ފަންވަތް:Did you know/2010-01

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • އިންސާނާގެ ސިކުނޑިގައި އެކަނި ވެސް ގާތްގަނޑަކަށް 100 ބިލިޔަން ނާރު ސެލް ހުރެއެވެ.
  • އިންސާނާގެ ހަށިގަނޑުގެ ކަނާތް ފަރާތުގެ މަސައްކަތްތައް ހިންގަނީ ސިކުނޑީގެ ވާތް ފަޅިންނެވެ. އަދި ހަށިގަނޑުގެ ވާތް ފަރާތުގެ މަސައްކަތްތައް ހިންގަނީ ސިކުނޑީގެ ކަނާތް ފަޅިންނެވެ.
  • ނާރު ސެލް އެއްގެ ވަށަމިން ގައި 100- 4 މައިކްރޯންގެ ބޮޑުމިން ހުރެއެވެ.
  • ރަހިމުގައި ބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި މިނިޓަކު 250 ހާސް ނާރު ސެލް އުފައްދައެވެ.
  • އާދައިގެ ފިރިހެނެއްގެ ސިކުނޑީގެ ބަރުދަނަކީ 1375 ގްރާމެވެ. އަންހެނެއްގެ ސިކުނޑީގެ ބަރުދަނަކީ 1275 ގްރާމެވެ.
  • ތުއްތު ދަރިފުޅު އުފަންވާއިރު އެދަރިފުޅުގެ ސިކުނޑީގައި 10 މިލިޔަން ނާރު ސެލް ހުރެއެވެ.
  • އިންސާނާގެ ހަށިގަނޑުގައި 43ޖޯޑް ގެ ނާރު އެކުލެވިގެން ވެއެވެ. އޭގެތެރެއިން 12 ޖޯޑް ގެ ނާރު ސީދާ ސިކުނޑިއާއި ގުޅިފައިވާއިރު ބާކީ 31ޖޯޑް ނާރު ގުޅިފައިވަނީ ސިކުނޑިން މައިބަދައިގެ ތެރެއަށް މޫލައި ނިކުމެފައިވާ ސްޕައިނަލް ކޯޑް ނުވަތަ ނާރު ފަށް އާއެވެ.
  • ހަށިގަނޑުގެ މަސައްކަތްތައް ކޮންޓްރޯލްކޮށްދޭ ނާރުތަކަށް ދިވެހިބަހުން ކިޔަނީ ފަތިނާރު އެވެ.