މަސާނާ ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

މަސާނާ ދުޅަވުން(އިނގިރޭސި ބަހުން: Cystitis) އަކީ މަސާނާ ހަލާކުވެ ދުޅަވުމެވެ. ނުވަތަ މަސާނާގައި އިންފްލެމޭޝަން އުފެދުމެވެ. އާންމު ގޮތެއްގައި މިމައްސަލަ ދިމާވަނީ އަންހެނުންނަށް ކަމުގައި ވިޔަސް މަދުން ނަމަވެސް ފިރިހެނުންނަށް ދިމާވާކަން ފާހަގަ ކުރެވެއެވެ. މިއީ ދެޖިންސްގެ އަދި ކުދިބޮޑު ހުރިހާ މީހުންނަށް ވެސް މަދުން ނަމަވެސް ދިމާވެދާނެ ޞިއްޙީ މައްސަލަ އެކެވެ. މަސާނާ ދުޅަވުން ކުރިމަތިކުރުވާ ސަބަބު ތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  • ބެކްޓީރިޔާގެ ސަބަބުން އިންފެކްޝަން އަށަގަތުން: މިސާލަކަށް އީކޮލައި ގެ ސަބަބުން
  • ކުޑަކަމުދާ ނިޒާމަށް އަދަވާތެއް ވެއްދުން: މިސާލަކަށް ކެތީޓަރު ލެއްވުން
  • އަނިޔާއެއް ލިބުން: ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި
  • މަސާނާ ރަގަޅަށް ހުސްނުވުން: މިސާލަކަށް ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމުގެ ސަބަބުން