ފަންވަތް:Did you know/2010-09

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • ކޮންމެ ދުވަހަކު އިންސާނާގެ ހަށިގަނޑުން ގާތްގަނޑަކަށް 80 އިސްތަށި ވަރު ވަކިވެދެއެވެ.
  • އިންސާނާގެ ހަންގަނޑުގައި 45 މޭލުގެ ފަތިނާރު ނުވަތަ ނާރވް ހިމެނެއެވެ.
  • އެވްރެޖްގޮތެއްގައި އިންސާނާގެ ބޮލުގައި 100 ހާސް އިސްތަށި ހުރެއެވެ.
  • ބޮޑުވައި އިގިލި ގެ ނިޔަފަތި ދިގުވާލެން އެހެން ނިޔަފަތިތަކަށްވުރެ އަވަހެވެ.
  • އާދައިގެ މީހެއްގެ ހަންގަނޑު ކިރައިފިނަމަ ބަރުދަނުގައި 61 ޕައުންޑް ވަރު ހުންނާނެއެވެ.
  • އިންސާނާގެ ހަންގަނޑުގައި ހޫނު ބަލައިގަންނަ 280 ހާސް ރިސެޕްޓަރ ހުރެއެވެ.
  • ހަންގަނޑުގެ 1 އިންޗި ވަރުގެ ހަތަރެސްކަން ގޮޅިއެއްގައި 3 މިލިޔަން ސެލް އެކުލެވިގެންވެއެވެ.
  • އިސްތައްޓެއްގެ ދިރިހުންނަ އެވްރެޖް ޢުމުރަކީ 7-2 އަހަރާއި ދެމެދުގެ މުއްދަތެކެވެ.
  • ފައިތިލައިގައި 250 ހާސް ދާބޭރުކުރާ ގޮށް ހިމެނެއެވެ.
  • ތޫނުފިލި މީހުންގެ އިސްތަށީގައި ޒިންކް އަދި ރަތުލޯ އެހެންމީހުންނަށްވުރެ ގިނަކަން ފާހަގަ ކުރެވެއެވެ.