަނަ ދުވަހެވެ. އަހަރުގެ އެނޫން ކޮންމެ ދުވަހެއްގައި 19 މިލިއަން މީހުންގެ އުފަން ދުވަސް ފާހަގަ ކުރެވެއެވެ.

ކަނބަލުން ނޭވެ. ތިޔަ ކަނބަލުންނަށް ލޯބިވެރިންގެ ދުވަހު ކައިވެނީގެ ހުށަހެޅުން ނުލިބިއްޖެ ނަމަ، ކަންބޮޑު ނުވާށެވެ. ފެބްރުއަރީ 29 އަކީ ތިޔަ ކަނބަކލުން ފިރިހެނުންގެ ފަރާތުން އެދެންވީ ދުވަސް ކަމުގައި ސަގާފީ ގޮތުން ގަބޫލުކުރެއެވެ.