ފަންވަތް:Did you know/2008-02
Appearance
- ޓެލެފޯން އެންމެ ފުރަތަމަ އުފެއްދެވީ އެލެގްޒެންޑަރ ގްރެހަމް ބެލް އެވެ. ފުރަތަމަ އަތުކުރީ ގަޑި އުފެއްދީ ލުއިސް ކާޓިއަރ އެވެ.
- ދިވެހި އަދަބިއްޔާތުގައި ހިމާރުލް ގައުމުގެ ލަގަބް ނިސްބަތްވަނީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އަށެވެ.
- އިންސާނާގެ އަރުތެރެ އިން ކާތަކެތި ހިގާ ހޮޅިއަށް ކާތަކެތި ދިއުމަށް ނަގަނީ އެންމެ 2 ސިކުންތު ވަރެވެ. އަދި ކާތަކެތި ހިގާ ހޮޅިން މައިދާއަށް ކާތަކެތި ފޯރުމަށް ނަގަނީ 8-5 ސިކުންތާއި ދެމެދުގެ ވަގުތުކޮޅެކެވެ.
- އިންޑިޔާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހެވެ.އަދި ޕާކިސްތާންގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހެވެ.
- ދިވެހި ދައުލަތުގެ ފުރަތަމަ އަންހެން ބަންޑާރަ ނާއިބަކީ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝުކޫރު އެވެ. ފުރަތަމަ އަންހެން ގާޒީއަކީ ޢާއިޝަތު ސުޖޫން މުޙައްމަދު އެވެ.