މެމްބަރު:Mujahid Abdulla

ވިކިޕީޑިއާ އިންވިކިޕީޑިއާ

މުޖާހިދު އަބްދުﷲ[އުނިއިތުރު ގެންނަވާ]

އަޅުގަނޑުގެ ނަމަކީ މުޖާހިދު އަބްދުﷲ އެވެ. އައްޑު އަތޮޅު މީދޫއަށް އުފަން ހަތަރު ކަށިމަތި މީދޫ ރައްޔިތަކީމެވެ. އަޅުގަނޑުގެ ބައްޕަ އަކީ ސ.މީދޫ ސޭފުގެ އަބްދުﷲ އިބްރާހީމްއެވެ. މަންމައަކީ ކޮއްކޯގެ އައިޝަތު އިބްރާހީމްއެވެ. މަންމަ ފަރާތު މާމައާއި ކާފައިސގެ އިތުރުން ބައްޕަ ފަރާތު މާމައާއި ކާފަވެސް ސ.މީދޫ ގަނޑުވަރު އަހައްމާއިދީ އާއި ގުޅެއެވެ. ބައްޕަ ފަރާތު ކާފަ އަކީ އައްޑުގެ އާއިލާ ދިރާސާކުރައްވާ ގިނިއޮލޮގިސްޓެކެވެ. އަޅުގަނޑު އުފަންވީ ސ.މީދުއަށެވެ. އެއީ އީދު ދުވަހެއްގެ އީދު ނަމާދަށް ފަހުއެވެ. ތާރީހަކީ 2 ޖުލައި 1990 އެވެ. މިހާރު އަޅުގަނޑުގެ ޝައުގުވެރިކަން ހުރީ ތާރީހަށެވެ. އެގޮތުން ކާފައާއި ގުޅިގެން މިދަނީ ތާރީޚި ފޮތެއްލިޔަމުންނެވެ.

ތައުލީމު[އުނިއިތުރު ގެންނަވާ]

ތައުލީމު ފެށިފައިވަނީ މީދޫއިންނެވެ. އެންމެ ފުރަތަމަ އެދުރުދައިތަ އަކީ ގަނޑުވަރި ދައްތާއެވެ. ދެން ދިއައީ މީދޫ މުދިންގޭގައި ހިންގާ ނާސަރިއްޔާއެވެ. ކިޔަވައިދެއވީ އަލްމަރުޙޫމާ ސަމީނާއެވެ. ދެން ފަހުން މަރިޔަމް ފަޒީނާއެވެ. އެތަނަށްފަހު ޤާޒީ މުހައްމަދު ޝަމްސުއްދީނު ސުކޫލެވެ. އެއިގެ ފަހުން އެތަނުގެ އާއިމާރާތުގައެވެ. ނަން ބަދަލު ކުރެވުނީ ވެސް އެއަހަރުއެވެ. ފަހުން އެތަނަށް ކިޔަނީ ޝަމްސުއްދީނު ސުކޫލެވެ. ދެންކިޔެވީ އަތޮޅު މަދަރުސާގައެވެ. ގުރޭޑު 6ކުން 9 އަކަށް އެތާ ކިޔެވުމަށް ފަހު އޯލެވެލް ހެދީ ހިތަދޫ މުހިއްބުއްދީނު ސުކޫލުގައެވެ. އެތަނުގެ އެންޓްރެންސް ޓެސްޓުން ފާސް ނުވުމުން އެފުރުސަރު ހޯއްދަވައި ދެއްވީ ޑރ. ޝީމާ ސައީދާއި މުހިއްބުއްދީނުގެ ޕްރިންސިޕަލް ދީދީ އެވެ. ސކޫލު ނިންމާލިއިރު ފުރިހަމަ ކާމިޔާބީވެސް ލިބުނެވެ. ސުކޫލުގެ 2007ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާގައި އެންމެ މޮޅު 3 ވަނަ ދަރިވަރަކަށް ހޮވުނު އިރު ޤައުމީ 6 ވަނަ ލިބުނެވެ. މިހާރު ކިޔަވަމުންދަނީ ސީ.އެޗް.އެސް.ސީގެ ގުރޭޑް 11އިގައެވެ. ކިޔެވުމުގެ ދައުރުގައި ވަނީ އަދަބީ ރޮގުން ފާހަނގަ ކޮށްލެވޭ ކާމިޔާބި ތަކެއް ލިބިފައެވެ.


ވިކިޕިޑިއާގައި އަހަރެން[އުނިއިތުރު ގެންނަވާ]

އަޅުގަނޑު ވަނީ މީގެ ދެތިން ދުވަސް ކުރިން ވިކިގައި ބައިވެރި ވެފައެވެ. އަޅުގަނޑު މިހާތަނަށް ބަދަލުގެނައި މަޒުޟުނަކީ އައްޑު އަތޮޅު މި މަޒުމޫނަށެވެ. ކުރިއަށް އޮތީ އަޅުގަނޑުގެ ހަދިޔާތަކެވެ.

ތިރީގައި މިވަނީ އަޅުގަނޑު ބަދަލުގެނައި ނުވަތަ ފެއްޓި މަޒުމޫނު ތަކެވެ.

1) އައްޑުއަތޮޅު

2) ތަވީދު

3) އިބްރާހިމް އަހުމަދުދީދީ