މާލޭ ބޮޑުގަލު މިސްކިތު ލޯމާފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ

މާލޭ ބޮޑުގަލު މިސްކިތު ލޯމާފާނު އަކީ ދިވެސް އަކުރުން ލިޔެފައި އޮއްވައި ފެނުނު ހަމައެކަނި ލޯމާފާނެވެ. މިލޯމާފާނު ލިޔެވިފައި އޮތްކަމަށްވަނީ ހިޖުރައިން 758 ވަނަ އަހަރު އެވެ. އެއީ މީލާދީން 1356-1357 އާއި ދެމެދުގައެވެ. އާދެ ރާއްޖެ އިސްލާމްވިތާ 210 އަހަރު ފަހުންނެވެ. މިމުހިއްމު ލޯމާފާނު އަކީ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު ގެ ދޮށީ ދަރިކަނބަލުން ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ފުރަތަމަ ރަނިކަމުގެ (742-764) 16 ވަނަ އަހަރު ލިޔެފައި އޮތް ލޯމާފާނު އެކެވެ.

މިސްޓަރ އެޗްސީޕީ ބެލް ދެކެލައްވާގޮތުގައި ތާރީޚީ ގޮތުން އެންމެ އަގުހުރި ލޯމާފާނަކީ މިއީ އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ފަތްތޫރަ - އޮގަސްޓް 1984 - ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު