މުޙައްމަދު ލަޠީފް
Appearance
ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފް | |
|---|---|
މުޙައްމަދު ލަޠީފް | |
| މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގެ އިސް އިމާމު | |
މަޤާމާ ހަވާލުވެވަޑައިގަތީ 21 ނޮވެންބަރު 2023 | |
| ރައީސް | މުޙައްމަދު މުޢިއްޒު |
| ފަހުން ވަޑައިގަތީ | |
| މަތީތަޢުލީމު | އިމާމު މުޙައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީ، ސަޢޫދީ ޢަރަބިއްޔާ |
ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފް ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ޖާމިޢަތުލްއިމާމު މުޙައްމަދު އިބްނު ސުޢޫދު އަލްއިސްލާމިއްޔާ (އިމާމު މުޙައްމަދު އިބްނު ސުޢޫދު އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިޔަތު އުޞޫލުއްދީނުގައި ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފް މިހާރު ހުންނެވީ ވަޒީރެއްގެ ފެންވަރުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)ގެ އިސް އިމާމުގެ މަޤާމުގައެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމެޓީގެ ޗެއަރގެ ހައިސިއްޔަތުން ޒަކާތު ހައުސްގެ ޝަރީޢާ ބޯޑުގެ ޗެއަރއަކީ ވެސް ޝައިޚު މުޙައްމަދު ލަޠީފެވެ. ޝައިޚު ލަޠީފް މީގެކުރީން ވެސް އިސްލާމީ މަރުކަޒުގެ އިމާމުކަމުގެ މަޤާމު އަދާކުރައްވައިފައިވެއެވެ.