މޭޖަރ އަޙްމަދު ޖިހާދު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފައިލު:Ahmed jihad.jpg

އަޙްމަދު ޖިހާދު އުފަންވީ 1963 ޑިސެމްބަރ 12 ވަނަދުވަހު ގދ. ތިނަދޫގައެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1982 ވަނަ އަހަރުއެވެ. އޭރުއެއީ ނޭޝަނަލް ސެކިޔުރިޓީ ސާރވިސް (އެންއެސްއެސް) އެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު ސްޕެސިއަލިޒޭޝަން ކްއާޓާރ އާމަރޑް ކޯސް 1، 2، އަދި 3 އައިއެންއެސް ޑޮނަޗަރޔާ އިން ފުރިހަމަ ކުރެއްވިއެވެ. މީގެ ތެރޭގައި ތިން ހަފްތާގައި އައިއެންއެސް ތީރުގައި އޮންދަ ޖޮބް ޓްރޭނިންގ ފުރިހަމަ ކުރެއްވިއެވެ. އަޙްމަދު ޖިހާދުވަނީ ޑްރިލް އިންސްޓްރެކްޓަރ ކޯސް ރާއްޖެއިން ފުރިހަމަކޮށްފައެވެ. މިކޯހަކީ ރޯޔަލް ބްރިޓިސް ގްރެނާޑިއަރ ގާޑުންގެ އެހީގައި ކުރިއަށްގެންދިޔަ ކޯހެކެވެ.


އަޙްމަދު ޖިހާދު ކޮމިޝަންޑް އޮފިސަރަކަށްވީ 1997 އޭޕްރީލް 21 ގައެވެ. މި މުއްދަތުގެ ތެރޭގައި ކޯސްޓްގާޑް 115 ބްރެވި ލޯންޗްގެ އިންޖީން/ ރޭޑިއޯމަން ކަމުގެ މަޤާމާއި، 133 ކާނިލޯންޗްގެ އިންޖީންމަން ކަމާއި، ރީޖަނަލް ހެޑްކްއޯޓާރޒް ކައްދޫގެ ބޭސްކޮމާންޑަރުކަމާއި ގިރިފުށީ ޓްރޭނިންގ ސެންޓަރުގެ އެޖްޓަންޓް ކަމާއި ކޯސްޓްގާޑް އޮޕަރޭޝަންސްގެ ސީނިއަރ އެންސީއޯ އިންޗާޖްގެ މަޤާމު ހިމެނެއެވެ. އެންލިސްޓެޑް ރޭންކްތަކުގެ ތެރެއިން ލާންސް ކޯޕްރަލް ، ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، އަދި ވޮރަންޓް އޮފިސަރ ރޭންކް އަޙްމަދު ޖިހާދު އަދާކޮށްފައިވެއެވެ.


ކޮމިޝަން އޮފިސަރަކަށްވުމަށްފަހު އަޙްމަދު ޖިހާދުވަނީ ވާޖީނިއަރ، ޔޯކްޓައުން އާރުޓީސީ ޔޫއެސް ކޯސްޓްގާޑް އިން އިންޑޮކްޓްރިނޭޝަން ކޯހެއްވަނީ ފުރިހަމަކޮށްފައެވެ. އޭނާވަނީ އިންޓަރނޭޝަނަލް މެރިޓައިމް އޮފިސަރ (އައިއެމްއޯސީ) ކޯސް ފުރިހަމަކުރައްވާފައެވެ. މެރިޓައިމް ސާރޗް އެންޑް ރެސްކިޔު ޕްލޭނިންގ ކޯސް އާއި ބިލްޑިންގ ޓީމް މެންބަރ ކޯސް ވެސް ޔޫއެސް އިންވަނީ ފުރިހަމަ ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަން ސެންޓަރުގައި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު ތަފާތު ގިނަ އޮޕަރޭޝަންތައް ތަޖުރިބާއާއި ފަންނީ ހުނަރުވެރިކަމާއެކު އަޙްމަދު ޖިހާދުވަނީ އޮޕަރޭޝަންސް އޮފިސަރެއްގެ ގޮތުންވަނީ އިސްވެހުންނަވައިގެން ކުރިއަށް ގެންދަވާފައެވެ. މީގެ އިތުރުން ޕޯޓް އެންޑް ހާބަރ ސެކިއުރިޓީ ޔުނިޓްގެ އޮފިސަރ އިންޗާޖްކަމާއި ރީޖަނަލް ހެޑްކްއޯޓާރޒް ޅ. މަޑިވަރުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ގެ ސްޕޯޓްސް އޮފިސަރުކަންވެސް އަޙްމަދު ޖިހާދުވަނީ ފުރިހަމަ ކުރައްވާފައެވެ.


އަޙްމަދު ޖިހާދުގެ ޚިދުމަތްތަކުގެ ތެރޭގައި އެމްއެންޑީއެފް ގެ ސްކޯލަރޝިޕް ބޯޑްގެ މެންބަރުކަމާއި، ޑިސިޕްލިން ކޮމެޓީގެ މެންބަރުކަމާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުކަމާއި ނޮދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން ކޮމާންޑަރުކަން ހިމެނެއެވެ. މިހާރު ލެފްޓިނަންޓް ކާނަލް އަޙްމަދު ޖިހާދު ހުންނެވީ މާލޭ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމުގައެވެ.


އަޙްމަދު ޖިހާދުވަނީ "ބޭސިކް ސްޓާފް ކޮލެޖް" ކޯސް ޕާކިސްތާނުން ފުރިހަމަކުރައްވާ، "ސްޓާފް ކޮލެޖް" ކޯސް ބަނގްލާދޭޝް އިން ފުރިހަމަކުރައްވާފައެވެ. އަޙްމަދު ޖިހާދަށްވަނީ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް އަދި ސިފައިންގެ ޚިދުމަތުގެ މެޑަލް ލިބިވަޑައިގެންފައެވެ.


މިވަގުތު އަޙްމަދު ޖިހާދުގެ އަނބި ކަނބަލަކާއި 3 ބޭފުޅުން އެބަތިއްބެވިއެވެ. އަޙްމަދު ޖިހާދުގެ އަނބިކަނބަލަކީ މިނިސްޓަރ އޮފް އެޑިއުކޭޝަން އޮނަރަބުލް އަލްފާޟިލާ ޝިފާ މުޙައްމަދުއެވެ. އަޙްމަދު ޖިހާދަށް ބޭފުޅުން ލިބިވަޑައިގެންފައިވަނީ އެހެން ބަނޑަކަށެވެ.

--Allosaeed 05:38, 25 ޑިސެމްބަރު 2011 (UTC)