Jump to content

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް

ގަލޮޅު މިއަލަނިގޭ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 09 ފެބުރުވަރީ 2012 އިން 2018 ޑިސެންބަރު 10 އަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަޙްމަދު ޝިޔާމް، މޭޖަރ ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓް ކުރައްވައި، އެ މަގާމަށް ޗީފް އޮފް ޑިފެންސް ފޯސް ކަން ދެއްވީ 09 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އެވެ. މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، އެދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސް މުޙައްމަދު ވަޙީދު ޙަސަންގެ ސަރުކާރަށް ފަހު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ 5 އަހަރުގައި ވެސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވީ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. 2018 ޑިސެންބަރު 10 ވަނަ ދުވަހުގެރޭ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުން ވަކި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންފައިވަނީ 1986 ސެޕްޓެންބަރު 16 ވަނަ ދުވަހުއެވެ. އޭގެފަހުން ތަފާތު ރޭންކުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. މަސައްކަތް ކުރައްވާފައިވާ ރޭންކުތަކުގެ ތެރޭގައި ލާންސް ކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 2، ވޮރަންޓް އޮފިސަރ ގްރޭޑް 1 ހިމެނެއެވެ. ކަމިޝަންޑް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ރޭންކުތަކުގެ ތެރޭގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް، ބްރިގޭޑިއަރ ޖެނެރަލް، އަދި މޭޖަރ ޖެނެރަލް ރޭންކު ހިމެނެއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ވަނީ ސިފައިންގެ ތަފާތު ގިނަ ދާއިރާތަކެއްގައި ޚިދުމަތް ކުރައްވާފައެވެ. ސިފައިންގައި މީހުން ބިނާކުރުމުގެ ދާއިރާގައާއި، ފައިޓިންގ ޔުނިޓްތަކުގައި އަދި ސަޕޯޓް ސާރވިސް ޔުނިޓުތަކުގެ ތެރެއިން ގިނަ ޔުނިޓްތަކެއްގައި ކޮމާންޑަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައިވެއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމުގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ޢުމްރާނީ ތަރައްޤީއަށް ކޮށްދެއްވި ޚިދުމަތްތަކެވެ. އަދި ސަރުކާރުން ކުރެއްވި ޢުމްރާނީ ބޮޑެތި މަސައްކަތްތަކުގައި އަދާކުރެއްވި ދައުރެވެ.

ސިފައިންގެ ޚިދުމަތުގައި ހުންނަވައި ސިފައިންގެއަށާއި ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ސަބަބުން އެ މަނިކުފާނަށްވަނީ ޝަރަފުގެ ގިނަ ނިޝާންތަކެއް ލިބިވަޑައިގެންފައެވެ. އޭގެތެރޭގައި ނޮވެންބަރު ތިނެއްގެ މެޑެލި، ސައްތައިގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަދި އަޚްލާޤީ މެޑެލި ހިމެނެއެވެ. މީގެއިތުރުން ޚާއްޞަ ޚިދުމަތުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަޚްލާޤީ ކުލަ 1 ވަނަ ފަހަރަށް، އަޚްލާޤީ ކުލަ 2 ވަނަ ފަހަރަށް އަދި އަޚްލާޤީ ކުލަ 3 ވަނަ ފަހަރަށް ލިބިވަޑައިގެންފައިވެއެވެ.

ޚިދުމަތުގެ ސައިޓޭޝަން

[އުނިއިތުރު ގެންނަވާ]

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1986 ސެޕްޓެންބަރު 16 ވަނަ ދުވަހުއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއް ވަނީ ފުރުއްވާފައެވެ. އެގޮތުން ސިފައިންގެ އެކުވެރި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، ޕްރޮޖެކްޓް ޕްލޭނިންގ އިމްޕްލިމެންޓޭޝަން އެންޑް މެއިންޓަނެންސް ސާރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ސަޕޯޓް ބެޓޭލިއަން 2ގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ރައީސްކަމުގެ މަޤާމާއި، ރީޖަނަލް ހެޑްކްއޯޓަރޒް ލ. ކައްދޫގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ރީޖަނަލް ހެޑްކްއޯޓަރޒް ހދ. ކުޅުދުއްފުށީގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ރެޕިޑް ރިއެކްޝަން ފޯސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓްގެ މަޤާމާއި، އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރގެ މަޤާމާއި، އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓްގެ މަޤާމާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވުން ފާހަގަ ކުރެވެއެވެ. ސިފައިންގެ އެކުވެރި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، ޕްރޮޖެކްޓް ޕްލޭނިންގ އިމްޕްލިމެންޓޭޝަން އެންޑް މެއިންޓަނެންސް ސާރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ސަޕޯޓް ބެޓޭލިއަން 2ގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ރައީސްކަމުގެ މަޤާމާއި، ރީޖަނަލް ހެޑްކްއޯޓަރޒް ލ. ކައްދޫގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ރީޖަނަލް ހެޑްކްއޯޓަރޒް ހދ. ކުޅުދުއްފުށީގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ރެޕިޑް ރިއެކްޝަން ފޯސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓްގެ މަޤާމާއި، އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރގެ މަޤާމާއި، އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓްގެ މަޤާމު ހިމެނެއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވީ 9 ފެބުރުވަރީ 2012 އިން 11 ޑިސެންބަރު 2018 އަށެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ވަނީ 32 އަހަރާއި 2 މަހާއި 25 ދުވަހު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމަކީ ދިވެހި އަސްކަރިއްޔާގައި ޢުމްރާނީ ތަރައްޤީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ސިފައިންގެ ވަރަށް ގިނަ މަރުކަޒުތަކުގައި ޒަމާނީ ފެންވަރުގެ މިސްކިތްތައް ބިނާކޮށް، ސިފަވަރު ވުޖޫދަށް ގެންނެވުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމަކީ މުދައްރިބެއްގެ ގޮތުގައި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރެއްވުމަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމުގެ އިތުރުން، ޓްރޭނިންގ ޔުނިޓުގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނަވައިގެން ސިފައިން ތަމްރީނުކުރުމުގެ ޒަމާނީ އޮނިގަނޑެއް އެކުލަވާލައްވައި ،ސިފައިން ހިންގާފައިވާ ވަރަށް ގިނަ ޚާއްޞަ އޮޕަރޭޝަންތަކުގައި ކޮމާންޑަރެއްގެ ގޮތުގައި ވެސް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް އަސްކަރިއްޔާގައި އަދާކުރެއްވި އިޚްލާޞްތެރި ޤައުމީ ޚިދުމަތާއި ދެއްކެވި މަތިވެރި އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 ކުލަ އާއި 11 މެޑެލި ލިބިވަޑައިގެންފައިވެއެވެ. ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ދިވެހި އަސްކަރިއްޔާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 11 ޑިސެންބަރު 2018 ގައެވެ.

Allosaeed